Roadha Mihaaru
ސަރުކާރާއި ރައްޔިތުންނަށް ވެސް އިގްތިސާދުކުރުން މަޖުބޫރު

ސަރުކާރާއި ރައްޔިތުންނަށް ވެސް އިގްތިސާދު ކުރުމަށް މަޖުބޫރުވެފައި

26 ފެބުރުއަރީ 2022

މިދިޔަ އަހަރު ނިމިގެން ދިޔައީ އިގްތިސާދީ ކަޅު ވިލާތަކެއް ނަގަމުން އަންނަ ކަމުގެ އިޝާރަތްތަކާ އެކު އެވެ. އިންފްލޭޝަންގެ ސަބަބުން 2022 ގައި ތަކެތި އަގުބޮޑުވާނެ ކަމަށް ބުނެ، ކުދި އަނގޮޅިތަކުން ހިނގައި، ސަލާން ނުގޮވައި ގެއަށް ވަދެ، ސިޓިން ރޫމްގެ އެެއާކޯން ނިވާލައި، ކާމޭޒުމަތީގައި ހުންނަންވީ ތަކެއްޗާ މެދު، އިމްޕޯޓަޑް އިންފްލޭޝަނުން ގޮތްކިޔާނެ ކަމުގެ އިންޒާރުތަކާ ވެސް އެކު އެވެ.

މިދިޔަ އަހަރު ނިމިގެން ދިޔައީ އިގްތިސާދީ ކަޅު ވިލާތަކެއް ނަގަމުން އަންނަ ކަމުގެ އިޝާރަތްތަކާ އެކު އެވެ. އިންފްލޭޝަންގެ ސަބަބުން 2022 ގައި ތަކެތި އަގުބޮޑުވާނެ ކަމަށް ބުނެ، ކުދި އަނގޮޅިތަކުން ހިނގައި، ސަލާން ނުގޮވައި ގެއަށް ވަދެ، ސިޓިން ރޫމްގެ އެެއާކޯން ނިވާލައި، ކާމޭޒުމަތީގައި ހުންނަންވީ ތަކެއްޗާ މެދު، އިމްޕޯޓަޑް އިންފްލޭޝަނުން ގޮތްކިޔާނެ ކަމުގެ އިންޒާރުތަކާ ވެސް އެކު އެވެ.

މި އަހަރު ފެށުނުއިރު ވެސް، ދިރާސާ ކުރާ ބައެއް ފަރާތްތަކުން ގެންދިޔައީ ރަޝިޔާ އާއި ޔޫކްރޭން އާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގައި ބުނަމުންނެވެ. ނަމަވެސް، ފެބްރުއަރީ މެދާ ހަމައަށް ވެސް، އަޅުގަނޑު ވެސް ހިމެނޭ ގޮތުން ގިނަ މީހުން ހީކުރީ، އަދި އުއްމީދު ކުރީ، ބޮޑެތި މީހުންނަށް ހޭވެރިކަންވެ ތޮޅުން ހުއްޓާލާނެ ކަމަށެވެ.

ނަމަވެސް ފެބްރުއަރީ 24 އަށް އިރުއެރިއިރު ޔޫކްރޭންގެ ވައިގެ މަރުކަޒުތައް ހަލާކުކޮށްލުމަށް ފަހު ރަޝިޔާގެ ސިފައިން ތިބީ ޔޫކްރޭންގަ އެވެ.

ތެލުގެ ބާޒާރުގެ އަގުތަކަށް ބަލާ އެންމެ މުހިންމު މިންގަނޑު ކަމުގައިވާ ބްރެންޓް ކްރޫޑްގެ އަގު 2021 ފެށުނު އިރު ހުރީ 50 ޑޮލަރަށް ފީފާއެކެވެ.

ތެޔޮ ފީފާއެއްގެ މި އަހަރު ފެށުނު އިރު 77 ޑޮލަރުގައި ހުރުމަށް ފަހު، މިހާރު މިވަނީ 100 ޑޮލަރު ފަހަނައަޅައި ގޮސްފަ އެވެ. މިއީ ނުވަ އަހަރުގެ ތެރޭގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ފަހަރެވެ.

ނޮވެމްބަރު، 2021 ގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާން ފެށުމާ ގުޅިގެން، ރާއްޖޭގައި ވެސް ވަނީ ތެލުގެ އަގު އުފުލެން ފަށައިފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ހުރި އަގުން ޕެޓްރޯލްގެ އަގު މިއަދު މިވަނީ 16 ޕަސެންޓް އުފުލިފަ އެވެ. ކުރިއަށް އޮތް ތާނގައި އިތުރަށް އަގު ބޮޑު ނުވެއެއް ނުދާނެ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ސެންޓްރަލް އަދި އީސްޓް ޔޫރަޕިއަން ގައުމުތަކުން 390،738 ޓޫރިސްޓުންނެވެ. މިއީ އަހަރު ދުވަހުގެ ތެރޭގައި ޒިޔާރަތް ކުރި ޓޫރިސްޓުންގެ ނިސްބަތުން 29 ޕަސެންޓެވެ.

މި ދެންނެވި ސަރަހައްދުން އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިން 61،387 ޓޫރިސްޓުންނެވެ. ދެ ވަނައަށް އެންމެ ގިނައިން ޔޫކްރެއިނުން 35،073 ޓޫރިސްޓުންނެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު 2021 ގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ އިންޑިޔާއިން 241،983 އަދި ރަޝިޔާއިން 208،072 ޓޫރިސްޓުންނެވެ. ޔޫކްރޭއިނުން ރާއްޖެ އަށް ޒިޔާރަތް ކުރި 30،904 ޓޫރިސްޓުންނަކީ 2021ގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި ތާވަލުގެ ނުވަ ވަނަ އެވެ. ރާއްޖޭގެ އެކްސްޕޯޓަށް ބަލާއިރު ކަންނެލީގެ ވިޔަފާރީގެ މައިބާޒާރަކީ ޔޫކްރެއިން ވެސް ހިމެނޭގޮތުން ޔޫރަޕްގެ އެކި ގައުމުތަކެވެ.

ޕުޓިންގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑުކޮށް އަސަރުކުރާނެ ކަމުގައި ޔަގީނެވެ. މި ހަނގުރާމައިގެ ތެރޭގައި ތެލުގެ އަގު ތިރިއަށް ދާނެ ކަމަކަށް ލަފާ ކުރާކަށް ވެސް ނުވާނެ އެވެ.

ނަތީޖާއަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑުކޮށް އަސަރުކުރާނެ ކަމުގައި ޔަގީނެވެ. މި ހަނގުރާމައިގެ ތެރޭގައި ތެލުގެ އަގު ތިރިއަށް ދާނެ ކަމަކަށް ލަފާ ކުރާކަށް ވެސް ނުވާނެ އެވެ. ކަންނެލީގެ އެކްސްޕޯޓް މާކެޓަށް ވެސް ކޮންމެވެސް މިންވަރެއްގެ ލޮޅުންތަކެއް އަރާނެ ކަމަށް ވެސް ބެލެވެއެވެ.

ހަނގުރަމާއިގައި ކުރިމަތި ލާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކެވެ. ހަނގުރާމަ އަށް ސިފައިން ފޮނުވުމުގެ ބަދަލުގައި ކުރިއަރާފައިވާ ގައުމުތަކުގެ ހަނގުރާމަ އަމާޒު ކޮށްފައިވަނީ ރަޝިޔާގެ އިގްތިސާދަށެވެ. ރަޝިޔާއަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ތެޔޮ އެކްސްޕޯޓް ކުރާ ގައުމެވެ. ތެލުގެ އަގުބޮޑުވުމުން އެހެން ހުރިހާ އެއްޗެއްގެ އަގު ބޮޑުވާނެ އެވެ. އިންފްލޭޝަންގެ ސަބަބުން މިހާރު ވެސް އުފުލެން ފަށާއިފައިވާ އަގުތައް، ހަނގުރާމައިގެ ސަބަބުން އިތުރަށް ބޮޑު ނުވެއެއް ނުދާނެއެވެ.

ރަޝިޔާ ސިފައިން ޔުކްރޭނުގެ އިރުމަތީ ސަރަހައްދުގައި: ރަޝިޔާ އާއި ޔޫކްރެއިން އަކީ ވެސް ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ހިއްސާއެއްވާ ދެ ގައުމު -- އޭއެފްޕީ/ ފައިލް ފޮޓޯ

ރަޝިޔާ ސިފައިން ޔުކްރޭނުގެ އިރުމަތީ ސަރަހައްދުގައި: ރަޝިޔާ އާއި ޔޫކްރެއިން އަކީ ވެސް ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ހިއްސާއެއްވާ ދެ ގައުމު -- އޭއެފްޕީ/ ފައިލް ފޮޓޯ

ކޮވިޑްގެ ބަންދުކުރުންތަކަށް ފަހު، ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ ހަލުއިކޮށް އަޅުގަނޑުމެންގެ އިގްތިސާދު ކޮޅަށް ތެދުވެ ހިންދެމިލީ ޓޫރިޒަމްގެ ސިނާއަތުގެ ކޮނޑުގައި އަތް ވިއްދައިގެންނެވެ. މި ސިނާއަތުގެ 29 ޕަސެންޓް ޓޫރިސްޓުން ޒިޔާރަތް ކުރާ ސަރަހައްދުގައި ހަނގުރާމައެއް ފަށައި، ނުވަ ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ފޮނުވާ ގައުމުގެ ބޮޑެތި ޝަހަރުތަކަށް، ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ފޮނުވާ ގައުމުގެ ލަޝްކަރުތައް 'ޒިޔާރަތް' ކުރުމުން، ސިނާއަތުގެ ހުޅުތަކަށް އަސަރު ނުކޮށެއް ނުހުންނާނެއެވެ.

ދިވެހި އިގްތިސާދުގައި ޓޫރިޒަމްގެ ސީދާ ހިއްސާއަކީ 25 ޕަސެންޓް ކަމުގައިވިޔަސް، އެހެނިހެން ސިނާއަތަށް ހަކަތަ ލިއްބައިދެނީ ޓޫރިޒަމްގެ ސިނާއަތުންނެވެ. ދިވެހި އިގްތިސާދީ އިންޖީނު ހިނގަން ފަށަނީ ޓޫރިޒަމް ފެށުނީމަ އެވެ.

މިއަދުގެ ދިވެހި އިގްތިސާދުގައި ޓޫރިޒަމްގެ ސީދާ ހިއްސާއަކީ 25 ޕަސެންޓް ކަމުގައިވިޔަސް، އެހެނިހެން ސިނާއަތަށް ހަކަތަ ލިއްބައިދެނީ ޓޫރިޒަމްގެ ސިނާއަތުންނެވެ. ދިވެހި އިގްތިސާދީ އިންޖީނު ހިނގަން ފަށަނީ ޓޫރިޒަމް ފެށުނީމަ އެވެ.

ޔޫރަޕްގެ ގައުމުތަކަށް ހަނގުރާމައިގެ ވިލާގަނޑެއްގެ ވަޔާއި ވިއްސާރަ ކުރަމުން ދާއިރު، މޫސުން ބަނަވެ، ކޮޅިގަނޑުގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ކުރަން ފަށައިފަ އެވެ. ޖުމްލަކޮށް ތަކެތީގެ އަގުތައް އިތުރަށް ބޮޑުވެ، އުފެއްދުންތެރިކަން ދަށްވެ، ދުނިޔޭގެ އިގްތިސާދުތަައް މަޑުޖެހިލާނެއެވެ. މިކަމުގެ އަސަރު އެހެން ބައެއް ގައުމުތަކަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ އިގްތިސާދަށް ކުރާނެއެވެ.

މި އަހަރު ފެށުމުގެ ކުރިން، އިންފްލޭޝަންގެ ވިލާގަނޑުން ސަލާމަތްވެ، ހިޔާ ވުމަށް ގޮވާލެވުނެވެ. އުފެއްދުންތެރިކަމަށް ހިއްސާ ނުކުރާ ހަރަދުތައް ކުޑަކުރަން އެދި ބޮޑެތި ބޭފުޅުންގެ ކަންފަތްޕުޅަށް އަޑުއިއްވުނެވެ.

ހަނގުރާމައިގެ ވިލާގަނޑެއްގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ޓޫރިޒަމްގެ މައި ބާޒާރަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި، އަނެއްކާވެސް، ކުރިއަށް ވުރެ އަޑު ހަރުކޮށް، ކުރަމުންދާ ކެރި އާއި ވެހެމުންދާ ވިއްސާރައިގެ ވާހަކަ ރައްޔަތުން ނަށް އޮޅުންފިލުވައިދީ، އުފެއްދުންތެރިކަމަށް ހިއްސާ ނުކުރާ ހަރަދުތައް ކުޑަކޮށް، ދައުލަތުން މިސާލު ދައްކައި އިގްތިސާދު ކުރުމަށް އެދި އާދޭސް ދަންނަވަމެވެ.

އެޑިޓަރުގެ ނޯޓް: މޯލްޑިވްސް އިކޮނޮމިކް ރިވިޔުގެ ކޯ ފައުންޑަރު އަދި ކޯ އެޑިޓަރު އާތިފަކީ ދިވެހި އިގްތިސާދު ދިރާސާކޮށް، އިގްތިސާދީ ގޮތުން ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތްކަތް ކުރައްވަމުން ގެންދަވާތާ 20 އަހަރު ވެފައިވާ ބޭފުޅެކެވެ.