Roadha Mihaaru
ދިފާއީ ނިޒާމު ވަރުގަދަ ކުރަން ކާންވީ އެއްޗެހި

ދިފާއީ ނިޒާމު ވަރުގަދަ ކުރަން ކާންވީ އެއްޗެހި

10 މާޗް 2022

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދިފާއީ ނަޒާމު ވަރުގަދަވުމަކީ މުހިންމު ކަމެކެވެ. ވީހާ ވެސް ސާފުތާހިރުކޮށް އުޅޭ ނަމަ، ދިފާއީ ނިޒާމު ވަރުގަދަވުމަށް އެހީވެ އެވެ. އޭގެ އިތުރުން ބައެއް ވައްތަރުގެ ތަރުކާރީ އާއި މޭވާ ކެއުމަކީ ވެސް ދިފާއީ ނިޒާމަށް ފައިދާ ކުރާނެ ކަމެކެވެ. މި ހިމަނާލަނީ އޭގެ ތެރެއިން ވަރަށް މުހިންމު ތިން އެއްޗެކެވެ؛

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދިފާއީ ނަޒާމު ވަރުގަދަވުމަކީ މުހިންމު ކަމެކެވެ. ވީހާ ވެސް ސާފުތާހިރުކޮށް އުޅޭ ނަމަ، ދިފާއީ ނިޒާމު ވަރުގަދަވުމަށް އެހީވެ އެވެ. އޭގެ އިތުރުން ބައެއް ވައްތަރުގެ ތަރުކާރީ އާއި މޭވާ ކެއުމަކީ ވެސް ދިފާއީ ނިޒާމަށް ފައިދާ ކުރާނެ ކަމެކެވެ. މި ހިމަނާލަނީ އޭގެ ތެރެއިން ވަރަށް މުހިންމު ތިން އެއްޗެކެވެ؛

ކެރެޓް

.

.

ކެރެޓަކީ އިންސާނާގެ ހަށިގަނޑަށް ގިނަ އަދަދަކަށް ވިޓަމިން އޭ ލިބޭ ތަރުކާރިއެކެވެ. ކޮންމެ ދުވަހަކު އެންމެ ކެރެޓަކުން ވެސް އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން އޭ ލިބެ އެވެ. ވިޓަމިން އޭ އަކީ ދިފާއީ ނިޒާމަށް ވަރަށް މުހިންމު މާއްދާއެކެވެ.

ލޮނުމެދު

.

.

ލޮނުމެދަކީ އިންސާނާގެ ހަށިގަނޑަށް އެކި ކަހަލަ ފައިދާ ހުރި ވަރަށް ރަނގަޅު އެއްޗެކެވެ. ރޯގާ ޖެހިގެން އުޅޭ އިރަށް ލޮނުމެދު ބޭނުންކޮށްގެން ހަދާފައިވާ ކެއުންތައް ކާ ނަމަ، އޭގެން ރޯގާ އަށް ވެސް ލުއިކަމެއް ލިބެ އެވެ. ވީހާ ވެސް ތާޒާކޮށް ލޮނުމެދު، އެއްޗަކާ އެއްކޮށްގެން ކާ ނަމަ އޭގެ ކުރާ އަސަރު ބޮޑުވާނެ އެވެ.

މަޝްރޫމް

.

.

މަޝްރޫމް އަކީ ވެސް އިންސާނާގެ ދިފާއީ ނިޒާމަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މަޝްރޫމްގައި ހިމެނޭ ސިލީނިއަމް އާއި ވިޓަމިން ބީ އަކީ ދިފާއީ ބާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ބައެއް ހަކަތަ ވެސް ފޯރުކޮށްދިނުމަށް އެހީވާ އެއްޗެކެވެ. މަޝްރޫމްގެ މޮޅު ތަންކޮޅަކީ ތަފާތު އެކި ކަހަލަ މަސްތަކުގެ ބަދަލުގައި ވެސް މި ބޭނުންކުރެވޭނެތީ އެވެ. އަދި މިއަކީ ތަފާތު ގޮތްގޮތަށް ތައްޔާރުކޮށްގެން ކާލެވޭނެ އެއްޗެކެވެ.