ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު، އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް)އިން ރާއްޖެ އަށް 15 ވެންޓިލޭޓާ ހަދިޔާކޮށްފި އެވެ.
22 އެޕްރީލް 2020
ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު، އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް)އިން ރާއްޖެ އަށް 15 ވެންޓިލޭޓާ ހަދިޔާކޮށްފި އެވެ.
ކޮވިޑް-19 ރާއްޖޭގައި ވެސް ހަލުވި ކަމާއެކު ފެތުރި ވެންޓިލޭޓާ މުހިންމު ވެފައިވާ މި ދަނޑިވަޅުގައި އެޗްޕީއެލްއިން 15 ވެންޓިލޭޓަރާއެކު 100,000 މާސްކް ވެސް ހަދިޔާ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެތަކެތި މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެޗްޕީއެލްއިން މަތީ ފަންތީގެ ފަސް ރިސޯޓެއް ރާއްޖޭގައި ހިންގަ އެވެ. އޭގެ ތެރޭގައި ހޮލިޑޭއިން ކަނޑޫމާ އާއި ގިލިލަންކަންފުއްޓާއި ފޯސީޒަން ކުޑަ ހުރާ އާއި ލަނޑާގިރާވަރުގެ އިތުރުން ސިކްސް ސެންސަސް ލާމް ހިމެނެ އެވެ.
ރާއްޖޭގައި މި ވަގުތު 97 ވެންޓިލޭޓަރު އެބަހުއްޓެވެ. އޭގެ ތެރެއިން، އެ ވަގުތަކު ލިބެންހުރި ވެންޓިލޭޓަރެއް ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދޭން ބޭނުންކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ކޮވިޑް-19 އިތުރަށް ފެތުރި ހާލުބޮޑުވާ މީހުން އިތުރުވެދާނެތީ އިތުރު ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އޭޝިއާގެ އެންމެ މުއްސަނދި މީހާ އަދި މަޝްހޫރު އޮންލައިން ބިޒްނަސް ޗެއިން އަލީބާބާގެ ފައުންޑާ ޖެކް މާ، ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީ ފޯރުކޮށްދެއްވައިފަ އެވެ. އޭނާ ދެއްވާ ތަކެތީގެ ތެރޭގައި މާސްކާއި ޓެސްޓު ކިޓާއި ހަޒްމަޓް ސޫޓާއި ވެންޓިލޭޓަރާއި ތާމޯމީޓަރު ވެސް ހިމެނެ އެވެ.
ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 86 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. މިދިޔަ ހަފްތާ ބުދަ ދުވަހު އެ ބައްޔަށް މާލޭން މީހަކު ޕޮޒިޓިވްވި ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ފަރުވާއަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރާއްޖެ- ސިންގަޕޫރާ ދެމެދު ޓްރެވަލް ލޭނެއް ހަދައިފި
ޑރ. އަލީ ލަތީފު: ދިވެހިންނަށް ނަމޫނާއަކީ ސިންގަޕޫރު
ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް
ސިންގަޕޫރު ކުއްޖާގެ މަރު: ތަހުގީގަށް ބަޔާން ނަގައިފި
ދަތުރާ އެކު، ރާއްޖެ-ސިންގަޕޫރުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ: ރައީސް
އެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރަން އެމްއޯޔޫއެއް
ބިލިއަންޑޮލަރުގެ އިންވެސްޓްމަންޓުން ބޮޑު ބައެއް ކާމިޔާބު
ސިންގަޕޫރަކީ ނަމޫނާއެއް،ގުޅިގެން ކުރިއަށް ދާން ތައްޔާރު