ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް، ޑެސް ކަޕް ނިންމާލައިފި އެވެ.
20 މާޗް 2022
ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް، ޑެސް ކަޕް ނިންމާލައިފި އެވެ.
ތިން ޑިވިޝަނަކަށް ބަހާލައިގެން ކުޅުނު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމު ތަކަކީ، ނެޓްވާރިކްސް ޔުނައިޓެޑާއި ރޮކާރިޒް އަދި ސޭލްސް ފޯސް ހޯދައިފި އެވެ.
ދިރާގުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބޭއްވި "ޑެސް ކަޕް" މެންސް ސުޕަ ލީގުގެ ޗެމްޕިއަންކަން ރޮކާރިޒް ހޯދީ ފައިނާންޒެޒް 6-2 އިން ބަލި ކުރުމަށް ފަހު އެވެ. މެންސް ޕްރިމިއާ ޑިވިޝަންގެ ޗެމްޕިއަންކަން ނެޓްވާރިކްސް ހޯދީ ފައިނަލުގައި 2-0 އިން އާރްއޯސީ ބަލި ކުރުމަށް ފަހު އެވެ. ވިމެންސް ފިއެސްޓާގެ ޗެމްޕިއަންކަން ސޭލްސް ފޯސް ހޯދީ ފައިނަލުގައި ސީއެސް ހޯކްސް 5-3 އިން ބަލި ކުރުމަށް ފަހު އެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެ އަހަރު ޑެސް ކަޕް ބާއްވައިފައެއް ނުވެ އެވެ. މެދުކެނޑުމަކަށް ފަހު ބޭއްވި މުބާރާތުގައި، އަތޮޅުތެރޭގައިވާ ދިރާގުގެ ސެންޓަރުންތަކުގެ މުވައްޒަފުން އެއްކޮށްލައިގެން އެކުލަވާލި ދެ ޓީމެއް ވެސް ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ. މުބާރާތުގައި ޖުމްލަ 24 ޓީމު ބައިވެރިވެފައިވާއިރު ދިރާގުގެ 390 މުވައްޒަފުން ވަނީ މުބާރާތުގައި ކުޅެފަ އެވެ.
ފުޓްބޯޅަ އާއި ފުޓްސަލްގައިވެސް އެއް އަމާޒެއް: ލުއިސްމާ
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި
ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ދިރާގު ޕްރީ ސްކޫލު ފުޓްބޯޅަ މުބާރާތް ފަށައިފި
ނިއު ބަލިކޮށް މާޒިޔާ ގަދަކޮށްފި
ބިލިއަން ޑޮލަރުގެ ބިޑަށްފަހު ޔުވެންޓަސްގެ ހިއްސާގެ އަގު މައްޗަށް!
އަށް ލަނޑުގެ މެޗުން ޔުނައިޓެޑް އެއްވަރު!
އިންޑިއާއިން ފުޓްބޯޅައިގެ ހުނަރު ހުސްވީތަ؟
އަހަންނަށް ފާޑުކިޔަނީ ރަނގަޅު މައުލޫމާތުނެތި: އަމޮރިމް
ޕްރެޝަރު ކަނޑުވާލައި ޒަބީގެ ވަޒީފާ ސަލާމަތްކޮށްފި!