މާލޭގެ ލޭންޑް ޔޫޒް ޕްލޭނަށް ފަންނީ ގޮތުން ޕްލޭނިން މިނިސްޓްރީ އަށް ބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަަމަށާއި އެ މަސައްކަތްކުރީ ވެސް ރާއްޖޭގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
10 އެޕްރީލް 2022
މާލޭގެ ލޭންޑް ޔޫޒް ޕްލޭނަށް ފަންނީ ގޮތުން ޕްލޭނިން މިނިސްޓްރީ އަށް ބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަަމަށާއި އެ މަސައްކަތްކުރީ ވެސް ރާއްޖޭގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވިގޮތުގައި މާލޭގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރު ކޮށްދެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަލީ އެވެ.
"ހައިދަރުގެ ސީދާ އަމަލީ މަސައްކަތުން [ލޭންޑް ޔޫޒް ޕްލޭން] ހެއްދެވީ. އެހެންވީމާ އޭގެ ސުވާލެއް ނުއުފެއްދޭނެ. އެކަމަކު ޕްލޭނިން މިނިސްޓްރީން މި ސުވާލު އުފައްދަނީ ކަމުގެ ތަޖުރިބާކާރު މީހަކު ލައްވަހޭ އެ ހެދީ. އަޅުގަނޑުމެން ހުށަހެޅިއިރު ވެސް އޮންނާނެ ބުނެފއި ހައިދަރުއޭ އެ ހެއްދެވީ،" މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ލޭންޑް ޔޫޒް ޕްލޭންގެ ބޭނުމަށް ހިޔާލު ހޯދި މީހުން ލިސްޓާއި ސްޓޭކްހޯލްޑަރުންގެ މައުލޫމާތު ވެސް ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ކަމަށެވެ.
"މިހާތަނަށް ދުވަހަކު ވެސް އެއްވެސް ކައުންސިލަކުން، ގައިމު ވެސް މާލޭގައި އެއްވެސް ކައުންސިލަކުން ރައްޔިތުންގެ ހިޔާލު ނުހޯދާ ވަރަށް ލޭންޑް ޔޫޒް ޕްލޭން ހަދަން އަޅުގަނޑުމެން ހިޔާލު ހޯދައިފިން. އެ ހިޔާލުތައް އެއްކޮށްލާފައި ފޮތެއްގެ ސިގައިގައި ވެސް ވަނީ ނެރެފައި،" މޭޔަރު ވިދާޅުވި އެވެ.
މާފަންނުގެ މީހުންގެ ހިޔާލު ހޯދަން ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒާއި ބައެއް ކައުންސިލަރުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ސްޓޭކްހޯލްޑަރުން ވެސް އެތައްއެތައް ބަޔަކާއެކު، މިނިސްޓްރީތަކާއި ކުންފުނިތަކާއި އެންޖިއޯސްތަކާ، މިހެން ގޮސް އެތައް ބަޔަކާއެކު ވަންޓުވަން މީޓިންތައް ބާއްވައިގެން، ހިޔާލު ހޯދައި އެ އެއްޗެހި ހިމަނައިގެން ލޭންޑް ޔޫޒް ޕްލޭން ހެދީ."
މުއިއްޒު ވިދާޅުވީ، އެހާ ފުރިހަމަކޮށް ލޭންޑް ޔޫޒް ޕްލޭން ހަދައި ޕްލޭނިން މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފޮނުވުމުން އެ މިނިސްޓްރީން ސުވާލު އުފައްދައި ޖަވާބުތައް ހޯދަން ޑިސެމްބަރު މަހު ބޭނުންވި ކަމަށެވެ. އެހެންވެ، ޑރ. ހައިދަރުގެ އެހީތެރިކަމާއެކު، އެ ބައިތައް ހިމަނައި މިދިޔަ މާޗް މަހު ޕްލޭނިން މިނިސްޓްރީ އަށް އަލުން ލޭންޑް ޔޫޒް ފޮނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވީމާ ރިޖެކްޓް ކުރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ ފެންވަރަށް އެ ހަދާފައި އެ އޮތީ. އެކަމަކު ގާނޫނުގައި ބުނާ ލޯކަލް ކުންފުނި އުފެއްދުމުގެ ހުއްދަ އަޅުގަނޑުމެންނަށް ނުދީ ހިފަހައްޓާފައިވާ ގޮތަށް ލޭންޑް ޔޫޒް ވެސް އެޕްރޫވް ނުކޮށް ބާއްވަފާނެ،"--- މުއިއްޒު
"ގާނޫނުގައި ބުނަނީ ލޭންޑް ޔޫޒް ޕްލޭން ހުށަހަޅާތާ ތިން މަސް ތެރޭގައި ފާސްކޮށްދޭން ވާނެއޭ. އެ ތިން މަސް ހަމަވާއިރު، އެއްވެސް ކަމެއް އިސްލާހުކުރަން ނާންގައިފިއްޔާ ލޭންޑް ޔޫސް ޕްލޭން ފާސްވި ކަމަށޭ ބަލާނީ. އޭގެ މިސްޔޫޒް ކުރައްވަނީ ކަން ނޭނގޭ [ޕްލޭނިން މިނިސްޓްރީން]. ތިން މަސް ވާންވާއިރަށް އަނެއްކާވެސް އަނބުރާ ފޮނުވާނެ ކަން ނޭނގޭ ކޮންމެވެސް ކަމެއް އިސްލާހު ކުރާށޭ ކިޔާފައި،" މުއިއްޒު ވިދާޅުވި އެވެ.
މާފަންނުގެ މީހުންގެ ހިޔާލު ހޯދަން ކުރިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި މީހުން.---ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްދޭނެ ކަމުގެ ޔަގީންކަމެއް އަދިވެސް ނެތެވެ.
ލޭންޑް ޔޫޒް ޕްލޭނަކީ އެ ރަށެއްގެ ބިން ތަރައްގީ ކުރުމަށް ޓެކްނިކަލް ފެންވަރުގައި، ރައްޔިތުންގެ ހިޔާލު ހޯދައިގެން ތައްޔާރުކުރަން ގާނޫނުގައި ލާޒިމުކުރާ އެއްޗެކެވެ.
"ގާނޫނީ ހުރިހާ އިޖުރާއަތުތަކެއް ކައުންސިލްގެ ފަރާތުން އެ އޮތީ ފުރިހަމަ ކޮށްފައި. އިތުރަށް އެދުނު ކަންކަން ވެސް ފޮނުވައިފިން. ސަރުކާރުން ދެން ކޮށްދެއްވަންވީ ކަމަކަށް އޮންނާނީ އެޕްރޫވަލް ދެއްވުން. އޭގައި ޓެކްނިކަލީ ދެކޮޅު ހެދޭނެ އެއްވެސް ކަމެއް ނޯންނާނެ. އެންމެ ފަންނުވެރި، އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅަކު އެ ކަން ކޮށްދެއްވީ،" މޭޔަރު ވިދާޅުވި އެވެ.
"އެހެންވީމާ ރިޖެކްޓް ކުރެވޭނެ އެއްވެސް ސަބަބެއް ނޯންނާނެ ފެންވަރަށް އެ ހަދާފައި އެ އޮތީ. އެކަމަކު ގާނޫނުގައި ބުނާ ލޯކަލް ކުންފުނި އުފެއްދުމުގެ ހުއްދަ އަޅުގަނޑުމެންނަށް ނުދީ ހިފަހައްޓާފައިވާ ގޮތަށް ލޭންޑް ޔޫޒް ވެސް އެޕްރޫވް ނުކޮށް ބާއްވަފާނެ."
ލޭންޑް ޔޫސް ޕްލޭން އޮތީ މިނިސްޓްރީގައި: ކައުންސިލް
މޭޔަރުގެ ގިނަ ބާރުތަކެއް މުއިއްޒު ދޫކޮށްލައްވައިފި
ޕާކުތައް ކުއްޔަށް ދޫކުރުން ކައުންސިލް ޖަލްސާއަށް!
ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ
މާލެ ބަލަހައްޓަން 78 "މަގުފާރަވެރިން" މަގުތަކަށް!
ތާރުމަގު މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
ކައުންސިލްގެ ގިނަ މަސައްކަތްތައް މި އަހަރު ނިމޭނެ