Roadha Mihaaru
އޭސް ހާޑްވެއާ/ކަލަ ބޭންކުގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ބޮޑެތި އިނާމުތަކާ އެކު އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ރޯދަ ޕްރޮމޯޝަން ފަށައިފި

08 މާޗް 2022

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ މިއަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ މިއަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގެ ދަށުން 300ރ. އިން މަތިން ވިޔަފާރިކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ގިނަ އެ ފިހާރަތަކުން ވިއްކާ ގިނަ އަދަދެއްގެ ސާމާނުން 80 ޕަސެންޓާ ހަމައަށް ވަނީ ޑިސްކައުންޓް ވެސް ކަނޑައަޅައިފަ އެވެ.

އެ ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން އެއްވަނައަށް ހޮވޭ މީހަކަށް އެ ކުންފުނިން ކަނޑައަޅާފައިވާ ތިން އިނާމުގެ ތެރެއިން އެއް އިނާމު އިހުތިޔާރު ކުރެވޭނެ އެވެ. އެ ތިން އިނާމަކީ 50،000ރ. ގެފައިސާގެ އިނާމެއް ނުވަތަ 100،000ރ. ގެ މުދާ ނުވަތަ ތުރުކީގެ ދެކޮޅު ޓިކެޓާއި ދެ މީހަކަށް ހަތް ދުވަހުގެ ހުރުމެވެ.

ރޯދަ ޕްރޮމޯޝަނާއެކު ސޯޝަލް މީޑިއާގައި ވެސް ކޮންޓެސްޓުތަކެއް ކުރިއަށްދާނެ އެވެ. އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖުގައި ހިންގާ ކޮންޓެސްޓުން ހޮވާލެވޭ މީހަކަށް ދެ މީހެއްގެ ރިސޯޓު ދަތުރެއް ލިބޭނެ އެވެ. އަދި ކަލަ ބޭންކުގެ ފޭސްބުކް ޕޭޖުގައި ހިންގާ ކޮންޓެސްޓުގެ ނަސީބުވެރިޔާއަށް 10 ލީޓަރުގެ ކުލައާއެކު ކޮންސަލްޓެންސީގެ ހިދުމަތް ލިބޭނެ އެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ އޭސް ހާޑްވެއާގެ ތިން ފިހާރަ އާއި ކަލަ ބޭންކުގެ ތިން ފިހާރައިގަ އެވެ.

އޭސް ހާޑްވެއާ އަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޭސް އިންޓަނޭޝަނަލް އާއި ދިވެހި ކުންފުންޏެއް ކަމަށްވާ ކޯލޯޑާ ގުޅިގެން ފެށި 2011 ވަނަ އަހަރު ފެށި ވިޔަފާރިއެކެވެ.