Roadha Mihaaru
އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ރޯދަ ސޭލް ފަށައިފި

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ރޯދަ ޕްރޮމޯޝަނުން ކޮންމެ 10 ދުވަހަކުން 20،000ރ

03 މާޗް 2020

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ކޮންމެ 10 ދުވަހަކުން 20،000ރ. ގެ ފައިސާގެ އިނާމު ލިބޭ ގޮތަށް ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ކޮންމެ 10 ދުވަހަކުން 20،000ރ. ގެ ފައިސާގެ އިނާމު ލިބޭ ގޮތަށް ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

"އެންމެންގެ ރޯދަ ސޭލް" އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަންގެ ބައިވެރިންގެ ތެރެއިން ކޮންމެ 10 ދުވަހަކުން 20،000ރ. ލިބޭ ނަސީބުވެރިޔާ ހޮވާނީ ގުރުއަތުންނެވެ. މި ޕްރޮމޯޝަން ހަ ހަފުތާގެ މުއްދަތަކަށް ކުރިއަށް ދާނެ އެވެ.

އޭސް ހާޑްވެއާ އިން އާދިއްތަ ދުވަހު ކުރި ފޭސްބުކް ޕޯސްޓެއް

މާފަންނުގައި ހުންނަ އޭސް އޭސް ހާޑް ވެއާ އެންޑް ހޯމް ސެންޓަރާއި ހެންވޭރުގައި ހުންނަ އެތަނުގެ ފިހާރައިގައި ވެސް މި ސޭލްގެ ކުރިއަށް ދާނެ އެވެ. އަދި މަޖީދީ މަގުގައި ހުންނަ ކަލަ ބޭންކުގެ ފިހާރަ އާއި އޯކިޑް މަގުގައި ހުންނަ ކަލަ ބޭންކާއި ހުޅުމާލޭގައި ހުންނަ ކަލަ ބޭންކް ހޯމްގައި ވެސް މި ސޭލް އޮންނާނެ އެވެ.

އޭސް ހާޑްވެއާ އިން ބުނި ގޮތުގައި އެ ފިހާރަތަކުގައި ވިއްކާ ޕްރޮޑަކްޓްތަކުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300ރ. އަށް ވުރެ މަތިން ވިޔަފާރި ކުރުމުންނެވެ. އެ ފަސް ފިހާރައިން 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

މަޖީދީ މަގުގައި ހުންނަ ކަލަ ބޭންކު: ކަލަ ބޭންކުގެ ހުރިހާ ފިހާރަތަކެއްގައި އެންމެންގެ ރޯދަ ސޭލް ކުރިއަށް ދާނެ --ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޖީދީ މަގުގައި ހުންނަ ކަލަ ބޭންކު: ކަލަ ބޭންކުގެ ހުރިހާ ފިހާރަތަކެއްގައި އެންމެންގެ ރޯދަ ސޭލް ކުރިއަށް ދާނެ --ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް އެންމެންގެ ރޯދަ ސޭލްގެ ޕްރޮމޯޝަންގެ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. ކަލަ ބޭންކާއި އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖުގައި ހިންގާ ކޮންޓެސްޓްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ވެސް ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ހޮވާނެ އެވެ. އަދި އެ ފަރާތްތަކަށް ހާއްސަ އިނާމްތަކެއް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން ބުންޏެވެ.

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގައި ވިއްކާ ބައެއް ސާމާނު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގައި ވިއްކާ ބައެއް ސާމާނު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގެއަށް ބޭނުންވާ ސާމާނާއި ތަފާތު އިލެކްޓްރޯނިކްސްގެ އިތުރުން ސާފުކުރާ ސާމާނާއި ބަދިގެއަށް ބޭނުންވާ އެތައް ސާމާނެއް އޭސް ހާޑްވެއާ އިން ލިބޭނެ އެވެ. ރޯދަ މަހާ ދިމާކޮށް، މި ތަކެތި ވަރަށް ހެޔޮ ލިބޭނެ އަގުގައި ކަމަށް އޭސް ހާޑްވެއާ އިން ބުންޏެވެ.

އެކި ބާވަތުގެ ކުލަ އާއި ދަވާދު ކަލަ ބޭންކުން ލިބެ އެވެ. އޭގެ ތެރޭގައި ޑެކަރަޓިވް ޕެއިންޓާއި އޮޓޮމޯޓިވް ޕެއިންޓާއި މެރިން ޕެއިންޓް ވެސް ހިމެނެ އެވެ.

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭސް ހާޑްވެއާ އާއި ކަލަ ބޭންކު ހިންގަނީ ކޯ-ލޯޑް މޯލްޑިވްސް އިންނެވެ. މީގެ 26 އަހަރު ކުރިން 1994 ވަނަ އަހަރު ކަލަ ބޭންކު ހިންގަން ފެށި އިރު، އޭސް ހާޑްވެއާ ހިންގަން އެ ކުންފުނިން ފެށީ 2011 ވަނަ އަހަރު އެވެ. އޭސް ހާޑްވެއާ އަކީ އެމެރިކާގެ ޗިކާގޯގައި ހުންނަ އޭސް އިންޓަނޭޝަނަލްއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި އެކެވެ.