އަންނަ އޭޕްރީލް ދެވަނަ ދުވަހު ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، "އެންމެ މީރު" ރޯދަ ޕްރޮމޯޝަން މިފްކޯ އިން ފަށައިފި އެވެ.
27 ފެބުރުއަރީ 2022
އަންނަ އޭޕްރީލް ދެވަނަ ދުވަހު ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް، "އެންމެ މީރު" ރޯދަ ޕްރޮމޯޝަން މިފްކޯ އިން ފަށައިފި އެވެ.
އަންނަ މޭ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މި ފަހަރު އިނާމުގެ ގޮތުގައި ހުށަހަޅާފައިވަނީ ނަގުދު ފައިސާ އެވެ. މިއީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ގެނައި ބަދަލެއް ކަމަށް މިފްކޯ އިން ބުންޏެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދެނީ 100،000ރ. އެވެ. ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ. މިއީ ކޭޝް ކާޑު ގޮތަށް ބޭނުން ކުރެވޭ ކާޑެކެވެ.
މިފްކޯ މަސް ފިހާރަ ރޯދަ ޕްރޮމޯޝަނަށް ތައްޔާރު ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
މިފްކޯގެ ހަ ފިހާރައެއްގައި ހިންގާ މި ޕްރޮމޯޝަނުގައި އެ ފިހާރަތަކުން 200ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ބައިވެރިވެވޭނެ އެވެ. މި ފަހަރު ލިބޭ ކޫޕަންތައް އޭގައި ހުންނަ ކިއުއާރު ކޯޑު ސްކޭން ކުރުމަށް ފަހު ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް މިފްކޯ އިން ކުރިއަށް ގެންދާ ޕްރޮމޯޝަން މި ފަހަރު އޮންނާނީ މާލޭގައި ހުންނަ މިފްކޯގެ ދެ ފިހާރައިގަ އާއި ހުޅުމާލެ ފިހާރަ އާއި އައްޑު އާއި ކޫއްޑޫ އަދި ފެލިވަރުގަ އެވެ.
ކޮންމެ އަހަރަކު ވެސް ރޯދަ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބޭއިރު، މި އަހަރު ވެސް އެފަދަ ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މިފްކޯ އިން ބުނެ އެވެ.
މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު އައްޔަންކޮށްފި
މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި
ސްޓެލްކޯ އެޕަށް ދިމާވި މައްސަލަ ހައްލުކޮށްފި
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފެށުން މާދަމާ މެންދުރު 2:30 ގައި
މިފްކޯގެ ޖެނެރަލް މެނޭޖަރުންތަކެއް މަގާމުން ވަކިކޮށްފި
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި