Roadha Mihaaru
ދިރާގު ޓީވީ އާއި ފައިބަ ހިދުމަތް ފަރެސްމާތޮޑާއަށް

ދިރާގު ޓީވީ އާއި ފައިބަ ހިދުމަތް ފަރެސްމާތޮޑާއަށް

13 މާޗް 2022

ދިރާގުގެ ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ގދ. ފަރެސްމާތޮޑާ އަށް މިއަދު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުގެ ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ގދ. ފަރެސްމާތޮޑާ އަށް މިއަދު ތައާރަފުކޮށްފި އެވެ.

އެ ހިދުމަތްތައް ދިރާގުން ތައާރަފުކުރީ ހާއްސަ އޮފާތަކަކާއެކުގަ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދީ ރައުޓާ ވެސް ހިލޭ ދޭނެ އެވެ. އެއީ ހަލުވި ސްޕީޑްގެ އެންމެ ބޮޑެތި ޑޭޓާ އެލަވެންސްތައް ހިމެނޭ ޕެކޭޖުތައް ނެގުމަށް ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ދިރާގުން އަންނަނީ ރާއްޖޭގެ 80 ރަށެއްގެ 82 ޕަސެންޓް ގޭބިސީތަކަށް ދެމުންނެވެ.

ފަރެސްމާތޮޑާ އިން ދިރާގު ޓީވީ އަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ޖޯއިބޮކްސް ވެސް ކަސްޓަމަރުންނަށް ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް ހިމެނޭހެން ގިނަ އަދަދެއްގެ ކޮންޓެންޓް ބަލައިލެވޭ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް 100 އަށް ވުރެ ގިނަ ޗެނަލް ބަލާލެވޭއިރު މިހާތަނަށް ރާއްޖޭގެ ގޭބިސީތަކުގެ 82 ޕަސެންޓަށް ވަނީ އެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަަށެވެ. އަދި އިނޮވޭޝަނާއި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.