Roadha Mihaaru
އެމްއެމްއޭސީ:މިޔުޒިކާއި އާޓުގެ ކާމިޔާބު ސެންޓަރެއް

އެމްއެމްއޭސީ: މިޔުޒިކާއި އާޓުގެ ދާއިރާގައި ކާމިޔާބު ސެންޓަރެއް

26 ނޮވެމްބަރ 2019

ރާއްޖޭގައި ހުނަރުވެރި ކުދިންގެ އަދަދު މަދެއް ނޫނެވެ. ނަމަވެސް އެ ކުދިންނަށް އެ ހުނަރު ކުރިއަރުވައި، އެ ހުނަރެއްގެ ރަނގަޅު ބޭނުން ހިފޭނެ ފުރުސަތުތައް ރާއްޖޭގައި ވަރަށް މަދެވެ. މިފަދަ ކުދިންނަށް ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައިދިނީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ) އިންނެވެ.

ރާއްޖޭގައި ހުނަރުވެރި ކުދިންގެ އަދަދު މަދެއް ނޫނެވެ. ނަމަވެސް އެ ކުދިންނަށް އެ ހުނަރު ކުރިއަރުވައި، އެ ހުނަރެއްގެ ރަނގަޅު ބޭނުން ހިފޭނެ ފުރުސަތުތައް ރާއްޖޭގައި ވަރަށް މަދެވެ. މިފަދަ ކުދިންނަށް ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައިދިނީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ) އިންނެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ބަތޫލް އާއި މޯލްޑިވިއަން އައިޑަލްއިން އެއްވަނަ ހާސިލް ކުރި އަޒަލް ފަދަ ދަރިވަރުން ތަމްރީން ކޮށްފައިވާ އެމްއެމްއޭސީ އަކީ ކަމަށް ގާބިލު، ހުނަރުވެރި ޓީޗަރުން ކިޔަވައިދޭ ސެންޓަރެކެވެ. މި ސެންޓަރުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރޭގައި ފިލިޕީންސް އާއި ލަންކާ އާއި އިންޑިއާގެ އިތުރުން ޖަޕާނާއި ރާއްޖޭގެ ޓީޗަރުން ހިމެނެ އެވެ.

އެމްއެމްއޭސީއިން މިޔުޒިކް ގެ ދާއިރާއިންނާއި އާޓުގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އަންނަ މަހުގެ 30 އާ ހަމައަށް މި ކްލާސްތަކުގައި ބައިވެރިވޭނެ އެވެ. އެމްއެމްއޭސީން ނަގައިދޭ ކްލާސްތަކުގެ ތެރޭގައި ނެށުމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ހާއްސަ ކްލާސްތަކާއި ގިޓާ އަދި ވޯކަލް (އަޑު ކޮންޓްރޯލް ކުރުން) ކްލާސްތަކާއި މިޔުޒިކްގެ ތިއަރީ ކްލާސްތަކާއި ޕިއާނޯ އާއި ކުރެހުމުގެ ކްލާސްތައް ހިމެނެ އެވެ. އެހެންކަމުން އެ މީހަކު ޝައުގުވެރިކަން ހުންނަ ކްލާހަކަށް ވަކިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެމްއެމްއޭސީން ލިބޭނެ އެވެ. މީގެ އިތުރުން އޯލެވެލް އަދި އޭލެވެލް ހަދާ ދަރިވަރުންނަށް އާޓު މާއްދާއިން ވެސް ކްލާސްތައް މި ސެންޓަރުން ނަގައިދޭނެ އެވެ.

މި ސެންޓަރުން ކިޔަވާ ނިންމާ ކުދިންނަކީ ދުނިޔޭގެ ގައުމުތަކުގައި ގަބޫލު ކުރާ ފެންވަރުގެ ސެޓްފިކެޓާއެކު ނިންމާ ދަރިވަރުންނެވެ. އެމްއެމްއޭސީއިން ދޭ ބައެއް ސެޓްފިކެޓަކީ އެމްކިއުއޭގެ އިތުރުން ޓްރިނިޓީ ކޮލެޖުގެ މިންގަޑުތަކަށް ފެތޭ އެ ތަންތަނުން ގަބޫލު ކުރާ ސެޓްފިކެޓްތަކެވެ. މި ސެންޓަރުގައި ދަރިވަރުންނަށް ކިޔަވައިދޭނީ ވެސް ޓްރިނިޓީ ކޮލެޖްގެ ރޮކް އެންޑް ޕޮޕް އާއި ކްލެސިކް ސިލަބަސްގެ މީޑިއަމް އަށެވެ.

އެމްއެމްއޭއިން ކިޔަވައިގެން ދުނިޔޭގެ އެއްވަނަ ހޯދި ދަރިވަރުންތަކެއް-- ފޮޓޯ: އެމްއެމްއޭސީ

އެމްއެމްއޭއިން ކިޔަވައިގެން ދުނިޔޭގެ އެއްވަނަ ހޯދި ދަރިވަރުންތަކެއް-- ފޮޓޯ: އެމްއެމްއޭސީ

އެމްއެމްއޭސީ އަކީ ދުނިޔޭގެ ފެންވަރުގައި ވަނަތައް ހާސިލް ކުރަމުން އަންނަ ސެންޓަރެއް ވެސް މެއެވެ. އެގޮތުން، މިދިޔަ އަހަރު ބޭއްވި ޓްރިނިޓީ ރޮކް އެންޑް ޕޮޕް އިމްތިހާނުން އެ ސެންޓަރުގެ ގްރޭޑް އެކެއް، ތިނެއް އަދި އަށެއްގެ ދަރިވަރުން ވަނީ ދުނިޔޭގެ އެއްވަނަ ހާސިލްކޮށްފަ އެވެ. މީގެ އިތުރުން 2017ވަނަ އަހަރު ބޭއްވި ޕިއާނޯ އިމްތިހާނުން އެ ސެންޓަރުގެ ދެ ދަރިވަރަކު ވަނީ ދުނިޔޭގެ އެއްވަނަ ހޯދާފަ އެވެ. މިއަހަރު ވެސް މި ސެންޓަރުގެ ގިޓާ އާއި ލަވަކިޔުމުގެ އިމްތިހާނު ހެދުމަށް 30 ދަރިވަރުން ވަނީ ލަންކާއަށް ފުރާފަ އެވެ. މި އިމްތިހާން ކުރިއަށްދާނީ މި މަހުގެ 25-26 އަށެވެ.

އެމްއެމްއޭސީން އަންނަނީ ސްކޫލް ބަންދާ ދިމާކޮށް ހާއްސަ ކޭމްޕްތައް ވެސް ބާއްވަމުންނެވެ. އެގޮތުން، އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ސެންޓަރުގައި "ހޮލިޑޭ ކޭމްޕް" އެއް ކުރިއަށްދާނެ އެވެ. މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ކުދިން އަންނަ މަހުގެ ހަތެއްގެ ކުރިން 9990997 އަށް ގުޅާ ނަން ނޯޓު ކުރަން ޖެހޭނެ އެވެ. މިއީ ކުދިންނަށް ސްކޫލް ބަންދުގައި ހުސްކޮށް ތިބުމުގެ ބަދަލުގައި މަޖާ މާހައުލެއްގައި އުގެނި ތަމްރީނުވުން ޝައުގުވެރިކަމާއިއެކު ހާސިލްވާނެ ކޭމްޕެކެވެ. މި ކޭމްޕުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހިލޭ އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.