Roadha Mihaaru
ގެވެށި އަނިޔާގެ މައްސަލަ ތަހުގީގެއް ނުކުރެވުނު

އަނިޔާ ލިބުނު މީހާ ތަހުގީގަށް އެއްބާރުލުމެއް ނުދިން، ހައްޔަރުކުރި މީހާ ދޫކޮށްލައިފި

02 މާޗް 2022

ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ތަހުގީގަށް، އެ އަންހެން މީހާގެ އެއްބާރުލުން ނުލިބުމުން ފުލުހުންގެ ބަންދުން އިއްޔެ ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ތަހުގީގަށް، އެ އަންހެން މީހާގެ އެއްބާރުލުން ނުލިބުމުން ފުލުހުންގެ ބަންދުން އިއްޔެ ދޫކޮށްލައިފި އެވެ.

ހެންވޭރު ރަތްވިލާ ހިނގުމުގައި ހުންނަ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރާ އަޑު އިވިގެން އެ ގޭތެރެއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ، އެ ފިރިހެން މީހާ ހައްޔަރުކުރި އެވެ.

ހައްޔަރުކުރި މީހާ އާއި އަނިޔާ ލިބުނު މީހާ އަކީ ދެމަފިރިން ކަމެއް ނުވަތަ ކޮން ގޮތަކުން ގުޅުން އޮންނަ ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ. އާއިލާގެ ތެރޭގައި ހިންގާ މިފަދަ އަނިޔާގެ އަމަލުތައް ޖިނާއީ މައްސަލަތަކުގެ ގޮތުގައި ތަހުގީގުކުރުމުގައި ކުރިއެރުން ލިބެނީ މަދު ފަހަރަކު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ތަހުގީގަށް، ދޫއަނިޔާ ލިބުނު މީހާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ.

ތުހުމަތުކުރެވޭ މީހާ ދޫކޮށްލަން ޖެހުނީ ތަހުގީގުކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ ކަމަށާއި މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަވެގެން ހަތަރު ގަޑިއިރު ބެހެއްޓުމަށް ފަހު ދެ ފަރާތުގެ ބަޔާން ނަގައި، ހައްޔަރުކުރަން ފެނިއްޖެ ނަމަ ހައްޔަރު ކުރުމެވެ.