Roadha Mihaaru
ކާފިއުއަށް ގޮންޖަހައި އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް

ކާފިއު އަށް ގޮންޖަހައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް

03 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 3) - ސްރީ ލަންކާގައި މިއަދު ބާއްވަން އުޅޭ ބޮޑު މުޒާހަރާ ހުއްޓުވަން 36 ގަޑިއިރަށް ކާފިއު އިއުލާންކޮށްފައިވީ ނަމަވެސް، އެ ކާފިއު އަށް ގޮންޖަހައި އިދިކޮޅު ފަރާތްތަކުން މިއަދު މުޒާހަރާ އަށް ނުކުންނަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 3) - ސްރީ ލަންކާގައި މިއަދު ބާއްވަން އުޅޭ ބޮޑު މުޒާހަރާ ހުއްޓުވަން 36 ގަޑިއިރަށް ކާފިއު އިއުލާންކޮށްފައިވީ ނަމަވެސް، އެ ކާފިއު އަށް ގޮންޖަހައި އިދިކޮޅު ފަރާތްތަކުން މިއަދު މުޒާހަރާ އަށް ނުކުންނަން ފަށައިފި އެވެ.

ޕާލަމެންޓުގެ ވަރަށް ގިނަ އިދިކޮޅު މެންބަރުން ވެސް މިއަދު ވަނީ މަގުތަކަށް ނުކުމެ ޝުއޫރު ފާޅުކޮށްފަ އެވެ. އިދިކޮޅު ބައެއް މެންބަރުން ވަނީ ކޮލަމްބޯގައި ހުންނަ، އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާގެ އޮފީސްގެ ދޮށަށް އެއްވެ، އެ ތަނުން ފެށިގެން އިންޑިޕެންޑެންސް މައިދާން ހިމެނޭ ސަރަހައްދަށް ހިންގަވާފައި ވަޑައިގެންފަ އެވެ. ނަމަވެސް ވަކި ހިސާބަކުން ފުލުހުން އެ މީހުން ހުއްޓުވަން އުޅުމުގެ ތެރޭގައި ވަނީ ކުރިމަތިލުމެއް ހިނގައިފަ އެވެ.

ލަންކާގެ އިދިކޮޅު އިދިކޮޅު މެންބަރުން ކާފިއު އަށް ގޮންޖެއްސުމަށް ފަހު މިއަދު މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގެ އިދިކޮޅު އިދިކޮޅު މެންބަރުން ކާފިއު އަށް ގޮންޖެއްސުމަށް ފަހު މިއަދު މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

މުޒާހަރާ ހުއްޓުވުމުގެ ގޮތުން މަގުތަކަށް ވަނީ ހަތިޔާރާ އެކު ސިފައިން ނެރެފަ އެވެ.

މުޒާހަރާ އަށް ހުރަސް އެޅުމުގެ ގޮތުން ލަންކާގައި ވަނީ ސޯޝަލް މީޑިއާ ވެސް ބްލޮކްކޮށްފަ އެވެ. މުޒާހަރާ އަށް ނުކުތުމަށް ގޮވާލަމުން ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

ސޯޝަލް މީޑިއާ ބްލޮކްކުރުމާ މެދު ސަރުކާރުގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވެފަ އެވެ. ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ބޮޑުބޭބެ ވިދާޅުވާ ނަމާލް ރާޖަޕަކްސާ ވަނީ އެ ނިންމުމާ އޭނާ ދެކޮޅުކަން ހާމަކޮށްފަ އެވެ.

"ވީޕީއެން ބޭނުންކުރެވޭ އިރު ސޯޝަލް މީޑިއާ ބްލޮކްކުރުމަކީ ބޭކާރު ކަމެއް،" ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ނަމާލް ވިދާޅުވި އެވެ.