21 މާޗް 2022
ޕީޕީއެމް އާއި ޕީއެންސީން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ނުބޭއްވޭނެ ކަމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު ބުނެފި އެވެ.
ޕީޕީއެމް އާއި ޕީއެންސީން އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ނުބޭއްވޭނެ ކަމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވަން ނިންމާފައި ވަނީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށް އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އަދި އެ އެއްވުން ބޭއްވިޔަ ނުދޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން "މިހާރު"ން ސުވާލު ކުރުމުން ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުލުހުން އެފަދަ އެންގުމެއް ޕާޓީގެ އެއްވެސް ގުނަވަނަކަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެއްވުމާ ގުޅިގެން ޕާޓީގެ އެއްވެސް ފަރާތެއް ފުލުހަށް ހާޒިރު ވެސް ކޮށްފައި ނުވާ ކަމަށް ހީނާ ވިދާޅުވި އެވެ.
"އިމްރާން މަޖިލީހުގައި މިއަދު ހެއްދެވީ އިތުރުފުޅެއް. 25 ގައި ބޮޑު އެއްވުން އޮންނާނެ،" ހީނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށެވެ. އެހެންވެ އެއްވުން ނުބާއްވަން ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް ނޭންގޭނެ ކަމަށާއި ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަރަކާތް ކޮމިޓީގެ މަސައްކަތް ހުރީ މެކުހަށް ޖަހާފައި، ބޮޑު އެއްވުން އޮންނާނެ. ނުބާއްވަން ނުވެސް އެންގޭނެ،" ޝިޔާމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް މާލޭގައި ސިލްސިލާ ގޮތެއްގައި ކޮންމެ ހުކުރު ދުވަހު މުޒާހަރާ އަށް ނުކުމެ އެވެ. އެ އެއްވުންތަކަށް ވެސް ފުލުހުން ހުރަސް އަޅައި ހުއްޓުވަ އެވެ. އަދި ކޮންމެ ދުވަހަކު މީހުން ހައްޔަރުކުރުމަށް ފަހު 24 ގަޑިއިރުތެރޭ ދޫކޮށްލަ އެވެ.
ޔާމީން މިނިވަންވެވަޑައިގަތް ފަހުން އިންޑިއާއާ ދެކޮޅު ކެމްޕެއިންތައް ވަނީ ފުޅާކޮށްފަ އެވެ. ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ޕީޕީއެމްގެ ލީޑަޝިޕުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
އިންޑިއާއައުޓު ބޮޑު ހަރަކާތް އޮންނާނެ، ހުއްދަ ލިބިއްޖެ
"ގޮތް ނޭނގޭ" މި މީހާ އަށް އެތައް ތުހުމަތެއް!
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު
ބެނާއެއް ހަޖަމް ނުވުމަކީ ނުރައްކާ އޮތް ވަރު: އަދުރޭ
ނުވަ މީހުން ދޫކޮށްލަން ގޮވާލި މައްސަލަ ފާހެއް ނުވި
ޣައްސާނާއި ސައީދު ޝަރުތުތަކާ އެކު ދޫކޮށްލައިފި
"ފުލުހުންނާއެކު އުޅުނީ ބިދޭސީ މުވައްޒަފެއް"
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް
އެންމެ ހުދުމުހުތާރު ވެރިކަމެއް ކުރަނީ އެމްޑީޕީ: ޔާމީން
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި