Roadha Mihaaru
އަތުލައިގަތީ ވައިގެމަގުން އެތެރެކުރި 17 ކިލޯ ޑްރަގްސް

އަތުލައިގަތީ ވައިގެ މަގުން އެތެރެކުރި 17 ކިލޯ ޑްރަގްސް

21 މާޗް 2022

ޕިކަޕެއްގައި ގެންދަނިކޮށް ރޭ އަތުލައިގަތީ ވައިގެމަގުން އެތެރެކުރި 17 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕިކަޕެއްގައި ގެންދަނިކޮށް ރޭ އަތުލައިގަތީ ވައިގެމަގުން އެތެރެކުރި 17 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ މި މައްސަލާގައި ހަތަރު މީހަކު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 27-37 އަހަރުގެ ދެ ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހަކެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ޑްރަގްސް އަރުވައިގެން ދަނިކޮށް ޕިކަޕް ހިފެހެއްޓީ ރޭ 8:30 ހާއިރު، ސޯސަންމަގުންނެވެ.

ފޮތޯތަކުން ފެންނަ ގޮތުގައި، ޑްރަގްސް ޕެކެޓްތައް ހުރީ ކަރުދާހު ފޮށިތަކަކަށް އަޅައިފަ އެވެ. އެ ޕިކަޕް ހިފެހެއްޓުމަށް ފަހު އޭގައި ހުރި ޑްރަގްސް ޕެކެޓްތައް މަގުމަތީ އަތުރާފައި ހުއްޓެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.