Roadha Mihaaru
އިންޑިއާ އައުޓް ބޮޑު ހަރަކާތް ނުބޭއްވޭނެކަން އަންގައިފި

އިންޑިއާ އައުޓް ބޮޑު ހަރަކާތް ހުއްޓުވާނެ ކަމަށް އިމްރާން ވިދާޅުވެއްޖެ

21 މާޗް 2022

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"ނޭވާ ހޮޅިއަށް" ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހު ހަވީރެވެ. މިއީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓުވަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ އިދިކޮޅުން ރާވަމުން އަންނަ ބޮޑު އެއްވުމަކީ ގާނޫނާ ހިލާފަށް ހިންގާ ހަރަކާތެއްކަން އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުހިންގޭ ކަމަށް ވަނީ އަންގާފައި،" އިމްރާން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް މާލޭގައި ސިލްސިލާ ގޮތެއްގައި ކޮންމެ ހުކުރު ދުވަހު މުޒާހަރާ އަށް ނުކުމެ އެވެ. އެ އެއްވުންތަކަށް ވެސް ފުލުހުން ހުރަސް އަޅައި ހުއްޓުވަ އެވެ. އަދި ކޮންމެ ދުވަހަކު މީހުން ހައްޔަރުކުރުމަށް ފަހު 24 ގަޑިއިރުތެރޭ ދޫކޮށްލަ އެވެ.

ޔާމީން މިނިވަންވެވަޑައިގަތް ފަހުން އިންޑިއާއާ ދެކޮޅު ކެމްޕެއިންތައް ވަނީ ފުޅާކޮށްފަ އެވެ. ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ޕީޕީއެމްގެ ލީޑަޝިޕުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.