Roadha Mihaaru
ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑި ދޭންޖެހޭ:ވިސާމް

ގޭގައި ތިބި މީހުންނާއި ސިއްހީ ހިދުމަތްތެރިން އެއްވަރުވުން ބަލައެއް ނުގަނެވޭނެ: ވިސާމް

20 މެއި 2020

ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ ގިނަ އޮފީސްތައް ބަންދުކޮށްފައި ވާއިރު، ބަންދު ދުވަސްތަކާއި އިތުރު ގަޑީގައި މަސައްކަތް ކުރަމުން އަންނަ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭ ގޮތަށް ނެރުނު ސާކިއުލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ ގިނަ އޮފީސްތައް ބަންދުކޮށްފައި ވާއިރު، ބަންދު ދުވަސްތަކާއި އިތުރު ގަޑީގައި މަސައްކަތް ކުރަމުން އަންނަ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭ ގޮތަށް ނެރުނު ސާކިއުލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިސާމް ވިދާޅުވީ، ސީއެސްސީގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން އެ މެމްބަރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ. އެ ކޮމިޝަންގެ ނިންމުމާ އެއްގޮތަށް ކަންތައްް ކުރުމުން ކަންތައް ވާ ގޮތް ސިފަކުރައްވަމުން އޭނާ ވިދާޅުވީ ނުރައްކަލުގެ ތެރެއަށް ނުކުމެ، މަސަައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންނާއި ގޭގައި ތިބި މީހުން ހަމަހަމަ ވެފައިވާ ކަމަށެވެ.

"މިއީ އެއްގޮތަކުން ވެސް އަޅުގަނޑު ބަލައިގަންނަ ކަމެއް ނޫން. ހަަގީގަތުގައި މި ވަގުތުގައި ފްރޮންޓްލަައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި މި ވަގުތުގައި ލޮކްޑައުންްގައި ގޭގައި ތިބި މުވައްޒަފުންނާ ތަފާތުވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ މުސާރައިގެ ގޮތުންނާއި އަދި އެނޫން ވެސް ގޮތް ގޮތުން،" އެމްޑީޕީގެ މެމްބަރު، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ވިސާމް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 19 ގިންތިއެއްގެ މީހުންގެ މުސާރައިގެ އޮނިގަނޑު އޮތީ ނުހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކަންތައްތައް ނުވެ ހުރި ހުރުމަކީ ސީއެސްސީގެ މެމްބަރުން ފެއިލް ވެފައިވާކަން ދޭހަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އޮނިގަނޑުތައް ނުހެދުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ކުރާ އަސަރުގެ ޒިންމާ ސީއެސްސީގެ މެމްބަރުން ނަންގަވަން ޖެހޭނެ ވިސާމް ވިދާޅުވި އެވެ.

"ކޮމިޝަންގައި ތިބި މެމްބަރުންގެ އަމަލުތައް ހުންނަނީ ސަރުކާރުގެ އުސޫލުތަކާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ނުކުރެވޭ ގޮތަކަށް ކަަމަށް ބުނެފައި ވާއިރު، އަޅުގަނޑުމެންގެ މި ވަގުތުުގެ ޒިންމާއެއް އެއީ އެބޭފުޅުން އެ ތަނުން ބޭރުކުރުން،" ވިސާމް ވިދާޅުވި އެވެ.

ސީއެސްސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ކޮމިޝަންގެ މެެމްބަރުންގެ ތެރެއިން ފާތިމަތު އާމިރާ ފިޔަވާ އެހެން މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިން ނިންމި އެވެ.

އެކަމަކު، އެ ނިންމުން މުރާޖައާކޮށް އާމިރާ ވެސް ފަހުން ކޮމިޓީއަށް ހާރިޒުކޮށް ސުވާލު ކުރި އެވެ. ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުން ކުރި އިރު މަސައްކަތް ގޮސްފައި އޮތީ އެ ހިސާބަށެވެ. އޭގެ ފަހުން އެ މައްސަލަ އަދި ކުރިއަކަށް ނުގެންދެ އެވެ.

"މިއީ އެއްގޮތަކުން ވެސް އަޅުގަނޑު ބަލައިގަންނަ ކަމެއް ނޫން. ހަަގީގަތުގައި މި ވަގުތުގައި ފްރޮންޓްލަައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި މި ވަގުތުގައި ލޮކްޑައުންްގައި ގޭގައި ތިބި މުވައްޒަފުންނާ ތަފާތުވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ މުސާރައިގެ ގޮތުންނާއި އަދި އެނޫން ވެސް ގޮތް ގޮތުން،" ވިސާމް

ކޮވިޑް-19 ފެތުރޭ މިހާލަތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ތިން ކެޓަގަރީއަކަށް ބަހާލައިގެން އެލަވަންްސެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ހައި ރިސްކް ކެޓަގަރީގެމީހުންނަށް ދުވާލަކަށް 500ރ. ދޭ އިރު މީޑިއަމް ރިސްކް ގައި މަަސައްކަތް ކުރާ މީހުންނަށް ދުވާލަކަށް 250ރ. އަދި ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200ރ. ދޭ ން ވަނީ ނިންމައިފަ އެވެެ.

ނަމަވެސް ސީއެސްސީން ނެރުނު ސާކިއުލާގައި ކަނޑައަޅާފައިވާ އުސޫލަށް ފެއްތުމުން ސިއްހީ ދާއިރާގެ މީހުންގެ އިތުރު ގަޑީގެ އެލަވަންސް އުނިވާ ކަމަށް އެ ދާއިރާގެ މީހުން އަންނަނީ ބުނަމުންނެވެ. އެހެންވެ، އެ ކަމުގައި މި ވަގުތު ހައްލެއް ހޯދައި ދިނުމަށް އެދި އަންނަނީ އާދޭސް ކުރަމުންނެވެ.

ސީއެސްސީ އިން މިދިޔަ އާދިއްތަ ދުވަހު ނެރުނު ސާކިއުލާގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް، ސިވިލް ސާވެންޓުނަށް އިތުރު ގަޑީގެ ފައިސާ ދޭނީ ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކޮށްފި ކަމުގައިވާ ނަމަ ކަމަށެވެ.

އެ ކޮމިޝަންގެ ނިންމުން އާއްމުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ވިއަސް، ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރުނުވާ ނަމަ މި މަހު އިތުރު ގަޑީގެ ފައިސާ ނުލިބޭނެ ކަމަށް ބައެއް ހޮސްޕިޓަލްތަކުން ވަނީ މުވައްޒަފުންނަށް އަންގައިފަ އެވެ. ނަމަވެސް ސަރުކާރު މުވައްޒަފުންގެ މުސާރަ ބަލަނީ ކޮންމެ މަހެއްގެ ވެސް 15 އިން 15 އަށެވެ.