މެންޓަލް ހެލްތު ސެންޓަރުގެ ކިއު ކުޑަކުރުމަށް އިތުރު ބަޔަކާ ގުޅިގެން ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާކުރަން ފަށައިފި އެވެ.
23 މާޗް 2022
މެންޓަލް ހެލްތު ސެންޓަރުގެ ކިއު ކުޑަކުރުމަށް އިތުރު ބަޔަކާ ގުޅިގެން ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާކުރަން ފަށައިފި އެވެ.
ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި މާޗު 2019 ގައި ހުޅުވި ސެންޓަރުގައި މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ވެއިޓްލިސްޓުގައި 3،276 މީހުން ތިއްބެވެ. މިއީ، އެ ހޮސްޕިޓަލްގެ ޑިޕާޓްމަންޓުތަކުގެ ތެރެއިން މި ވަގުތު އެންމެ ބޮޑު ކިއޫއެއް އޮތް ތަނެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވީ ކޮވިޑް-19 އަށް ފަހު ނަފުސާނީ އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނަވެފައިވާ ކަމަށެވެ. އެ ސެންޓަރުން ހިދުމަތް ހޯދަން 3،000 އަށް ވުރެ ގިނަ މީހުން މަޑުކޮށްގެން ތިބުމަކީ ކަންބޮޑުވުމަކަށް ވާތީ، އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތުރު އިންސްޓިޓިއުޓަކާ ގުޅިގެން ޖޮއިންޓް ވެންޗާގެ ގޮތުގައި މެންޓަލް ހެލްތު ސެންޓަރުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ނަމަވެސް އެކަމަށް އަމަލުކުރަން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
"ވަރަށް ޕޮޒިޓިވްކޮށް މަޝްވަރާތައް ކުރިއަށް ދަނީ. ޑިމާންޑުބޮޑުވީމާ އެއާ އެއްވަރަށް ހިދުމަތް ވެސް ދޭން އެބަޖެހޭ،" ސިރާޖު ވިދާޅުވި އެވެ.
އިތުރު ބަޔަކާ ގުޅިގެން މެންޓަލް ހެލްތު ސެންޓަރުގެ ހިދުމަތްތައް ފުޅާކުރަން ނިންމިއިރު، އަންނަ ރޯދަ މަހަށް ފަހު އައިޖީއެމްއެޗްގައި ސައިކޭޓްރިސްޓްގެ ނުވަ އެނދުގެ ވޯޑު ބޭނުންކުރަން ފަށާނެ އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި މެންޓަލް ހެލްޓު ސެންޓަރުގައި މިހާރު މަސައްކަތް ކުރަނީ ފަސް ސައިކޭޓްރިސްޓުންނާއި ހަ މެޑިކަލް އޮފިސަރުންނާއި ފަސް ސައިކޮލޮޖިސްޓުން އަދި ސޯޝަލް ދެ ވޯކަރުންނެވެ.
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
މެންޓަލް ހެލްތު ސެންޓަރުން 395 މީހުން ފަރުވާ ހޯދި
ނަފްސާނީ ބަލީގެ ފަރުވާ އެހެން ހަރުފަތަކަށް!
ކުރުމުއްދަތެއްގައި 2500 މީހުން ނަފްސާނީ ފަރުވާ ހޯދި
ނަފުސާނީބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި
ފަރުވާއަށް 10،000 އަށްވުރެ ގިނަ މީހުން ކިއުގައި
'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީ ދީފި
މެންޓަލް ހެލްތު ސެންޓަރުގެ ކިއު 500 އަށް ދަށްވެއްޖެ
ނަފްސާނީ ބައްޔަށް އައިޖީއެމްއެޗްގައި ހާއްސަ ވޯޑެއް
ނަފްސާނީ ބަލީގެ 3،000 މީހުން އަދިވެސް ކިއޫގައި!