ރާއްޖޭގައި މިއަދު ނިމިގެންދިޔަ ދުނިޔޭގެ ބޮޑީ ބޯޑިން މުބާރާތުގެ ޖޫނިއާ ބައިން ރާއްޖޭގެ އާމިން އުމަރު މޫސާ ދެވަނަ ހޯދައިފި އެވެ.
06 އޯގަސްޓް 2022
ރާއްޖޭގައި މިއަދު ނިމިގެންދިޔަ ދުނިޔޭގެ ބޮޑީ ބޯޑިން މުބާރާތުގެ ޖޫނިއާ ބައިން ރާއްޖޭގެ އާމިން އުމަރު މޫސާ ދެވަނަ ހޯދައިފި އެވެ.
އިންޓަނޭޝަނަލް ބޮޑީ ބޯޑިން ކޯޕަރޭޝަންގެ ވޯލްޑް ޓްއާ މުބާރާތުގެ ފައިނަލުގައި އާމިން އާ ވާދަކުރީ ސްޕެއިންގެ ކެނެރީ އައިލެންޑްގެ ގެބްރިއަލް މޮލީނާ އެވެ. ވާދަވެރިކޮށް ދިޔަ ފައިނަލު މޮލީނާ ކާމިޔާބު ކުރީ ކުޑަކުޑަ ތަފަތަކުންނެވެ. އޭނާ ވަނީ 13 ޕޮއިންޓް ހޯދައިފަ އެވެ. އާމިން އަށް ހޯދުނީޯ 12.1 ޕޮއިންޓެވެ.
އާމިން ހޯދި މަގާމާއެކު އޭނާ ވެފައި ވަނީ އިންޓަނޭޝަނަލް ބޮޑީ ބޯޑިން މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި އެތުލީޓަށެވެ. މިފަހަރިުގެ މުބާރާތަކީ ރާއްޖެ އަށް ކާމިޔާބު މުބާރާތެކެވެ. ރާއްޖޭގެ ގައުމީ ޗެމްޕިއަން އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ވަނީޯ ދެ ކލެޓަގަރީ އަކުން ފައިނަލު ބުރަށް ދަތުރުކޮށްފަ އެވެ. ސީނިއާ ފިރިހެން ކެޓަގަރީން ކުއާޓާ ފައިނަލަށް އޭނާ ދަތުރު ކުރި އެވެ. އަދި ޑޮރޮޕް ނީ ކެޓަގަރީން ސެމީ ފައިނަލަށް ދަތުރު ކުރި އެވެ.
ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ވެސް އަދި ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ހޯދީ އެމެރިކާގެ ޑޭވިޑް ހަބާޑް އެވެ. ފައިނަލުގައި އޭނާ އާ ވާދަ ކުރީ ފްރާންސްގެ އަމަރުރީ ލެވާން އެވެ. ހަބާޑް ޗެމްޕިއަންކަން ހޯދި 0.1 ގެ ތަފާތަކުންނެވެ. ހަބާޑް 14.5 ޕޮއިންޓް ހޯދިއރު ލެވާން އަށް ހޯދުނީ 14.4 ޕޮއިންޓެވެ.
ޑޮރޮޕް ނީ އިވެންޓްގެ ފައިނަލުގައި ވެސް ހަބާޑް އާ ދެކޮޅަށް ނުކުތީ ލެވާން އެވެ. އެކަމަކު މިފަހަރު ހަބާޑް ފެނުނީ މާ ބޮޑަށް ވެސް ތަފާތު ކޮށެވެ. އޭނާ ވަނީ 16 ޕޮއިންޓް ހޯދައިފަ އެވެ. ލެވާން އަށް ހޯދުނީ 11.75 ޕޮއިންޓެވެ.
އަންހެން ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ އިޒަބެއްލޭ ސޫޒާ އެވެ. ފައިނަލުގައި އޭނާ އާ ވާދަކުރީ ކެނެރީ އައިލެންޑްގެ އލެގްޒެންޑްރާ ރިންޑާ އެެވެ. އިޒަބެއްލާ ކާމިޔާބު ހޯދީ ބޮޑު ތަފަތާކުންނެވެ. އޭނާ ވަނީ 16 ޕޮއިންޓް ހޯދައިފަ އެވެ. ރިންޑާ އަށް ހޯދުނީ 9.75 ޕޮއިންޓެވެ.
ބޮޑީބޯޑިން ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ފުޓްބޯޅައިގެ ތަރި އާމިން ރާޅުތަކުގެ މަތީގައި އުދުހެނީ
ފައިސާގެ އިނާމު ދިނުމުގައި ތަފާތުކުރިި މައްސަލައެއް
އާމިން ފުރަތަމަ ފަހަރަށް ގައުމީ ލީގު ކާމިޔާބުކޮށްފި
ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން އިޔަން އަށް
ބަނޑުފިލާ ޗެމްޕިއަންކަން ފުވައްމުލަކުގެ އަޝްރަފަށް
ފުރަތަމަ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަނަކީ ޖާއްޓެ
ލަބެރަ ޗެލެންޖްގެ ޗެމްޕިއަންކަން ވެސް އާމިން އަށް
ފުވައްމުލަކު މުބާރާތުގެ ބަދަލުގައި ލަބެރަ ޗެލެންޖް
ބޮޑީބޯޑިން އެސޯސިއޭޝަންގެ އޮފީސް ފަޅާލައިފި