Roadha Mihaaru

ބޮޑީ ބޯޑިން މުބާރާތުގެ ފައިސާގެ އިނާމު ދިނުމުގައި އަންހެން/ ފިރިހެން ތަފާތުކުރިި މައްސަލައެއް ފެންމަތިވެއްޖެ

ބޯޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީ) އިން ބޭއްވި "ބުރުނު ޝިކާރަ" ބޮޑީ ބޯޑިން މުބާރާތުގައި ފައިސާގެ އިނާމު ދިނުމުގައި އަންހެން ފިރިހެން ތަފާތު ކުރި މައްސަލަ ފެންމަތި ވެއްޖެ އެވެ.

ފައިސާގެ އިނާމު ދިނުމުގައި ތަފާތުކުރިި މައްސަލައެއް

ބޯޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީ) އިން ބޭއްވި "ބުރުނު ޝިކާރަ" ބޮޑީ ބޯޑިން މުބާރާތުގައި ފައިސާގެ އިނާމު ދިނުމުގައި އަންހެން ފިރިހެން ތަފާތު ކުރި މައްސަލަ ފެންމަތި ވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ލީގުގެ ފުރަތަމަ މުބާރާތުގެ ފައިސާގެ އިނާމު ދިން އިރު ފިރިހެން އެތުލީޓުންނަށް ގިނައިން ފައިސާގެ އިނާމު ދީފައިވާއިރު އަންހެން އެތުލީޓުންނަށް ފައިސާގެ އިނާމު ދީފައި ވަނީ މަދުންނެވެ.

ފިރިހެން އެއްވަނަ އެތުލީޓަށް 10،000ރ. ވަނީ ދީފަ އެވެ. އަންހެން އެއްވަނަ އެތުލީޓަށް ދީފައި ވަނީ 5،000ރ. އެވެ. ދެވަނަ ހޯދި ފިރިހެން އެތުލީޓަށް ވެސް ދީފައި ވަނީ އެ އަދަދަށެވެ. ދެވަނަ ހޯދި އަންހެން އެތުލީޓަށް ދީފައި ވަނީ 2،500ރ. އެވެ. ތިންވަނަ ހޯދި ފިރިހެން އެތުލީޓަށް ވެސް ދީފައި ވަނީ އެ އަދަދެވެ. ތިންވަނަ ހޯދި އަންހެން އެތުލީޓަށް ދީފައި ވަނީ 1،500ރ. އެވެ. އަންހެން އެތުލީޓުންނާއި ޖޫނިއާ ކެޓަގަރީން ވަނަވަނަ އަށް ދިޔަ އެތުލީޓުންނަށް އިނާމު ފައިސާ ދީފައި ވަނީ އެއް އަދަދަކަށެވެ.

ބޮޑީ ބޯޑިން މުބާރާތުގައި އެއްވަނަ ހޯދި ސީނިއާ ފިރިހެން އެތުލިޓޫން: އިނާމު ފައިސާ ދިނުމުގައި އަންހެން ފިރިހެން ތަފާތު ކުރި މައްސަލަ ވަނީ ފެންމަތި ވެފަ --- ފޮޓޯ؛ އެމްބީބީއޭ

ބޮޑީ ބޯޑިން މުބާރާތުގައި އެއްވަނަ ހޯދި ސީނިއާ ފިރިހެން އެތުލިޓޫން: އިނާމު ފައިސާ ދިނުމުގައި އަންހެން ފިރިހެން ތަފާތު ކުރި މައްސަލަ ވަނީ ފެންމަތި ވެފަ --- ފޮޓޯ؛ އެމްބީބީއޭ

އަންހެން އެތުލީޓުންނާއި ފިރިހެން އެތުލީޓުންގެ ދެމެދުގައި ތަފާތުކޮށްފައިވާ ސަބަބާ ބެހޭގޮތުން އެމްބީބީއޭއިން ވާހަކައެއް ނުދައްކަ އެވެ. އެމްބީބީއޭގެ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފައިސާގެ އިނާމު ދިނުމުގައި އަންހެން ފިރިހެން ހަމަހަމަ ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ފައިސާގެ އިނާމު ދިނުމުގައި ޖިންސީ ތަފާތު ކުރުން ގެންގުޅެފައިވާ މައްސަލައާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެ އެވެ. މިނިސްޓަރު ވަނީ މުބާރާތް ފުރިހަމަކޮށްގެންދިޔަ ކަމަށްޓަކައި އެމްބީބީއޭ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ފައިސާގެ އިނާމު ދިނުމުގައި އަންހެން ފިރިހެން ތަފާތުކޮށްފައިވުމުން ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.