ކަރާ ކާއިރު އޭގެ ފޮނި ކަރުގަނޑު ކާލާފައި ތޮށިގަނޑު އެއްލައިލަނީ އެވެ. އެކަމަކު އެއީ ފައިދާ ހުރި ބައެކެވެ.
04 އެޕްރީލް 2022
ކަރާ ކާއިރު އޭގެ ފޮނި ކަރުގަނޑު ކާލާފައި ތޮށިގަނޑު އެއްލައިލަނީ އެވެ. އެކަމަކު އެއީ ފައިދާ ހުރި ބައެކެވެ.
މުޅި ކަރާ އެއްކޮށް ބޭނުންކޮށް ކާލެވޭ ނަމަ ކުނި ވެސް މަދުވާނެ އެވެ. އެހެންވެ މި ކިޔައިދެނީ ކަރާ ތޮށިން އަސާރަ ހަދާނެ ގޮތެވެ.
އަސާރަ ހަދަން ބޭނުންވާ ތަކެތި:
4 ތަށި ފެން
1 ސައިސަމުސާ ލޮނު
2 ތަށީގެ ކަރާ ފެހިކޮށް ހުންނަ ބައި ކޮށާފައި (ކޮށާއިރު ކަރުގަނޑުގެ ކުޑަ ތަންކޮޅަކާ އެކު)
4/3 ޖޯޑު ހަކުރު (ހިމުންކޮށްފައި)
1 ސްޕައިސް ބެރީ
1/2 ޖޯޑު ވިނެގާ
4 ޕެޕާ ކޯން
4 ކަރަންފޫ
1/2 ސައިސަމުސާ ޕިކްލް ސްޕައިސް
1 އިނގުރު
1/2 ސައިސަމުސާ ސެލަރީ ސީޑް
ތެއްޔަކަށް ފެން އަޅާފައި އޭގެ ތެރެއަށް ލޮނު އެޅުމަށް ފަހު، މަޑު ގިނީގައި ކައްކާށެވެ. ދެން އޭގެތެރެއަށް ކޮށާފައި ހުރި ކަރާކޮޅު އަޅާފައި މަޑުވަންދެން ފަސް ވަރަކަށް މިނެޓު ކައްކާލާށެވެ. ދެން ފެން ފޮދު ފުރާނާލައިފައި ކަރާކޮޅު ވަކި ތައްޓަކަށް ނުވަތަ ބިއްލޫރި ފުޅިއަކަށް އަޅާށެވެ.
ފުރާނާފައި ހުރި ފެނަށް ބާކީ ހުރި ހުރިހާ ތަކެއްޗެއް އަޅާލާފައި މަޑު ގިނީގައި ކައްކާލާށެވެ. ހަކުރުކޮޅު އެއްކޮށް ފެނުގެ ތެރެއަށް ވިރެންދެން ހަލުވަން ވާނެ އެވެ. ފަނަރަ މިނެޓެއްހާއިރު ކެކުނީމައި ކަރާކޮޅާއި ކެއްކި ދިޔަގަނޑު ތައްޓަކަށް އަޅާފައި މަތި ޖަހާލުމަށް ފަހު، ފްރިޖުގައި އެއް ދުވަސް ވަންދެން ބަހައްޓާށެވެ. އޭގެ ފަހުން، ބިއްލޫރި ފުޅިއަކަށް އަޅާފައި ދެ ހަފުތާއެއްހާ ދުވަހު ފްރިޖުގައި ބަހައްޓަން ވާނެ އެވެ.
ކަރާގެ "ފޮނިކަމެއް ނެތް"، ކީއްވެ؟
ރޯދަ ވަރުބަލިތަ؟ އާސިޔާ މި ކިިޔައިދެނީ ހައްލުތަކެއް
ރޯދަ މަސް ފެށުނު އިރު ބާޒާރުގެ އަގުތައް ހިފެހެއްޓިފައި
"މިހާރު ބަދިގެ": ފެޒޫއާ އެކު ކެއްކުމުގެ އުފާވެރިކަން
ރޯދައަށް ތޮއްޑޫ އިން 600 ޓަނުގެ ކަރާ ހައްދައިފި
ހަ ރޯދައަށް ޗަމްޕާ ބްރަދާސް އިން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ބަނާނާ ޕޭންކޭކް
ޝިފާނާއާ އެކު "މިހާރު" ބަދިގެ: މުގު ބޯކިބާ
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ބަރަބޯ ޕިރިނީ
ޝިފާނާއާ އެކު "މިހާރު" ބަދިގެ: ގޮއިދޫ ކުޅިމަސް