13 މާޗް 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، ޔޫކްރޭންގެ ހުޅަނގު ސަރަހައްދާ ގާތަށް ރަޝިޔާ ސިފައިން ކައިރިވަމުން އަންނަ އިރު، ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތް ހުޅަނގުގެ ގައުމުތަކުން އެތައް ގުނައެއް ހަލުވިކޮށްފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، ޔޫކްރޭންގެ ހުޅަނގު ސަރަހައްދާ ގާތަށް ރަޝިޔާ ސިފައިން ކައިރިވަމުން އަންނަ އިރު، ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތް ހުޅަނގުގެ ގައުމުތަކުން އެތައް ގުނައެއް ހަލުވިކޮށްފި އެވެ.
އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތައް އެ ގައުމަށް އެތެރެކުރަނީ، ޔޫކްރޭންގެ ހުޅަނގުން އުންވެގެން އޮންނަ ޕޮލޭންޑްގެ ތެރެއިންނެވެ. ރަޝިޔާ ސިފައިން މިހާރު ދަނީ ޔޫކްރޭންގެ ހުޅަނގު ސަރަހައްދާ ކައިރި އަށް ހަމަލާތައް އަމާޒުކުރަމުންނެވެ.
އެހެންކަމުން، ހުޅަނގުގެ ގައުމުތަކުން މިހާރު މަސައްކަތް ކުރަނީ، ޔޫކްރޭނާއި ޕޮލެންޑް ގުޅޭ ސަރަހައްދާ ކައިރި އަށް ރަޝިޔާ ސިފައިން އައިސް އެ ސަރަހައްދު ހިފުމުގެ ކުރިން، ވީހާ ގިނަ އަދަދެއްގެ ހަތިޔާރު ޔޫކްރޭނަށް އެތެރެ ކުރުމަށެވެ. އެމެރިކާ އާއި ނޭޓޯ އިން މިހާރު ޔޫކްރޭނަށް ފޯރުކޮށްދޭ ހަތިޔާރުތަކުގެ ތެރޭގައި، ކޮނޑުމަތިން ފޮނުވާލައިގެން މަތިންދާބޯޓަށް ހަމަލާ ދޭ ޒާތުގެ މިސައިލް (މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމް) ހިމެނެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ ތެރެއަށް ވަދެ އެއްގަމު މަގުން ދޭ ހަމަލާތައް ދިފާއުކޮށް، ރަޝިޔާ ސިފައިންގެ ކުރިއެރުން ހުއްޓުވުމުގައި، ހުޅަނގުގެ ގައުމުތަކުން ދެމުން އަންނަ ޒަމާނީ ހަތިޔާރުތައް ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. ޔޫކްރޭނާއި ޕޮލެންޑާ ދެމެދު ގާއިމުކޮށްފައިވާ ސިއްރު މަގަކުން، ހުޅަނގުގެ ގައުމުތަކުގެ ހަތިޔާރުތައް ޔޫކްރޭނަށް އެތެރެ ކުރަމުން ދާއިރު، ޔޫކްރޭން ސަރުކާރު ސިފައިން ނޫން ބައެއްގެ އަތަށް އެ ހަތިޔާރުތައް ފޯރަފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެ އެވެ.
އެ ބިރު އޮތް ނަމަވެސް، ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން، ރަޝިޔާ ސިފައިންގެ ހަމަލާތަކުގެ ކުރިމަތީގައި ޔޫކްރޭން ސިފައިން ނެރެމުން ދާ ނަތީޖާއަކީ، ހިތްހަމަޖެހޭ ފަދަ ނަތީޖާތަކެއް ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެ އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ މަތިންދާބޯޓުތަކާ ދެކޮޅަށް ރަޝިޔާ ސިފައިން ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައިވަނީ، އެމެރިކާ އިން ފޯރުކޮށްދީފައިވާ ސްޓިންގަ މިސައިލް ބޭނުންކޮށްގެންނެވެ. މިއީ ވެސް ކޮނޑުމަތިން ފޮނުވާލައިގެން މަތިންދާބޯޓަށް ހަމަލާ ދެވޭ ގޮތަށް އުފައްދާފައިވާ، ހިފައި ގެންގުޅެން ފަސޭހަ މިސައިލެކެވެ.
ކުރީގެ ސޮވިއެޓް ޔޫނިއަންގެ އަޅުވެތިކަމާ ދެކޮޅަށް، 1980 އާއި 1990ގެ އަހަރުތަކުގައި އަފްގާނިސްތާނުގެ މުޖާހިދުން ކުރި ހަނގުރާމައިގައި ވެސް، ރޫސީ ވިލާތުގެ ސިފައިންނާ ދެކޮޅަށް ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީ އެމެރިކާގައި އުފައްދާފައިވާ ސްޓިންގާ މިސައިލެވެ.
އަސްކަރީ ތަފާތު މައުލޫމާތުތައް އެއްކުރާ އެމެރިކާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރޭންޑް ކޯޕަރޭޝަނުން ބުނާ ގޮތުގައި އެމެރިކާގައި އުފައްދާފައިވާ ސްޓިންގާ މިސައިލްގެ 10،000 މިސައިލް، 2010 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އެކި ގައުމުތަކަށް އެމެރިކާ އިން ވިއްކާފައިވެ އެވެ. އޭގެ ތެރޭގައި އިރާގު، ވެނެޒުއޭލާ، ކަޒަކިސްތާން އަދި ގަތަރާއި ލީބިޔާ ހިމެނެ އެވެ.
ޔޫކްރޭން ހަނގުރާމަ ތިން ވަނަ ހަފުތާ އަށް އަޅާފައިވާ އިރު، ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ދިނީ މިބާވަތުގެ ކިތައް މިސައިލް ކަމެއް އެމެރިކާ އާއި ނޭޓޯ އިން ވެސް ނުބުނެ އެވެ.
ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތައް ހިފައިގެން ޔޫކްރޭނަށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް، ރަޝިޔާ ސިފައިން މިހާތަނަށް ހަމަލާއެއް ނުދެ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ރަޝިޔާ އިން ބުނެފައިވަނީ، އެއްވެސް ބެލުމެއް ނެތި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭ އިރު، އެފަދަ ތަކެތި ހިފައިގެން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާތައް އަމާޒުކުރަން ޖެހިދާނެ ކަމަށެވެ.
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން