Roadha Mihaaru
ސަރުކާރުގެ ބައެއް އިދާރާތަކަށް ރޯދަ އެލަވަންސް ނުދޭ

ފިނޭންސްގެ އެންގުމާ އެއްގޮތަށް ސަރުކާރުގެ ބައެއް އިދާރާތަކަށް ރޯދަ އެލަވަންސް އަދިވެސް ނުދޭ

30 މާޗް 2022

މި އަހަރުގެ ރޯދަ އިނާޔަތް މިދިޔަ ހޯމަދުވަހުގެ ކުރިން ޖަމާކުރަން ފިނޭންސް މިނިސްޓްރީން އަންގާފައި އޮތަަސް އެ އެންގުމާ އެއްގޮތަށް ސަރުކާރުގެ ބައެއް އިދާރާތަކުން އަދިވެސް އެ އިނާޔަތެއް ނުދެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ރޯދަ އިނާޔަތް މިދިޔަ ހޯމަދުވަހުގެ ކުރިން ޖަމާކުރަން ފިނޭންސް މިނިސްޓްރީން އަންގާފައި އޮތަަސް އެ އެންގުމާ އެއްގޮތަށް ސަރުކާރުގެ ބައެއް އިދާރާތަކުން އަދިވެސް އެ އިނާޔަތެއް ނުދެ އެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ބުނީ 10 އިދާރާއެއްގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާޔަތް ޖަމާކޮށް ނުދެވޭ ކަމަށާއި އިނާޔަތް ދިނުން ލަަސްވީ ބައެއް އިދާރާތަކުން ފޮނުވަންޖެހޭ މައުލޫމާތުތައް ލަހުން ފޮނުވުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރޯދަ އެލަވަންސް ބައެއް މިނިވަން މުއައްސަސާތަކަށް އަދިވެސް ނުލިބެ އެވެ. ނަމަވެސް ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންނަށް މިހާރު ވަނީ މި މަހުގެ މުސާރަ އާއި ރޯދަ އިނާޔަތް ވެސް މީގެ ދެ ދުވަސް ކުރިން ޖަމާކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި، ޝަރުއީ ދާއިރާ އާއި ބައެއް އެހެން ތަންތަނުގެ މުވައްޒަފުންނަށް ރޯދަ އެލަވަންސެއް އަދި ނުލިބެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެ އާއި މިއަދު ވެސް ބައެއް އިދާރާތަކަށް ރޯދަ އެލަވަންސް ޖަމާކުރާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި އެ މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނީ މި އަހަރު ވެސް ރޯދަ އެލަވެންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދޭން ޖެހޭނެ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ރޯދަމަސް ފެށުމުގެ ކުރިން ހުރިހާ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭން ޖެހެ އެވެ.

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ރޯދަމަހު ޕޭ ލީވްގަ އާއި ނޯޕޭގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވެންސް ދޭކަށް ނުޖެހޭނެ އެވެ. ނަމަވެސް ޗުއްޓީ ނިންމާފައި ރޯދަ މަހު ވަޒީފާ އަށް ނުކުންނަށް ފަށައިފި ނަމަ އެ ދުވަހަކުން ފެށިގެން ރޯދަމަސް ނިމެންދެން ޖެހޭ އަދަދު ބަލައި އެލަވެންސްގެ ގޮތުގައި ދޭން ޖެހޭނީ އެ އަދަދެކެވެ.