Roadha Mihaaru

އަނިޔާއަކީ ކޮންމެ ދުވަހެއްގެ އާދައެއްގެ ގޮތުގައި ހެދުން ބަލައެއް ނުގަނެވޭނެ: ފަސްޓް ލޭޑީ

ޑިޖިޓަލް ދާއިރާ ކުރިއަރާފައިވާ މި ޒަމާނުގައި އަނިޔާއަކީ ކޮންމެ ދުވަހެއްގައި ކުރިމަތިވަމުންދާ ކަމެއްގެ ގޮތުގައި ބަލައިގަނެ، އެކަން އާދައިގެ ކަމަކަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަނިޔާއަކީ އާދައިގެ ކަމަކަށް ހެދުން ބަލައެއްނުގަނެވޭނެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ނޮވެމްބަރ 2025

ޑިޖިޓަލް ދާއިރާ ކުރިއަރާފައިވާ މި ޒަމާނުގައި އަނިޔާއަކީ ކޮންމެ ދުވަހެއްގައި ކުރިމަތިވަމުންދާ ކަމެއްގެ ގޮތުގައި ބަލައިގަނެ، އެކަން އާދައިގެ ކަމަކަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމަށް ބާރުއަޅަން ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ ދުވަހާ ގުޅިގެން ސާޖިދާ ވިދާޅުވީ އެކަމަނާ ވަކާލާތު ކުރައްވަން ބޭނުންފުޅު ވަނީ އަނިޔާއަށް ބިރުގަނެ، ބަސް ބުނަން ނުކެރިފައިވާ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުގައި ކަމަށެވެ.

ސާޖިދާ ވިދާޅުވީ އެންމެންނަށް ވެސް ރައްކާތެރިކަމާއި ކަރާމާތާއި މިނިވަންކަމުގެ ހައްގު ލިބެންޖެހޭ ކަމަށެވެ. އަދި ކުރިއަރާފައިވާ މި ޒަމާނުގައި އަނިޔާއަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އާދައެއްގެ ގޮތުގައި "ނޯމަލް" ކޮށްގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ޑިޖިޓަލް ސްޕޭސްގައި އަންހެނުން ބާރުވެރިކުރުވަން ޖެހެ އެވެ. އަދި އޮންލައިން ފުރައްސާރަ އާއި ބިރުދެއްކުމަށް އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެެ.

ސާޖިދާ ވިދާޅުވީ އެންމެން މަސައްކަތްކުރަންވާނީ އަންހެނުންނާއި އަންހެން ކުދިންނަށް ސަޕޯޓްކުރާ ޑިޖިޓަލް ދުނިޔެއެއް އުފެއްދުމާއި އޮންލައިންނާއި އޮފްލައިންކޮށް ވެސް ރައްކާތެރި މުޖުތަމައެއް ކަށަވަރުކޮށްދޭން ކަމަށެވެ.

މި ދުވަހާ ގުޅިގެން އދ. އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވެ އެވެ. އަދި އަންހެނަކަށް ވީތީ މަރާ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުން ދަށްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.