Roadha Mihaaru
"އެންމެންގެ ރޯދަ ސޭލް" ގައި ތިން ވަނަ ސައިކަލު ދީފި

"އެންމެންގެ ރޯދަ ސޭލް"ގެ ތިން ވަނަ ނަސީބުވެރިޔާ އަށް ސައިކަލް ހަވާލުކޮށްފި

08 މެއި 2019

އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގެ "އެންމެންގެ ރޯދަ ސޭލް" ޕްރޮމޯޝަންގެ ތިން ވަނަ ނަސީބުވެރިޔާ ހޮވައި އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ސައިކަލު ހަވާލު ކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގެ "އެންމެންގެ ރޯދަ ސޭލް" ޕްރޮމޯޝަންގެ ތިން ވަނަ ނަސީބުވެރިޔާ ހޮވައި އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ ސައިކަލު ހަވާލު ކޮށްފި އެވެ.

އޭސްހާޑްވެއާ އާއި ކަލަ ބޭންކް ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭނެ އެވެ.

ޕްރޮމޯޝަންގެ ތިން ވަނަ ނަސީބުވެރިޔަކަށް ހޮވުނީ ބަންގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ. ޝަރީފެވެ. ސައިކަލު ހަވާލު ކޮށްފައިވަނީ އިއްޔެ ހަވީރު ކަލަ ބޭންކް އޯކިޑް މަގު ފިހާރާގަ އެވެ.

މި ޕްރޮމޯޝަން ފެށިތާ 30 ދުވަސް ވީއިރު މިހާރު ވަނީ ތިން ނަސީބުވެރިންނަށް ވެސް ސައިކަލު ހަވާލުކޮށްފަ އެވެ.

ބޮޑު ޑިސްކައުންޓްތަކަކާ އެކު ފެށި މި ޕްރޮމޯޝަން ޝޯޝަލް މީޑިއާގައި ވެސް ކުރިޔަށް ގެންދެ އެވެ. އިނާމުތަކުގެތެރޭގައި މެލޭސިއާ ދެކޮޅު ޓިކެޓާއި ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފުތާއަކު ދެ މީހކަށް ރޯދަ ވީއްލުން ވެސް ދެ އެވެ. މީގެ އިތުރުން ވެސް އަގުހުރި ގިނަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭޕްރީލް 1 ގައި ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 5 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.