Roadha Mihaaru
ބާސެލޯނާގެ ބީޗުގައި ސިނގިރޭޓް ބުއިން މަނާކޮށްފި

ބާސެލޯނާގެ ހުރިހާ ބީޗުތަކެއްގައި ސިނގިރޭޓް ބުއިން މަނާކޮށްފި

09 އެޕްރީލް 2022

ސްޕެއިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބާސެލޯނާގެ ހުރިހާ ބީޗުތަކެއްގައި ސިނގިރޭޓާއި އަދި އެހެން ވެސް ދުންފަތުގެ އިސްތިއުމާލުތައް ކުރުން އިއްޔެ މަނާކޮށްފި އެވެ.

ސްޕެއިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބާސެލޯނާގެ ހުރިހާ ބީޗުތަކެއްގައި ސިނގިރޭޓާއި އަދި އެހެން ވެސް ދުންފަތުގެ އިސްތިއުމާލުތައް ކުރުން އިއްޔެ މަނާކޮށްފި އެވެ.

ބޭސެލޯނާގެ ސިޓީ ހޯލް އިން ކުރި އިއުލާނެއްގައި ބުނީ އެ ނިންމުން ނިންމާފައި ވަނީ އެ ސިޓީގެ ބީޗުތަކަކީ މީހުންނަށް ސިއްހީ ގޮތުން ރައްކާތެރި އަދި ފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ކަމަށެވެ.

ބާސެނޯލާގެ ބީޗެއްގައި ބަޔަކު ގުޑުގުޑާ ބޮނީ: އެ ސިޓީގެ ބީޗުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައި -- ފޮޓޯ: ރޮއިޓާސް

ބާސެނޯލާގެ ބީޗެއްގައި ބަޔަކު ގުޑުގުޑާ ބޮނީ: އެ ސިޓީގެ ބީޗުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައި -- ފޮޓޯ: ރޮއިޓާސް

އެ ސިޓީގައި 10 ބީޗު އޮންނައިރު، އޭގެ ތެރެއިން ހަތަރު ބީޗެއްގައި މިދިޔަ އަހަރު ސިނގިރޭޓް ބުއިން މަނާކުރި އެވެ. ހުރިހާ ބީޗެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމީ، އެކަމުގެ ސަބަބުން ރަނގަޅު ނަތީޖާ ފެނިފައި ވާތީ އެވެ.

އެ ނިންމުމުގެ ސަބަބުން ބީޗަށް އަޅާ ކުނީގެ އަދަދު މަދުކުރެވި، ތިމާވެއްޓަށް ލިބޭ ގެއްލުން ވެސް ކުޑަކުރެވޭނެ ކަމަށް ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން 2020 ގައި ސްޕެއިންގެ އެހެން ބައެއް ސަރަހައްދުތަކުގެ ބީޗުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވެ އެވެ. އަދި ކޮވިޑްގެ ކުރިން ވެސް ބައެއް ސިޓީތަކުގައި އެކަން އޮތީ މަނާކޮށްފަ އެވެ.