ޔަމަންގައި ކުރަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން، އެ ގައުމުގެ ހޫތީ ހަނގުރާމަވެރިންނާ އެކުގައި މަޝްވަރާ ކުރުމަށް، ސައޫދީ އަރަބިއްޔާގެ ވަފުދެއް ޔަމަންގެ ވެރިރަށް ސަންއާ އަށް އިއްޔެ ހިނގައްޖެ އެވެ.
ޔަމަންގައި ކުރަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން، އެ ގައުމުގެ ހޫތީ ހަނގުރާމަވެރިންނާ އެކުގައި މަޝްވަރާ ކުރުމަށް، ސައޫދީ އަރަބިއްޔާގެ ވަފުދެއް ޔަމަންގެ ވެރިރަށް ސަންއާ އަށް އިއްޔެ ހިނގައްޖެ އެވެ.
ހޫތީ ހަނގުރާމަވެރިންނާއި ސައޫދީ ސަރުކާރުގެ ވަފްދާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި، މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާން ސަރުކާރު ވަފްދުގެ މެމްބަރުން ވެސް މިހާރު ތިބީ ސަންއާގަ އެވެ. ޔަމަންގެ ސަރުކާރާ ދެކޮޅަށް ހޫތީ ހަނގުރާމަވެރިން ފެށި ދާޚިލީ ހަނގުރާމައިގައި، 2015 ވަނަ އަހަރު އެ ގައުމުގެ ސަރުކާރު ވައްޓައިލުމަށް ފަހު، ވެރިރަށް ސަންއާ މިހާތަނަށް ވެސް އޮތީ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.
އެޕްރީލް 9، 2023؛ ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ހޫތީ ހަނގުރާމަވެރިންގެ ވެރިޔާ މަހްދީ އަލް މަޝްހަދު (މ) ވެރިރަށް ސަންއާގައި ސައޫދީ އަރަބިއްޔާ ވަފްދުގެ (ވ) ބޭފުޅުންނާ ބައްދަލު ކުރައްވަނީ.
ޔަމަންގެ ސަރުކާރު ވެއްޓުމާއެކު، އެ ސަރުކާރަށް އަލުން ވެރިކަން ހޯދައިދިނުމުގެ ނިޔަތުގައި، ސައޫދީ އަރަބިއްޔާ އިސްވެ އެހެން ބައެއް އަރަބި ގައުމުތަކާ އެކު އަސްކަރީ އިއްތިހާދެއް އެކުލަވާލައި، ހޫތީންނާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ވަނެވެ. މި ހަނގުރާމައިގައި ހޫތީންނަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އީރާން ސަރުކާރުންނެވެ.
ހޫތީން ޔަމަންގެ ސަރުކާރު ވައްޓައިލުމަށް ފަހު، އެ ގައުމުގައި ހޫތީންގެ ވެރިކަމެއް ގާއިމުކުރުމަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އާންމުންގެ އެތައް ހާސް ބަޔަކު މަރުވި ކަމަށް ލަފާކުރެވުނަސް، ހަނގުރާމައިގައި މަރުވީ ޖުމްލަ ކިތައް މީހުން ކަމެއް ކަށަވަރެއް ނުވެ އެވެ. ނަމަވެސް ޔަމަންގައި ވެރިކަން ކުރާ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ސަރުކާރެއް ނެތުމާ އެކު، އެ ގައުމުގެ އިގްތިސާދު ބަނގުރޫޓުވެ، އާންމު ރައްޔިތުންގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުން މިހާރު ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ބަރޯސާ ވާންޖެހެނީ، ބޭރު ގައުމުތަކުން ދޭ އެހީއަށެވެ.
އެޕްރީލް 9، 2023؛ ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ހޫތީ ހަނގުރާމަވެރިންގެ ވެރިޔާ މަހްދީ އަލް މަޝްހަދު (ވ) ވެރިރަށް ސަންއާގައި އޮމާންގެ ވަފްދުގެ ބޭފުޅުންނާ ބައްދަލު ކުރައްވަނީ.
ޔަމަންގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތަކާ ބެހޭ ގޮތުން ސައޫދީ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ހޫތީ ހަނގުރާމަވެރިންނާ ހަވާލާދީ ޔަމަންގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ސައޫދީ ވަފްދުގެ މެމްބަރުންނާއި އޮމާން ވަފްދުގެ މެމްބަރުން ވެސް މިހާރު ތިބީ ވެރިރަށް ސަންއާގަ އެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، ސައޫދީ ސަރުކާރުގެ ވަފުދެއް ޔަމަނަށް މިދިޔައީ، ދެ ފަރާތުގެ މެދުގައި މީގެ ކުރިން ވެސް މަޝްވަރާތަކެއް ކުރުމަށް ފަހު، އުސޫލެއްގެ ގޮތުން ދެ ފަރާތަށް ވެސް ރުހެވޭ ކަންކަން، އެއްބަސްވުމެއްގެ ސިފައިގައި ލިޔެ ތައްޔާރުކުރުމުގެ މަސައްކަތަށެވެ. ޔަމަންގައި ކުރިއަށް ދާ މަޝްވަރާތަކަށް ފަހު، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގައި މި މަސް ނިމުމުގެ ކުރިން، ދެ ގައުމުން ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.
ސައޫދީ އަރަބިއްޔާ އިން މިނިވަން ކުރި، ޔަމަންގެ ހޫތީ ހަނގުރާމަވެރިން.
ޔަމަންގެ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން ހޫތީންނާއި ސައޫދީ ސަރުކާރާ އެކުގައި އެންމެ ފަހުގެ މަޝްވަރާތައް މި ފެށީ، ހޫތީންނަށް މަދަދު ފޯރުކޮށްދޭ އީރާނާ އެކުގައި، ހަތް އަހަރަށް ފަހު ސައޫދީ ސަރުކާރުން އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ފަހު އެވެ.
ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ސައުދީން މަޝްވަރާގެ މޭޒު ދޮށަށް އައި އިރު، އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ހޫތީ ހަނގުރާމަވެރިންނާއި ސައޫދީ ސަރުކާރުން ވަނީ، ހަނގުރާމައިގެ އަސީރުން ބަދަލުކޮށްފަ އެވެ. މިދިޔަ މަހުގެ ތެރޭގައި ހޫތީން މިނިވަންކުރި ސައޫދީ އަސީރުގެ ބަދަލުގައި، މި މަހުގެ 8 ވަނަ ދުވަހު ސައޫދީން މިނިވަންކުރި ހޫތީ އަސީރުންގެ 13 މީހުން އިއްޔެ ވަނީ ސަންއާ އަށް ގޮސްފަ އެވެ.
ޔަމަން ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ: ލުބްނާން
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ސައޫދީން ރޯދަ އަށް ހަނގުރާމަ މެދުކަނޑާލައިފި
"ހަމަލާތަކާ ހެދި ތެޔޮ މަދުވިޔަސް ޒިންމާއެއް ނުވާނަން"
ހޫތީންނަކީ ޓެރަރިސްޓުން ކަމަށް އދ. އިން ނިންމައިފި
ހޫތީންގެ ޑްރޯން ހަމަލާތަކެއް އެމިރޭޓްސް އަށް
ހޫތީ ހަނގުރާމަވެރިން ތަމްރީން ކޮށްދެނީ ހިޒްބުﷲ
ހޫތީންގެ ގިނަ ހަމަލާތަކެއް ސައޫދީ އަށް