Roadha Mihaaru
4،000 ލަގްޒަރީ ކާރު އުފުލި ބޯޓެއް ފެތިއްޖެ

4،000 ލަގްޒަރީ ކާރު އުފުލި ބޯޓެއް ފެތިއްޖެ

02 މާޗް 2022

ގިނަ އަދަދެއްގެ ކާރު ބަރުކޮށްގެން ދަތުރުކަމުން ދަނިކޮށް މީގެ ދެ ހަފުތާ ކުރިން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ކާގޯ ބޯޓް ފެތިއްޖެ އެވެ. އެ ބޯޓުގައި 4،000 ވުރެ ގިނަ ލަގްޒަރީ ކާރު ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ބޯޓު ފެތިފައި ވަނީ ޕޯޗުގަލްގެ ރަށްތަކެއް ކަމަށްވާ އޯޒޭސްގެ ކައިރި ހިސާބަކަށެވެ.

"ފެލިސިޓީ އޭސް" ކިޔާ އެ ބޯޓުގައި ލަގްޒަރީ ކާރު ބްރޭންޑްތައް ކަމަށްވާ ޕޯޝާގެ 1،100 ކާރާއި ބެންޑްލީސްގެ 189 ކާރު ހުންނާނެ އެވެ.

ޖަރުމަނުން ފުރައިގެން އެ ބޯޓު ދަތުރުކުރީ އެމެރިކާގެ ރޯޑް އައިލެންޑަށް ދިއުމަށެވެ. މިދިޔަ މަހު 16 ގައި އެ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގުމާ އެކު ޕޯޗުގަލްގެ ސިފައިގެން އެހީތެރިކަމާ އެކު އޭގައި ތިބި 22 ކްރޫ މެމްބަރުން ވަނީ ސަލަމާތްކޮށްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ޕޯޗުގަލްގެ އިދާރާތަކުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގުމުން، އެ ބޯޓުގެ ތެޔޮ ޓޭންކް ފަޅައިގެން ގޮސް ކަނޑަށް ތެޔޮ ފޭބުމުގެ ބިރު ވެސް އެބައޮތް ކަމަށެވެ.