06 އެޕްރީލް 2022
އަމިއްލަ ބޮލުގެ އިސްތަށިން ކުރެހުންތައް ކުރަހާ އާޓިސްޓަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.
އަމިއްލަ ބޮލުގެ އިސްތަށިން ކުރެހުންތައް ކުރަހާ އާޓިސްޓަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.
ޖެސްޓޮނީ ގްރޭސިއާ ކިޔާ ފިލިޕިންސްގެ އެ މީހާއަކީ ކްރޫޒް ޝިޕެއްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އުމުރުން 32 އަހަރުގެ ޖެސްޓޮނީ، ކޮންމެ އަހަރަކު އަށް ވަރަކަށް މަސް ހޭދަކުރަނީ ކްރޫޒްގަ އެވެ.
ފިލިޕިންސްގެ ވެރިރަށް މަނީލާގައި ސެލޫނެއް ވެސް ހިންގަމުން އަންނަ ޖެސްޓޮނީ އަށް ހާއްސަ ސަމާލުކަމެއް ލިބުނީ، އޭނާގެ އަމިއްލަ ބޮލުން އިސްތަށި ކޮށައިގެން، ކެންވަސްތަކުގައި ކުރަހާ ވަރަށް ފުރިހަމަ ކުރެހުންތަކުގެ ސަބަބުންނެވެ.
ފިލިޕިންސްގެ މީހެއް ކަމަށް ޖެސްޓޮނީ ގްރޭސިއާ: އޭނާ އާޓްވޯކްތައް ހަދަނީ އަމިއްލަ ބޮލުގެ އިސްތަށިން -- ފޮޓޯ: ރޮއިޓާސް
އޭގެ ކުރެހުމެއް ނިންމާލަން، އޭނާ ދެ ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަކުރެ އެވެ.
އެންމެ ފުރަތަމަ އޭނާ ކުރެހީ އަމިއްލަ ޕޯޓްރެއިޓްތަކެވެ. މިހާރު ކުރަހަނީ މަޝްހޫރު މިއުޒީޝަނުންނާއި އެކްޓަރުންނެވެ. އަދި އެހެން ވެސް ސެލެބްރިޓީންނެވެ.
ފިލިޕިންސްގެ މީހެއް ކަމަށް ޖެސްޓޮނީ ގްރޭސިއާ އޭނާގެ ބޮލުގެ އިސްތަށިން ކުރެހި ޕޯޓްރެއިޓެއް: މި ޕޯޓްރެއިޓްގައި ފެންނަނީ ބާބޭޑޯސްގެ ލަވަކިޔުންތެރިޔާ ރިއާނާ -- ފޮޓޯ: ރޮއިޓާސް
ޖެސްޓޮނީ ބުނި ގޮތުގައި އޭނާ އެކަން ފެށީ، ކްރޫޒްގައި ހެދާކުރާ ވަގުތުގެ ތެރެއިން ހުސްކޮށް ލިބޭ ވަގުތުތަކުގައި ފޫހިފިލުވައިލުމުގެ ގޮތުންނެވެ. އަދި ދިގު ދަތުރު ކުރަން ޖެހުމުން އޭނާ އަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބޭ އުނދަގޫތައް ކުޑަކުރުމުގެ ވެސް ނިޔަތުގަ އެވެ.
"އަހަރެމެން އެންމެނަށް ޑިޕްރެޝަން ކުޑަކުރަން ކޮންމެ ވެސް ކަހަލަ ތަފާތު ކަމެއް އަބަދުވެސް ކުރަން ޖެހޭ. އެގޮތަށް އަހަރެން ކުރާ ކަމަކީ ކުރެހުން،" އޭނާ ބުންޏެވެ.
އާޓް ގެލަރީ ބަންދުކޮށްފައި ހުންނާތީ ކަންބޮޑުވުން
އާޓިސްޓުންގެ ކުރެހުންތައް މަޖިލީހުގައި!
އެމްއެމްއޭސީ:މިޔުޒިކާއި އާޓުގެ ކާމިޔާބު ސެންޓަރެއް
އދ.ގެ މައި މަރުކަޒުގަ ދިވެއްސަކު ހުނަރު ދައްކާލައިފި
ކުރެހުމުން ނަފާ ހޯދަން ފެށި ދަތުރު ނިމުނީ މާފުއްޓަށް
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ހުޅުމާލޭގައި 17 މޮނިއުމެންޓް ހަދަން މުބާރާތެއް
މުންޔާގެ އަގުބޮޑު ދެ ކުރެހުމުގައި ވަނީ ކޮން ބާރެއް؟
ގިރާވަރު މީހުންގެ ރީތިކަން "ރޮދިން"
ގެއްލުނު މީހަކު ހަރުފައެއްގެ ބަނޑުތެރެއިން ފެނިއްޖެ