Roadha Mihaaru
އޭސް ހާޑްވެއާގެ ދެޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އޭސް ހާޑްވެއާ އާއި ކަލަބޭންކުގެ ދެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

12 ޖުލައި 2017

އޭސް ހާޑްވެއާ އާއި ކަލާ ބޭންކުން ރަމަޟާން މަހު ބޭއްވި ދެ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިއްޔެ ހަވީރު އިނާމު ދީފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

އޭސް ހާޑްވެއާ އާއި ކަލާ ބޭންކުން ރަމަޟާން މަހު ބޭއްވި ދެ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިއްޔެ ހަވީރު އިނާމު ދީފި އެވެ.

އިއްޔެ ހަވީރު އޭސް ހާޑްވެއާގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިނާމު ހަވާލުކުރި އެއް ޕްރޮމޯޝަނަކީ އޭސް ހާޑްވެއާ އާއި ކަލާ ބޭންކުން މިދިޔަ އޭޕްރިލް 20 ން ޖޫންގެ ނިޔައަލަށް "އެންމެ ސަޅި ރޯދަ ސޭލް"ގެ ނަމުގައި ބޭއްވި ތިން ލައްކަ ރުފިޔާގެ ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގައި ބައިވެރި ކޮށްފައިވަނީ މި ދެ ފިހާރަ އިން ކުރެ ކޮންމެވެސް އެއް ފިހާރައަކުން 300ރ.ގެ ވިޔަފާާރި ކުރި މީހުންނެވެ. ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ މުޒްނާ އަދްނާނެވެ.

އޭސް ހާޑްވެއާ އާއި ކަލާ ބޭންކްގެ ޕްރޮމޯޝަންގެ ލައިކް އެންޑް ޝެއާގެ ނަސީބުވެރިއާ (ކ) އަށް އިނާމު ހަވާލުކުރަނީ. --ފޮޓޯ/އޭސް ހާޑްވެއާ

އޭސް ހާޑްވެއާ އާއި ކަލާ ބޭންކްގެ ޕްރޮމޯޝަންގެ ލައިކް އެންޑް ޝެއާގެ ނަސީބުވެރިއާ (ކ) އަށް އިނާމު ހަވާލުކުރަނީ. --ފޮޓޯ/އޭސް ހާޑްވެއާ

އިއްޔެ އިނާމު ހަވާލުކުރި އަނެއް ޕްރޮމޯޝަނަކީ އޭސް ހާާޑްވެއާ އާއި ކަލާ ބޭންކު އަދި ވޮޔޭޖަސް މޯލްޑިވްސް އިން ބޭއްވި ސޯޝަލް މީޑީއާ ޕްރޮމޯޝަން "ލައިކް އެންޑް ޝެއާ" ކޮންޓެސްޓެވެ. މި ޕްރޮމޯޝަން ބޭއްވީ މެއި މަހުން ފެށިގެން ޖޫންގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް ޖެހުނީ އޭސް ހާޑްވެއާ ފޭސްބުކް ޕޭޖްގެ ލައިކް އެންޑް ޝެއާ ކޮންޓެސްޓްް ޕޯސްޓަށް ލައިކް ކުރުމަށް ފަހު އެންމެ ސަޅި ރޯދަ ސޭލްގެ ހޭޝްޓެގް ޖެހުމަށް ފަހު ކޮމެންޓް ކުރާށެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ޝިޔާރާ ޝަމީމެވެ.

"ލައިކް އެންޑް ޝެއާ" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް ކަނޑައަޅާފައިވާ އިނާމަކީ ބެންކޮކް ދެކޮޅު ޓިކެޓާއި ދެރޭ ބެންކޮކްގައި މަޑުކުރެވޭނެ އިންތިޒާމެވެ.

އޭސް ހާޑްވެއާ އާއި ކަލާ ބޭންކުން ވަނީ މިދިޔަ އަހަރުވެސް މިފަދަ ދެޕްރޮމޯޝަން ބޭއްވި އެވެ. އަދި މި އަހަރުގެ ދެ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބިފައިވާ ކަން ވެސް ހޭސް ހާޑްވެއާ އިން ފާހަގަ ކުރި އެވެ.