ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ދުންފަތާ ގުޅުން ހުރި ބަލިތަކަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
31 ޖެނުއަރީ 2019
ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ދުންފަތާ ގުޅުން ހުރި ބަލިތަކަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހު ކުރުމަށް، ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ އާދަހުރި ގޮތުން އެންމެ ގިނަ އިން މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގައި އަހަރަކު 84 މީހުން މަރުވަނީ ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކާ ފުއްޕާމޭ އާއި ކިޑްނީގެ ބަލިތަކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"މިފަދަ ބަލިތަކަށް ވާސިލް ވަނީ ދުންފަތުގެ އިސްތިއުމާލް ކުރުމުން. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭ ފަސް ބައްޔަކީ ދުންފަތާ ގުޅުން ހުރި ބަލިތައް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެތެރެކޮށް ވިއްކާ ދުންފަތުގެ އުފެއްދުންތަކުގައި 2004 ވަނަ އަހަރުން ފެށިގެން އިންޒާރުގެ މެސެޖްތައް ޖަހަމުން އައީ ވަރަށް ފަނޑު ގޮތަކަށެވެ. އާދައިގެ ގޮތަކަށް އޭރު ޖަހަން ފެށި މެެސެޖްތަކުން ބަދަލެއް ނާންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ ފަހަތްޕުޅުގައި ނައިބު ރައީސް ފައިސަލާއި ހެލްތު މިނިސްޓަރު އަމީން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު 2010 ގައި ފާސްކޮށް، އެ ގާނޫނުގެ ދަށުން ހަދަން ލާޒިމް ކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދު 2012 ވަނަ އަހަރު އެކުލަވައިލި އެވެ. އެކަމަކު ގަވައިދު ތަންފީޒުނުކޮށް މިއަދާ ހަމައަށް ވެސް އޮތީ ބާއްވައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރު ގަވައިދަށް އިސްލާހު ގެނެސް ތަންފީޒު ކުރަން އޭރުގެ ސަރުކާރުން މަސައްކަތެއް ނުކުރެ އެވެ.
އެކަމަކު، ވެރިކަމާ ހަވާލުވެވަޑައިގެން، އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި އެންމެ މުހިންމު އެއް ކަމަކީ ދުންފަތުގެ ގަވައިދު ގެޒެޓް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގަވައިދު ގެޒެޓް ކުރި އެންމެ ބޮޑު ބޭނުމަކީ ދުންފަތާ މެދު އާންމުން ހޭލުންތެރިކުރުވުމާއި ވަކިވަކި ސިނގިރޭޓު ވިއްކުން ހުއްޓުވުމެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އިންޒާރުގެ މެސެޖްތައް ފެނި އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވުމުން ދުންފަތުގެ އިސްތިއުމާލް ކުރާ މިންވަރު މަދުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއީ ޒުވާނުން ދުންފަތުގެ އިސްތިއުމާލް ހިންގާ މިންވަރު މަދުކޮށް އަޅުގަނޑުމެންގެ މުސްތަގުބަލުގެ ރައުސްމާލް ދުންފަތުން ރައްކާތެރި ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގައުމެއް ކުރިއަރާނީ ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާ ކުރެވިގެން ކަމަށެވެ. އެހެންވެ، "ދެ އަތް އުރާލައިގެން" ތިބެވެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދު ރައީސް މިއަދު އިފްތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"މިފަދަ އެއްވެސް ކަމަކީ ގެޒެޓް ކުރާ ގަވައިދަކުން ހާސިލް ކުރެވޭނެ ކަމެއް ނޫން. މިކަމުގައި ވެސް ގަވައިދަކަށް ވުރެ މުހިންމީ ފަރުދީ ޒިންމާ. ސިނގެރޭޓު ފޮށީގައި ތަތްކޮށްލާ ލޭބަލަށް ވުރެ، ދުންފަތާ ދެކޮޅަށް ތިމާގެ ހިތުގައި ތަތްކޮށްލާ ލޭބަލްގެ ބާރު މާ ގަދަ ވާނެ،" ދުންފަތުގެ އިސްތިއުމާލުން ދިވެހިން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް ނަސޭހަތް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
މިއީ ދުންފަތަށް ނޫނެކޭ ބުނާ ދުވަހަކަށް ހަދަމާ: ރައީސް
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!
ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވުމަށް ލަފާ އަރުވައިފި
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ގައިންގަޔަށް ނާރާ ބަލިތައް ގުޅިފައިވަނީ ދުންފަތާ:ރައީސް