01 އޮކްޓޯބަރ 2022
ބޮލީވުޑްގެ ތަރި، ވަރުން ދާވަން އާއި ކްރިތީ ސަނޮންގެ ކުރިއަށް އޮތް ފިލްމު "ބޭޅިޔާ" ގެ ޓީޒާ އާންމުކޮށްފި އެވެ.
ބޮލީވުޑްގެ ތަރި، ވަރުން ދާވަން އާއި ކްރިތީ ސަނޮންގެ ކުރިއަށް އޮތް ފިލްމު "ބޭޅިޔާ" ގެ ޓީޒާ އާންމުކޮށްފި އެވެ.
"މެޑްޑޮކްސް ފިލްމްސް" ގެ ކުރިއަށް އޮތް ފިލްމު "ބޭޅިޔާ" އަކީ ބިރުވެރި މަޖާ ފިލްމެކެވެ. ކުރިން މެޑްޑޮކްސް ފިލްމްސް އިން ވަނީ ބިރުވެރި ދެ ފިލްމު ކަމަށްވާ "ސްތްރީ" އާއި "ރޫހީ" ވެސް ނެރެެފަ އެެވެ.
ފިލްމުގެ ޓީޒާ އިއްޔެ އާންމުންނަށް ދޫކޮށްލާފައިވާއިރު، އެ ފިލްމުގެ ޓްރެއިލާ ނެރޭނީ ވަރުންގެ ފިލްމީ ހަޔާތަށް 10 އަހަރު ފުރޭ ދުވަހު އެވެ. އެއީ މި މަހުގެ 19 އެވެ.
ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާގެ އަރުނަޗަލް ޕްރަދޭޝްގަ އެވެ. ކުރު ޓީޒާއެއް އާންމު ކޮށްފައިވީ ނަމަވެސް ލީޑު އެއްވެސް ތަރިއެއްގެ މޫނެއް ނުފެނެ އެވެ. ފެންނަނީ ޖަންގަލީގައި ބަޔަކު މީހުން ތިބޭ ތަނާއި އިންސާނުން ވެސް ޝިކާރަކުރާނެ ކަމަށް ބުނާ މަންޒަރެކެވެ.
އަމަރު ކޯޝިކް ޑައިރެކްޓްކުރާ އެ ފިލްމު ނެރޭނީ އަންނަ މަހުގެ 25 ގަ އެވެ. އެ ފިލްމުގައި ވަރުން ފެންނަނީ މީގެ ކުރިން އޭނާ ފެނިގެން ނުދާ ކަހަލަ ރޯލަކުންނެެވެ. އޭނާ އާންމުކޮށް ފެންނަނީ މަޖާ ރޯލުތަކުންނެވެ.
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
"ބޭބީ ޖޯން"ގެ ފުރަތަމަ ފެނިލުން
"ބޯޑާ 2"ގައި ސަނީއާ އެކު ވަރުން
ވަރުން އާއި ޖާންވީގެ ފިލްމު ގެނެސްދެނީ އަންނަ އަހަރު
ވަރުން އާއި އާލިއާ "ދުލްހަނިޔާ 3" އަށް ރެޑީ ވަނީ
"ބަވާލް" އިން ފެންނާނީ ވަރުން އާއި ޖާންވީ
ހިރާނީގެ "މޭޑް އިން އިންޑިއާ" ގައި ވަރުން
ވަރުން އެންމެ ބޭނުންވި ޑައިރެކްޓަރާ އެކު ފިލްމެއް
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ވަރުންގެ އެންމެ ތަފާތު ރޯލު "ބޭޅިޔާ" ގައި