Roadha Mihaaru
"ބަވާލް" އިން ފެންނާނީ ވަރުން އާއި ޖާންވީ

"ބަވާލް" އިން ފެންނާނީ ވަރުން އާއި ޖާންވީ

31 މާޗް 2022

ބޮލީވުޑްގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ ފިލްމު "ބަވާލް"ގެ ލީޑު ރޯލަށް ޒުވާން ދެ ތަރިން ކަމަށްވާ، ޖާންވީ ކަޕޫރާއި ވަރުން ދާވަން ނަގައިފި އެވެ.

ބޮލީވުޑްގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ ފިލްމު "ބަވާލް"ގެ ލީޑު ރޯލަށް ޒުވާން ދެ ތަރިން ކަމަށްވާ، ޖާންވީ ކަޕޫރާއި ވަރުން ދާވަން ނަގައިފި އެވެ.

ވަރުން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް "ބަވާލް" ގެ ޕޯސްޓަރެއް ހިއްސާކޮށް، އެއީ އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓް ކަން އިއުލާންކޮށްފަ އެވެ. ހަމަ އެ ޕޯސްޓަރު ޖާންވީ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ ފިލްމުގެ މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

އެކަމަކު ދެމީހުން ކުރެ އެކަކު ވެސް އެ ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

އެއީ ޖާންވީ އާއި ވަރުން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

ސާޖިދު ނަޑިއާވާލާ ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒްކުރާނީ އަންނަ އަންނަ އަހަރު އޭޕްރީލް ހަތެއްގަ އެވެ.

ކުރިން ރޭވިފައިވާ ގޮތުން އެންމެ ފުރަތަމަ ޖާންވީ އާއި ވަރުން އެކުގައި ފެންނާނެ މަސައްކަތަކަށް ވާނީ ކަރަން ޖޯހަރުގެ "ތަހުތު" އެވެ. އެކަމަކު އެތައް ތަރިނެއް ފެންނާނެ އެ ފިލްމުގެ މަސައްކަތް އަދިވެސް ނުފަށަ އެވެ. އެހެންވެ، ބޮޑަށް ބެލެވޭ ގޮތުގައި އެ ޖޯޑު އެންމެ އަވަހަށް ފެންނާނީ "ބަވާލް" އިންނެވެ.

އެ ފިލްމުގެ އިތުރުން ޖާންވީގެ ގިނަ މަސަައްކަތްތަކެއް އެބަހުއްޓެވެ. އެއީ "ގުޑް ލަކް ޖެރީ" އާއި "ދޯސްތާނާ 2" އެވެ. އަދި ވަރުންގެ ވެސް "ޖުގް ޖުގް ޖީޔޯ" އާއި "ބެޅިޔާ" ނަމަކަށް ކިޔާ ފިލްމެއް ކުރިއަށް އެބަ އޮތެވެ.