Roadha Mihaaru
އޭޕެކް ސަމިޓަށް ފަހު ޕީއެންޖީން 300 ކާރު ގެއްލިއްޖެ

އޭޕެކް ސަމިޓަށް ފަހު ޕީއެންޖީން 300 ކާރު ގެއްލިއްޖެ

14 ފެބުރުއަރީ 2019

ޕޯޓް މޮރެސްބީ (ފެބްރުއަރީ 13) - ޕަޕުއާ ނިއު ގިނީ (ޕީއެންޖީ) ގައި މިދިޔަ އަހަރު ބޭއްވި އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓަށް ފަހު ގެއްލުނު 300 ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕޯޓް މޮރެސްބީ (ފެބްރުއަރީ 13) - ޕަޕުއާ ނިއު ގިނީ (ޕީއެންޖީ) ގައި މިދިޔަ އަހަރު ބޭއްވި އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓަށް ފަހު ގެއްލުނު 300 ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ޕަޕުއާ ނިއު ގިނީ އަށް ގިނަ އަދަދެއްގެ ލަގްޒަރީ ކާރު އެތެރެކުރީ ގައުމުތަކުގެ ވެރިންނާއި އިސް އޮފިޝަލުން ބޭނުން ކުރުމަށެވެ. ނަމަވެސް ފުލުހުންގެ ކޮމާންޑަރަކު ވިދާޅުވީ 284 ކާރު ގެއްލިފައިވާ ކަމަށެވެ. ގެއްލިފައިވާ ކާރުތަކުގެ ތެރޭގައި ލޭންޑްކްރޫޒާސް، ފޯޑް، މަޒްޑާ އަދި ޕަޖެރޯ ހިމެނެ އެވެ. ގެއްލުނު ކާރުތައް ހޯދަން ފުލުހުންގެ ޚާއްސަ ޔުނިޓެއް ވަނީ ގާއިމްކޮށްފަ އެވެ.

ފުލުހުން ބުނީ އެންމެ އަގު ބޮޑު މަސެރަޓިސް ބްރޭންޑުގެ ކާރުތައް ނުގެއްލޭ ކަމަށެވެ. އޭގެ ކާރެއްގެ އަގަކީ 100،000 ޑޮލަރެވެ. މަސެރަޓިސް ބްރޭންޑުގެ 40 ކާރާއި ބެންޓްލޭސް ބްރޭންޑުގެ ތިން ކާރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ކޮމާންޑަރު ވިދާޅުވީ ގެއްލުނު ބައެއް ކާރުތައް ފެނުނު އިރު އޭގެ އަގު ބޮޑު ބައިތައް ނަގައިފައިވާ ކަމަށެވެ.