12 މާޗް 2022
ފައިނޭންސްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވާ އެއް ކަމެއް އެބައޮތެވެ؛ އެއީ އެއްވެސް ސްކީމެއް، ނުވަތަ އެއްވެސް އިންވެސްޓްމެންޓަކަށް ފައިސާ ދޭ އިރު، އެ ފައިސާ އަށް ވާ ނުވާ އެނގުމަކީ އެ ފައިސާ ހޭދަކުރާ މީހާ އަށް އެނގުން ލާޒިމް ކަމެކެވެ. އެކަމަކު ކިންގްސް ފޮރެކްސް ޓްރޭޑުގައި ފަންޑު ކުރާ ފައިސާ، އެ ހޭދަކުރަނީ ކޮން ގޮތަކަށް ކަމެއް، ކަމާ ބެހޭ ފަރާތްތަކަށް މިހާތަނަށް ބުނެދެވިފައި ނުވާ ކަމަށް ވެ އެވެ.
ފައިނޭންސްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވާ އެއް ކަމެއް އެބައޮތެވެ؛ އެއީ އެއްވެސް ސްކީމެއް، ނުވަތަ އެއްވެސް އިންވެސްޓްމެންޓަކަށް ފައިސާ ދޭ އިރު، އެ ފައިސާ އަށް ވާ ނުވާ އެނގުމަކީ އެ ފައިސާ ހޭދަކުރާ މީހާ އަށް އެނގުން ލާޒިމް ކަމެކެވެ. އެކަމަކު ކިންގްސް ފޮރެކްސް ޓްރޭޑުގައި ފަންޑު ކުރާ ފައިސާ، އެ ހޭދަކުރަނީ ކޮން ގޮތަކަށް ކަމެއް، ކަމާ ބެހޭ ފަރާތްތަކަށް މިހާތަނަށް ބުނެދެވިފައި ނުވާ ކަމަށް ވެ އެވެ.
ކިންގްސް ފޮރެކްސް ޓްރޭޑަކީ ރާއްޖޭގައި ފޮރެކްސް ޓްރޭޑިންގައި އެންމެ ވަރުގަދަ ޕްލެޓްފޯމެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ ފަންޑުގައި 2000 އަށް ވުރެ ގިނަ މީހުން 100 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ވަނީ އިންވެސްޓްކޮށްފަ އެވެ. އެކަމަކު، އެފަދަ ފަންޑުތައް އެއީ ސްކޭމެއް ކަމަށް ބަލައި، އެފަދަ ސްކޭމްތަކުގައި ބައިވެރި ނުވުމަށް އެމްއެމްއޭ އާއި ކެޕިޓަލް މާކެޓް އޮތޯރިޓީން ވަނީ ގޮވާލައިފަ އެވެ. ސަަބަބަކީ، ހުއްދަ ނެތް ފަންޑުތަކުގައި ބައިވެރިވުމަކީ އިންވެސްޓް ކުރާ މީހާ އަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށް ވާތީ އެވެ. އަދި އެފަދަ ފަންޑުތައް ރާއްޖޭގައި ހެދެނީ، މާލީ ސެކިއުރިޓީސްގެ ގާނޫނުގައިވާ ގޮތުން ލައިސަންސެއް ނަގައިގެން ކަމަށް ވާތީ އެވެ. އެ ހުއްދަ ކިންގްސް އަކަށް ނެތެވެ.
އޮޑިޓިން ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ އެއްވެސް އިންވެސްޓްމަންޓަކީ އެކަމަށް ކުރާ ހޭދަ އަށް ވާނުވާ އެ ހޭދަ ކުރާ ކޮންމެ މީހަކަށް ވެސް އެނގެން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ޒިންމާ ވާނެ، ޒިންމާ ނެގޭނެ ގާނޫނީ އޮނިގަނޑެއްގެ ތެރޭގައި އެ ފަރާތެއް ހުރުން އެއީ އެންމެ މުހިންމު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫނީ ގެއްލުމެއް ލިބުނީމަަ އޭނަ މައްސަލަ ޖައްސަން ދާނެ ތަނެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އައިކިޔޫ އޮޕްޝަން ޓްރޭޑިން އަކީ "ސީދާ ބޭން" ކޮށްފައިވާ މުއާމަލާތެއް ކަމަށް ތަޖުރިބާކާރު އެއް ބޭފުޅަކު ވިދާޅުވި އެވެ. އެކަމަކު ސީދާ މި މައްސަލަ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ފޮރެކްސް ޓްރޭޑިންއަކީ އަމިއްލަ ރިސްކުގައި ކުރުން މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.
Dhen nuhuttuveyne, birakah vee bank thakah aiy nulevey hisaabah dhiun: Alhan
The most trusted news source in the Maldives
Mihaaru
މި މައްސަލާގައި އަލްހާން ދެއްކެވި ވާހަކަތައް
"[ކިންގްސް ފޮރެކްސްގެ އެންމެ އިސް ބޭފުޅާ] އަލްހާން ފަހުމީ ވިޔަސް އަދި އެހެން މީހެއް ވިޔަސް ރައްޓެހިންގެ އަތުން ފައިސާ ނަގައިގެން އެކަން ކުުރުމަކީ މައްސަލައެއް ނޫން. އެގޮތަށް އެކަން ކިތަންމެ ދުވަހަކު ކުރިޔަސް މައްސަލައެއް ނެތް. މީގައި މައްސަލައަކަށްވީ އޭތި އިޝްތިހާރުކޮށް ކަސްޓަމަރުން ހޯދައި އަދަދުތަކުން ކިޔަން ފެށީމަ. އެ ހިސާބުން ރެގިއުލޭޓަރުން އޭގެ ތެރެއަށް ވަންނާނެ،" އޭނާ ވިދާޅުވި އެވެ.
ފޮރެކްސް ޓްރޭޑިންގެ ގިނަ ފަންޑުތައް ހުންނަނީ އެ ފަންޑު ހިންގާ މީހުންނަކީ ކޮން ބައެއްކަން ނޭނގި، އެކަން ކުރަނީ ކޮން ތަނެއްގައި ކަން ވެސް ނޭނގޭ ގޮތަށެވެ. އިންވެސްޓަރާ އެ މީހުން މުއާމަލާތް ގިނަ ފަހަރަށް ކުރަނީ އޮންލައިން ޕްލެޓްފޯމްތަކުގަ އެވެ. ރާއްޖޭގައި ވެސް އެކަން ކުރަނީ އެހެންނެވެ. ވާހަކަ ދައްކަނީ ވެސް ހަމަ އޮންލައިންކޮށް، ޗެޓްކޮށްގެންނެވެ.
"އިންވެސްޓްކޮށްފައި އެ ފައިސާ ނުލިބިގެން މެސެޖްކޮށްލަ ކޮށްލަ ތިބެން ޖެހޭނީ. ދެން ހެދޭނެ އިތުރު ގޮތެއް ނޯންނާނެ،"
"އިންވެސްޓްކޮށްފައި އެ ފައިސާ ނުލިބިގެން މެސެޖްކޮށްލަ ކޮށްލަ ތިބެން ޖެހޭނީ. ދެން ހެދޭނެ އިތުރު ގޮތެއް ނޯންނާނެ،" ރާއްޖޭގައި ފޮރެކްސް ޓްރޭޑިންގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.
"ގައުމުތަކުން މަނާކުރަނީ މި ސަބަބުތަކާ ހެދި. މިއީ ވެސް ހަމަ ޓްރޭންގަލް ސްޓައިލަށް އޮންނަ ވިޔަފާރިްއެއް. މަނާވާ ސަބަބަކީ އެއީ. ފަހުން މީގައި ބައިވެރިވާ މީހުންގެ އަދަދު މަދުވާން ފަށައިފިއްޔާ މުޅި އެތި ކްރޭޝް ވެދާނެ. އޭރު އެތައް ލައްކަ ރުފިޔާއެއް އިންވެސްޓްކޮށްގެން ތިބި މީހުންނަށް އެ ލިބުނީ ވަރަށް ބޮޑު ލަނޑެއް."
ކިންގްސް ފޮރެކްސްގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން އިންވެސްޓިގޭޓް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެެނގިފައިވާ ގޮތުގައި އެ ފަންޑާ ބެހޭ ވަރަށް ގިނަ މައުލޫމާތު ވެސް ކަމާ ބެހޭ ފަރާތުން ހޯދައިފި އެވެ. އެކި އެކައުންޓްތައް ވެސް ދިރާސާ ކޮށްފި އެވެ. އިއްޔެ ރޭ އާންމުންގެ ސަމާލު ކަމަށް އެ މައްސަލަ ގެނައީ، ދެ ބޭނުމެއްގަ އެވެ. އެއް ބޭނުމަކީ، އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ލަދުގަންނަވަރުގެ ބޮޑު ލައްގަނޑެއް އިތުރަށް ޖެހުނަ ނުދިނުމެވެ. އަނެއް ބޭނުމަކީ އެ ފަންޑުގައި ހަގީގަތުގައި ވެސް ޝައްކު ކުރެވޭ މުއާމަލާތްތަކެއް ހުރުމެވެ.
ކިންގްސް ފޮރެކްސްގެ ލޯގޯގައި އަލްހާން
"އެމްއެމްޕީއާރުސީގެ ކަންތައްތައް ހިނގަމުން ދިޔައިރު ވެސް ކަމާ ބެހޭ މާލީ އިދާރާތަކުން އެއްޗެއް ނުބުނެ ތިބީ. އެހެންވެ، މި ފަންޑު ވެސް ގޯސްވެ ބަޔަކަށް ލަނޑު ލިބޭތަނުން ބުނާނެ ކީއްވެހެއްޔޭ ތި ވާހަކަ ނުދައްކާ ތިބީ،" މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
އާންމުންގެ ސަމާލު ކަމަށް މި މައްސަލަ ގެނައުމުގެ ކުރިން، ކަމާ ބެހޭ ފަރާތްތަކަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ފަންޑު ފެށުމާ އެކު ވަރަށް ބޮޑެތި އަދަދުތަކުން އަލްހާންގެ އަމިއްލަ ބައެއް ކަންކަމަށް ފައިސާ ހޭދަކުރަމުން ދިއުން އެއީ އެއް މައްސަލަ އެވެ.
"އަމިއްލަ ވަރަށް ބައިވަރު ދަރަނި ވެސް އޭނާ ދައްކައިފި. އަމިއްލަ އިންވެސްޓްމަންޓްތައް ގިނަވެއްޖެ. އެހެން ހަރަދުތައް ވެސް އިތުރުވެއްޖެ،" މިކަން އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައި އޮތީ ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ ކޭޝްކުރާކަން. އަދި އޭނާގެ/ އޭނާގެ ކުންފުނީގެ އެކައުންޓްތަކަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަމުން ދާކަން. އެއީ ކިހިނެއް ހޯދާ ފައިސާއެއްކަން ކޮންތާކުން އަންނަ ފައިސާއެއްކަން އެއީ ކަމާ ބެހޭ ފަރާތްތަކަށް އެނގެން ޖެހޭނެ އެއްޗެއް. ޑޮލަރު މާރުކުރަނީތޯ، އެހެން ކަމެއް ކުރަނީތޯ، އެއީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް މާލީ އިދާރާތަކަށް ޖަވާބު ދޭން ޖެހޭނެ ކަމެއް."
ކިންގްސް ފޮރެކްސްގައި އިންވެސްޓް ކޮށްފައިވާ ބައެއް މީހުންގެ ތެރޭގައި ދައުލަތުގެ ވަރަށް އިސް ބޭފުޅުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ އިސް ބޭފުޅުންނާއި ވިޔަފާރިވެރިން ވެސް ހިމެނެ އެވެ. މިކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި 2000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ އިންވެސްޓްކޮށްފަ އެވެ.
"ހަމަ ހީނުކުރާ ކަަހަލަ ބައެއް މީހުން އެބަތިބި އިންވެސްޓްކޮށްފައި. ބައެއް މީހުން އެބަހުރި ލޯނު ނަގައިގެން ވެސް މިކަމަށް އިންވެސްޓް ކޮށްފައި،"
"ހަމަ ހީނުކުރާ ކަަހަލަ ބައެއް މީހުން އެބަތިބި އިންވެސްޓްކޮށްފައި. ބައެއް މީހުން އެބަހުރި ލޯނު ނަގައިގެން ވެސް މިކަމަށް އިންވެސްޓް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ފޮރެކްސް ޓްރޭޑިންގައި ރާއްޖޭގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނި ގޮތުގައި މިއީ ރާއްޖޭގައި ހިންގި މިކަހަލަ ފުރަތަމަ ފަންޑެއް ނޫނެވެ. މީގެ ކުރިން މިކަހަލަ އެހެން ދެ ފަންޑެއް ހިންގި ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭނާގެ އާއިލާގެ ބަޔަކު އިސްކޮށް ތިބެ ވެސް ތިން އަހަރު ކުރިން ފަންޑެއް ހިންގި. އޭގެ ފަހުން ކޮވިޑްގެ ކުރިން ވެސް އެ މީހުން ހަމަ މީގެ ފަންޑެއް ހިންގި،" އޭނާ ވިދާޅުވި އެވެ.
މީގެ ތިން އަހަރު ކުރިން ހިންގި ފަންޑުގައި ބައިވެރިިވި މީހަކު އޭނާ އަށް ލިބުނު ލަނޑުގެ ވާހަކަ ޓްވިޓާގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ޓްރޭޑް ކުރާށޭ ކިޔައިފައި 1200 ޑޮލަރު ނަގާފައި އޭގެ ރިޓާން އަދިވެސް ނުލިބެ އެވެ.
"ހަމަ މިހާރު މި ޖައްސާ ސްޓޯރީ ޖެއްސީ،" އޭނާ ބުންޏެވެ.
"3500 ޑޮލަރު މަހެއްގެ ތެރޭގައި ދޭނަމޭ ކިޔާފައި ފައިސާ ނެގީ. އެފަހަރު ވެސް އޭނާ ބުނީ އަލްހާން ރާއްޖެ ގެންނަން އުޅުނު ފަންޑްސް ބީއެމްއެލް އޮން ހޯލްޑް ކުރީމަ ކޭޝް އައުޓް ނުވީއޭ. އެކަމަކު އެކަން ކުރީ އަލްހާންގެ އާއިލީ މެމްބަރެއް."
އެ މީހުންނާ ކޮށްފައި ހުރި މުއާމަލާތްތަކެއްގެ ޗެޓް ލޮގް ވެސް އޭނާ ފޮނުވި އެވެ.
ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ހުއްދަ ކޮށްފައި ނެތުމުން، ކިންގްސް ކުރާ ގޮތަށް އެކަން ކުރެވުމަކީ ވަރަށް ބޮޑު ލަނޑެއް ލިބިދާނެ ކަމެއް ކަމަށް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވި އެވެ.
ކަމާ ބެހޭ ފަރާތަށް ވެސް ފާހަގަކުރެވިފައި އޮތް މައިގަނޑު އެއް މައްސަލައަކީ އެއެވެ؛ އެ ފަންޑު ހިނގަމުން ދަނީ ފެންނަން ނެތް އިންވެސްޓެއް ކޮށްގެން ނޫން ކަމެވެ. ފަންޑު ކުރާ ކަމަށް އަލްހާން ވިދާޅުވިޔަސް، ފާހަގަ ކުރެވުނު އެއް ކަމަކީ، ކިންގްސް އަށް ކޮންމެ ފަހަރަކު ވެސް ބަޔަކު ގުޅުމުން، ނުވަތަ އިންވެސްޓްމަންޓްތަކެއް ލިބުމުން، ކުރިން ތިބި މީހުންނަށް ޕޭއައުޓްކޮށްދޭ ކަމެވެ.
"މީގައި މި ހަދާ ގޮތަކީ މިސާލަކަށް 100 މީހުން އިންވެސްޓް މިކުރަނީ ފުރަތަމަ. އެ މީހުންނަށް ދޭން ޖެހޭ ފައިސާ ރިޓާން މި ކޮށްދެނީ ދެވަނަ އަށް ގުޅޭ 200 މީހުންގެ ފައިސާ އިން. މީގައި މައްސަލަ ދިމާވާނީ، އަދި މިކަހަލަ ސްކީމްތަކުގައި މައްސަލަ ދިމާވާނީ ގުޅޭ މީހުންގެ އަދަދު މަދުވަމުން ދާ ހިސާބުން. ދެން ނޯންނާނެ ފަންޑު ސޯސް ކުރާނެ ގޮތެއް،"
"މީގައި މި ހަދާ ގޮތަކީ މިސާލަކަށް 100 މީހުން އިންވެސްޓް މިކުރަނީ ފުރަތަމަ. އެ މީހުންނަށް ދޭން ޖެހޭ ފައިސާ ރިޓާން މި ކޮށްދެނީ ދެވަނަ އަށް ގުޅޭ 200 މީހުންގެ ފައިސާ އިން. މީގައި މައްސަލަ ދިމާވާނީ، އަދި މިކަހަލަ ސްކީމްތަކުގައި މައްސަލަ ދިމާވާނީ ގުޅޭ މީހުންގެ އަދަދު މަދުވަމުން ދާ ހިސާބުން. ދެން ނޯންނާނެ ފަންޑު ސޯސް ކުރާނެ ގޮތެއް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
"ފުރަތަމަ ބައިވެރިވާ މީހުންނަށް ލިބިދާނެ ރަނގަޅު ފައިދާއެއް. އެ ފައިދާ ގިނަ ފަހަރު ދެނީ ވެސް އަޑު ގަދަ މީހާ އަށް. އޭނާ އެ ވާހަކަ ދައްކަން ފެށީމަ އެހެން މީހުން ބައިވެރިވާނީ. އެކަމަކު ދެން ބައިވެރިވާ މީހުންނަކަށް އެވަރުގެ ފައިދާއެއް ނުލިބޭނެ. ކިންގްސްގައި ވެސް ހަމަ މިހެންވީ. މިހާރަކު އެވަރުގެ ފައިދާއެއް ނުލިބޭ. އުންމީދު ކުރިވަރާ ގާތަކަށް ވެސް ނުލިބޭ."
އަނެއްކޮޅުން ފޮރެކްސް ޓްރޭޑިންގައި، އަލްހާން އެ ވިދާޅުވާ ވަރުގެ ފައިދާއެއް ނެރުމަކީ ވެސް ނުވާނެ ކަމެއް ކަމަށް ތަޖުރިބާކާރު ވަރަށް ގިނަ ބޭފުޅުން ވިދާޅުވެ އެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ފޮރެކްސްގައި ވިޔަސް، އަދި އޮންލައިން އެންމެ ރަނގަޅު ޕްލެޓްފޯމްތަކުގައި ވިޔަސް ފައިދާ ލިބެނީ އެންމެ ގިނަވެގެން 30-35 ޕަސެންޓް ކަަމަށެވެ.
"އެކަމަކު އަލްހާން އެ ވައުދުވަނީ ގާތްގަނޑަކަށް ފަސް ގުނަ އިތުރު އަދަދެއް. އިމްޕޮސިބްލް. ނުލިބޭނެ އެވަރެއް،" ވަރަށް ޔަގީން ކަމާ އެކު އެއް ބޭފުޅަކު ވިދާޅުވި އެވެ.
ކިންގްސްއަށް އިންވެސްޓްކުރި ފައިސާ އަނބުރާދޭން ހުކުމެއް
"މިއީ ލޯމަރާލާފައި ހަރަދު ކުޑަކުރަންވީ ވަގުތު"
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ކާޑު ލިމިޓު ބޮޑު ކުރަން ދަތިތައް އެބަހުރި: ފިނޭންސް
އަލްހާންގެ ކުންފުނީގެ މައްސަލަ އިސްތިއުނާފު ކުރަނީ
ކިންގްސްގެ އެކައުންޓް ހިފެހެއްޓީ ގާނޫނާ ހިލާފަށް
ފުލުހުން އަލްހާންގެ އޮފީސް ފާސްކޮށް،ފޯނު ހިފަހައްޓައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް