އީރާންގެ މަދަދު ލިބިގެން ހަނގުރާމަކުރާ ޔަމަންގެ ހޫތީ ޖަމާއަތުން، ސައޫދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަށް ދޭ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ބާޒާރަށް ތެޔޮ ނެރެވޭ މިންވަރު މަދުވިޔަސް، ސައޫދީ އަރަބިއްޔާ އިން އެކަމުގެ ޒިންމާ ނުނަގާނެ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.
އީރާންގެ މަދަދު ލިބިގެން ހަނގުރާމަކުރާ ޔަމަންގެ ހޫތީ ޖަމާއަތުން، ސައޫދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަށް ދޭ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ބާޒާރަށް ތެޔޮ ނެރެވޭ މިންވަރު މަދުވިޔަސް، ސައޫދީ އަރަބިއްޔާ އިން އެކަމުގެ ޒިންމާ ނުނަގާނެ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.
ސައޫދީ އަރަބިއްޔާގެ ހާރިޖީ ވުޒާރާއާ ހަވާލާދީ، އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ހޫތީ ޖަމާއަތުގެ ޑްރޯންތަކުން ސައޫދީގެ ތެޔޮ ކާރުހާނާތަކަށް ހަމަލާ ދިނުން އިތުރުވެފައިވާ އިރު، އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މާ ބޮޑު ކަމެއް ނުކުރެވެ އެވެ.
"ޓެރަރިސްޓް ހޫތީ ހަނގުރާމަވެރި ޖަމާއަތަށް، އީރާނުން ބެލިސްޓިކް މިސައިލްގެ ޓެކްނޮލޮޖީ އާއި ޒަމާނީ ޑްރޯންތައް ފޯރުކޮށްދިނުމުގެ ނުރައްކާތެރިކަން، ބައިނަލްއަގުވާމީ މުޖްތަމައުން މިހާރަށް ވުރެ ރަނގަޅަށް ދެނެގަންނަން އެބަޖެހޭ. ސައޫދީ އަރަބިއްޔާގެ ގޭހާއި ތެލުގެ ކާރުހާނަތަކަށާއި ތެޔޮ ސާފުކުރާ ތަންތަނަށް ހަމަލާ ދެމުން އެދަނީ އެ ހަތިޔާރުތައް ބޭނުންކޮށްގެން،" ސައުދީ ހާރިޖިއްޔާ އިން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
The Kingdom declares that it will not incur responsibility regarding any shortage of oil supply as its oil facilities are attacked by Houthi terrorist militias. pic.twitter.com/bfXYa5d8TH
— Foreign Ministry ?? (@KSAmofaEN) March 21, 2022
ސައޫދީ އަރަބިއްޔާ އިން މި މޭރުމުން ބަޔާނެއް މި ނެރުނީ، އެ ގައުމުގެ ތެލާއި ގުދުރަތީ ގޭސް ސާފުކުރާ ކާރުހާނާއަކަށް، އޭގެ އެއް ދުވަސް ކުރިން، ހޫތީ ހަނގުރާމަވެރިން ސިލްސިލާ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އިއްޔެ ހުރީ 112 ޑޮލަރުގަ އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި މުހިންމު ހިއްސާއެއްވާ ސައޫދީ އަރަބިއްޔާގެ ތެލުގެ އުފެއްދުންތަކަށް އަންނަ ކޮންމެ ބަދަލަކާ އެކު، ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް ބަދަލު އާދެ އެވެ. ސައޫދީ އަރަބިއްޔާ އިން މި މޭރުމުން އިންޒާރު ދީފައިވާ އިރު، ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ވަނީ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފަ އެވެ.
ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓައިލުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވިސްނަމުން ދާއިރު، އޭގެ ބަދަލުގައި އެހެން ގައުމުތަކުން އުފައްދާ ތެލާއި ގޭސް ދުނިޔޭގެ ބާޒާރަށް މިހާރަށް ވުރެ ގިނައިން ނެރުމަށް، އެމެރިކާ އިން ވަނީ ގޮވާލައިފަ އެވެ. އަދި އެކަމަށްޓަކައި މެދުއިރުމަތީގެ ގައުމުތަކާ އެކު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ސައުދީ އަރަބިއްޔާ އިން ދެކޭ ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުގެ މަސްލަހަތާ ގުޅިފައިވާ މުހިންމު ވިޔަފާރިއަކަށް، ޓެރަރިސްޓުންގެ ނުރައްކާތައް ކުރިމަތިވަމުންދާ އިރު، އެ ވިޔަފާރި ހިމާޔަތްކޮށް ރައްކާތެރި ކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖްތަމައުން ކުރަންޖެހޭނެ ކަމެކެވެ.
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ސުލްހައިގެ ވާހަކަތަކަށް ސައޫދީގެ ވަފުދެއް ޔަމަންގައި
ތެޔޮ އުފެއްދުން މަދުކޮށްލާތީ، އަގުތައް މައްޗަށް
ހޫތީންނަކީ ޓެރަރިސްޓުން ކަމަށް އދ. އިން ނިންމައިފި
ޔަމަން ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ: ލުބްނާން
ހޫތީންގެ ގިނަ ހަމަލާތަކެއް ސައޫދީ އަށް
ޓްރަމްޕު، ހޫތީން އަލުން ޓެރަރިސްޓުންގެ ލިސްޓަށް
އިޒްރޭލާއި ޔަމަން ސުލްހަޔަށް ވިސްނަން ސައޫދީން އެދެފި
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް