ރަޝިޔާގެ "ރަހްމަތްތެރި ނޫން" ގައުމުތަކުން ރަޝިޔާގެ ގޭސް ގަންނަ ނަމަ، ރަޝިޔާގެ ފައިސާ ރުބެލް އިން އަގު ދެއްކުމަށް އެ ގައުމުން ނިންމި ނިންމުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ، ގޭސް ނުލިބޭނެ ކަމަށް ރަޝިޔާ އިން ބުނުމުން، ވިލާތުގެ ގައުމުތަކުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.
ރަޝިޔާގެ "ރަހްމަތްތެރި ނޫން" ގައުމުތަކުން ރަޝިޔާގެ ގޭސް ގަންނަ ނަމަ، ރަޝިޔާގެ ފައިސާ ރުބެލް އިން އަގު ދެއްކުމަށް އެ ގައުމުން ނިންމި ނިންމުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ، ގޭސް ނުލިބޭނެ ކަމަށް ރަޝިޔާ އިން ބުނުމުން، ވިލާތުގެ ގައުމުތަކުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.
އެ ގޮތުން ޖަރުމަން ވިލާތުގައި މިއަދު ވަނީ، ގުދުރަތީ ގޭސް ލިބުން ދަތިވެދާނެ ކަމަށް ލަފާކޮށް، އާންމު ރައްޔިތުން ދުރާލައި އެކަމަށް ތައްޔާރުވެގެން ތިބުމަށް އާންމުކޮށް އަންގައިފަ އެވެ. ރުބެލް އިން އަގު ދައްކަން އެއްބަސްނުވާ ގައުމުތަކަށް ގުދުރަތީ ގޭސް ނުދޭނެ ކަމަށް ރަޝިޔާ އިން އިންޒާރުކުރީ އިއްޔެ އެވެ.
މި އިންޒާރާ ގުޅިގެން ޖަރުމަން ވިލާތުގެ އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް ވިދާޅުވީ ޖަރުމަންގެ އިންޒާރަކީ ކަންބޮޑުވާންޖެހޭ އިންޒާރެއް ކަމަށާއި ނަމަވެސް ރަޝިޔާގެ އެ އިންޒާރު އަދި އޮތީ އެއިން ސަލާމަތްވެވޭނެ މަރުހަލާގައި ކަމަށެވެ. އެހެންކަމުން ޖަރުމަނަށް ގޭސް އެތެރެކުރުމުގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގޭސް ލިބުން ދަތިވެދާނެ ކަމަށް ލަފާކުރި ނަމަވެސް، ގޭސް ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް އަދި އިއުލާނެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، ގޭހުގެ ވިޔަފާރި ކުރާ ކުންފުނިތަކަށާއި ގޭސް ބޭނުންކުރާ ފަރާތްތައް އިގްތިސާދާ ބެހޭ ވަޒީރު ރޮބަޓް ހަބެކް ގޮވައިލެއްވީ، ގޭސް ބޭނުންކުރުމުގައި މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ކުރުމަށް ސަމާލުކަން ދިނުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަރުމަން ވިލާތުގައި ގޭސް ރައްކާކުރާ ތާނގީތަކުގައި މިހާރު ގޭސް ހުރީ ގާތްގަނޑަކަށް 25 ޕަސެންޓުގަ އެވެ. ޖަރުމަން ވިލާތުގައި ބޭނުންކުރާ ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 75 ޕަސެންޓަކީ ރަޝިޔާ އިން އިމްޕޯޓްކުރާ ގޭހެވެ. އެހެންކަމުން ރަޝިޔާ އިން ޖަރުމަނަށް ގޭސް ފޮނުވުން ހުއްޓާލައިފި ނަމަ، ޖަރުމަން ވިލާތަށް ވަރަށް ބޮޑަށް ދަތިވާނެ އެވެ.
ރަޝިޔާ އިން ވިއްކާ ތެލަށް ވިލާތުގެ ގައުމުތަކުން އަގު ދައްކަންޖެހޭނީ ރުބެލް އިން ކަމަށް ކަނޑައެޅުމުން، ވިލާތުގެ އިއްތިހާދުން ބުނެފައިވަނީ އެއީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އެކަމަށް ރައްދު ދެމުން ރަޝިޔާ އިން އިއްޔެ ބުނެފައިވަނީ، އެ ގައުމުގެ ނިންމުމާ އެއްގޮތަށް ފައިސާ ދައްކަން އެއްބަސްނުވާ ނަމަ، ވިލާތުގެ ގައުމުތަކަށް ރަޝިޔާ އިން ހިލޭ ގޭސް ނުފޮނުވާނެ ކަމަށެވެ.
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
އެމެރިކާ ތިޔަ އަޅަނީ އަލިފާންގަނޑަށް ދަރު: ރަޝިޔާ
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ރަޝިޔާގެ ހަކަތައަށް ޔޫރަޕް ބަރޯސާވުން ހުއްޓެނީ
ރަޝިޔާގެ ނަސްރުގެ ދުވަހު ވެސް ޒެޑް އަކުރު
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
އެމެރިކާގެ ރިޒާވު ތެޔޮ ދޫކުރަން ނިންމުމުން އަގު ދަށަށް
ޔޫރަޕްގެ 4 ގައުމަކުން ރަޝިޔާގެ ޑިޕްލޮމޭޓުން ބޭރުކުރަނީ