27 ފެބުރުއަރީ 2022
ދިރާގުގެ ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ތ. ވޭމަންޑުއަށް މިއަދު ތައާރަފުކޮށްފި އެވެ.
ދިރާގުގެ ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ތ. ވޭމަންޑުއަށް މިއަދު ތައާރަފުކޮށްފި އެވެ.
މި ހިދުމަތްތައް ދިރާގުން ތައާރަފުކުރީ ހާއްސަ އޮފާތަކަކާއެކުގަ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދީ ރައުޓާ ވެސް ހިލޭ ދޭނެ އެވެ. މިއީ ހަލުވި ސްޕީޑްގެ އެންމެ ބޮޑެތި ޑޭޓާ އެލަވެންސްތައް ހިމެނޭ ޕެކޭޖުތައް ނެގުމަށް ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.
ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ދިރާގުން އަންނަނީ ރާއްޖޭގެ 79 ރަށެއްގެ 82 ޕަސެންޓް ގޭބިސީތަކަށް ފޯރުކޮށްދެމުންނެވެ.
ވޭމަންޑޫ އިން ދިރާގު ޓީވީ އަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ޖޯއިބޮކްސް ވެސް މި ކަސްޓަމަރުންނަށް ހިލޭ ލިބޭނެ އެވެ.
މި ހިދުމަތަކީ ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް ހިމެނޭހެން ގިނަ އަދަދެއްގެ ކޮންޓެންޓް ބަލާލެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް 100 އަށްވުރެ ގިނަ ޗެނަލް ބަލާލެވޭއިރު މިހާތަނަށް ރާއްޖޭގެ ގޭބިސީތަކުގެ 82 ޕަސެންޓަށް ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަަށެވެ. އަދި އިނޮވޭޝަނާއި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގު އެޕަށް އާ ފީޗާތަކެއް ގެނެސްފި
ދެއްވަދު އަށް ދިރާގު ފައިބަ ނެޓުގެ ހިދުމަތް ފަށައިފި
ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓު ބ. ކުޑަރިކިލަށް
ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓު ބ. ހިތާދުއަށް
ދިރާގު ފައިބާ އިންޓަނެޓާއި ޓީވީ ޅ. އޮޅުވެލިފުއްޓަށް
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގު ޓީވީ އާއި އިންޓަނެޓް ރަތްމަންދު އަށް
ދިރާގުޓީވީ އާއި ފައިބަ ހިދުމަތް ފީއައްޔަށް
ދިރާގު "މަމެން" ގެ އިތުރު އެޑް-އޯން އެއް
ދިރާގު ޓީވީ އާއި ފައިބަ ހިދުމަތް ފަރެސްމާތޮޑާއަށް