Roadha Mihaaru
މުޒާހަރާ ހުއްޓުވަން ލަންކާގައި 36 ގަޑިއިރަށް ކާފިއު

ބޮޑު މުޒާހަރާ ހުއްޓުވަން ލަންކާގައި 36 ގަޑިއިރަށް ކާފިއު

03 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 2) - ސްރީ ލަންކާގައި މާދަމާ ބާއްވަން އުޅޭ ބޮޑު މުޒާހަރާއެއް ހުއްޓުވުމުގެ ބޭނުމަކީ އެ ގައުމުގައި 36 ގަޑިއިރަށް ކާފިއު އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 2) - ސްރީ ލަންކާގައި މާދަމާ ބާއްވަން އުޅޭ ބޮޑު މުޒާހަރާއެއް ހުއްޓުވުމުގެ ބޭނުމަކީ އެ ގައުމުގައި 36 ގަޑިއިރަށް ކާފިއު އިއުލާންކޮށްފި އެވެ.

ހޮނިހިރު ދުވަހު އިރުއޮއްސި 6 އިން ފެށިގެން އިއުލާންކުރި ކާފިއުގެ މުއްދަތު ހަމަވާނީ ހޯމަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުންޏެވެ. ކާފިއު އިއުލާންކޮށްފައި ވަނީ ލަންކާގައި ތަކެތީގެ އަގުބޮޑުވުމާއި އަސާސީ ބައެއް ތަކެތި ނުލިބި އަދި ކޮންމެ ދުވަހަކު ވެސް 13 ގަޑިއިރަށް ކަރަންޓް ކެނޑުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޮޑު މުޒާހަރާއެއް ބާއްވަން ރޭވި މުއްދަތުގަ އެވެ. ނަމަވެސް ކާފިއު އިއުލާންކުރި ނަމަވެސް މިރޭ ވެސް ބައެއް މީހުން ވަނީ ތަންތަނަށް އެއްވެފަ އެވެ.

ލަންކާގެ އެސްޓީއެފްގެ ސިފައިން މަގުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓާ އިރު ކޮލަމްބޯގެ މަގެއްގައި މީހަކު މިއަދު ހިނގާފައި ދަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގެ އެސްޓީއެފްގެ ސިފައިން މަގުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓާ އިރު ކޮލަމްބޯގެ މަގެއްގައި މީހަކު މިއަދު ހިނގާފައި ދަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ގެކޮޅު ހިމެނޭ ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާ ކުރުމާ ގުޅިގެން އެ ރޭ ވެސް ވަނީ ކާފިއު ހިންގައިފަ އެވެ. އަދި ހުކުރު ދުވަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މީހުން ހައްޔަރުކުރުމުގައި ސަލާމަތީ ފަރާތްތަކަށް ގާނޫނީ ގޮތުން އިތުރު ބާރުތައް ދީފަ އެވެ.

ލަންކާގައި އާދިއްތަ ދުވަހު ބާއްވާ ބޮޑު މުޒާހަރާ އަށް މީހުން ނުކުތުމަށް ގޮވާލަމުން ދަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށެވެ. ލަންކާގައި ސޯޝަލް މީޑިއާ ދާދި ފަހުން ވަނީ ހަތަރު ފަހަރަށް ބަންދުކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާ އިން ހައްޔަރުކުރި 53 މީހުންގެ ތެރޭން 21 މީހުން ވަނީ ކަފާލާތުގެ ދަށުން ހުކުރު ދުވަހުގެ ރޭ ދޫކޮށްލައިފަ އެވެ. ބާކީ ތިބި މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.