މާލޭ މަގުމަތިން ފިރިހެން ކުއްޖެއްގެ އަތުގައި ހިފައި، ހިފެހެއްޓި އިންޑިއާގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
10 މާޗް 2022
މާލޭ މަގުމަތިން ފިރިހެން ކުއްޖެއްގެ އަތުގައި ހިފައި، ހިފެހެއްޓި އިންޑިއާގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އަތުގައި ހިފި ކަމުގެ މައްސަލަ މިއަދު ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ތުހުމަތުވާ އިންޑިއާގެ ފިރިހެން މީހާ މިހާރު ހުރީ އެ އިދާރާގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަން ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އެ ކުޑަކުއްޖާގެ އާއިލާގެ މީހަކު ކުރި ޓުވީޓެއްގައި ބުނީ އިންޑިއާ މީހާ އެ ކުއްޖާގެ އަތުގައި ހިފައި ދަމައިގަތީ އޭނާގެ ބޮޑުދައިތައާ އެކު ގެއަށް ވަދެވަދެ ހުއްޓާ ކަމަށެވެ. އަތުން ދޫކޮށްލީ ކުއްޖާގެ ބޮޑުދައިތަ ހަޅޭލަވައިގަތުމުން ކަމަށް އޭނާ ބުންޏެވެ.
ކުއްޖާގެ އަތުން ދޫކޮށްލުމަށް ފަހު، ބޮޑުދައިތަ ގައިގައި ޖަހަން ވެސް އެ މީހާ އުޅުނު ކަމަށްވެ އެވެ. އަދި އެ މީހާ ހުއްޓުވާއި ފުލުހުންނާ ހަވާލުކުރީ އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމުން ކަމަށް ވެސް އެ ޓުވީޓްގައި ބުންޏެވެ.
"އޭނާ [އިންޑިއާ މީހާ] އުޅޭ ގޭގެގައި ތިބި ބިދޭސީން ބުނަނީ އޭނާ އަކީ މޮޔައެކޯ. މިއަދު 12 ޖަހާއިރު ފުރަން ޓިކެޓް ނަގާފަޔޯ އޮތީ. ކިޔާފައި އެ މީހާ އެ ގެއަށް ވަންދާފައި ފޮރުވީ. ފުލުހުން ވެސް ބުނީ އެ މީހުން ބުންޏޭ އޭނާ އަކީ މޮޔައެކޭ،" އެ ޓުވީޓްގައިވެ އެވެ.
އާއިލާއިން ތުހުމަތުކުރަނީ އެ މީހާ އުޅުނީ ކުއްޖާ ރަހީނުކޮށް، އަނިޔާކުރަން ކަމަށެވެ.
"މަގޭ ކޮއްކޮ [ކުޑަކުއްޖާ] ހުރީ ތުރުތުރު އަޅާ. މަގޭ މަންމަ [ބޮޑުދައިތަ] ހުރީ ބޯ ގޮވާފައި،" އޭނާ ބުންޏެވެ.
ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާ އަށް ގެންދަނީ
ގޯނާގެ ތުހުމަތުކުރާ ފާމަސީ އެސިސްޓެންޓް ހައްޔަރުކޮށްފި
ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެއް
ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
"ކުޑަކުއްޖާ ރޭޕްކުރި މީހާ އަވަހަށް ހައްޔަރުކުރޭ"
ގެސްޓް ހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި
އިންޑިއާ ސިފައިންނާ ދެކޮޅު ހަރަކާތަށް ފުރުސަތު ނުދިން
ހެލްމެޓް އަޅައިގެން ފޭރުނު މީހުން ހައްޔަރުކޮށްފި