Roadha Mihaaru
ފަޒީލް އިތުރު ފަރުވާއަށް އިންޑިއާ އަށް ފުރުވާލައިފި

ފަޒީލް އިތުރު ފަރުވާއަށް އިންޑިއާ އަށް ފުރުވާލައިފި

20 ޑިސެމްބަރ 2016

ޑިންގީގެ އިންޖީނު ގޮވައި ބަނޑު ކަފައިގެން ދިޔަ އަބްދުﷲ ފަޒީލް، އިތުރު ފަރުވާ އަށް ރޭގެ ވަގުތެއްގައި އިންޑިއާ އަށް ފުރުވާލާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޑިންގީގެ އިންޖީނު ގޮވައި ބަނޑު ކަފައިގެން ދިޔަ އަބްދުﷲ ފަޒީލް، އިތުރު ފަރުވާ އަށް ރޭގެ ވަގުތެއްގައި އިންޑިއާ އަށް ފުރުވާލާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ށ. ފީވަކުން އެ އަތޮޅު ފޯކައިދު އަށް ޑިންގީގައި ދަނިކޮށް، އޭގެ އިންޖީނު ގޮވައި ފަޒީލްގެ ބަނޑު ކަފައިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ ހާދިސާއާ ގުޅިގެން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަހު އޭނާ އަށް ފަރުވާދިނީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ ފަޒީލް އިންޑިއާގެ ޓްރިވެންޑްރަމަށް ފުރުވާލީ އޭނާ އަށް އިތުރު ފަރުވާތަކެއް ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުން ކަމަށެވެ.

"ފުރުވާލިއިރު ސްޓޭބަލް. އެކަމަކު އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސީރިއަސްކަމުން އިތުރު ފަރުވާތަކެއް ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވަނީ،" މައުސޫމް ވިދާޅުވި އެވެ.

އެކްސިޑެންޓުގައި ފަޒީލުގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުމުގެ އިތުރުން މައިބަދަ އަށް ވެސް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ފީކަވު ސްކޫލްގެ ޓީޗަރަކަށް އުޅޭ ފަޒީލް ފޯކައިދު އަށް ދަތުރުކުރީ އޭނާގެ ގާތް ރަހުމަތްތެރިޔަކާ އެކުގައި ކޮފީއެއް ބޯލަން ކަމަށްވެ އެވެ. ގާތްގަނޑަކަށް 15 މިނެޓު ހޭދަވާ ދަތުރުމަތީގައި ހިނގި އެކްސިޑެންޓުގައި ރަހުމަތްތެރިޔާ އަށް އެއްވެސް އަނިޔާއެއް ނުލިބުނީ ޑިންގީގެ ކުރީކޮޅުގައި އޭނާ އިނުމުންނެވެ.