10 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 10) - ސްރީ ލަންކާ އަށް މިހާރު ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭ ތިން ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފައިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (އެޕްރީލް 10) - ސްރީ ލަންކާ އަށް މިހާރު ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭ ތިން ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފައިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވެއްޖެ އެވެ.
ލަންކާ ކެބިނެޓް މިދިޔަ ހަފުތާގައި އިސްތިއުފާ ދިން ފަހުން، ފައިނޭންސް މިނިސްޓަރުގެ މަގާމަށް އަލީ ސަބްރީ އައްޔަންކުރިތާ އެއް ދުވަސްތެރޭ އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް އެ މަގާމަށް އެއްވެސް މީހަކު ޝައުގުވެރިނުވުމުން ސަބްރީ ވަނީ އިސްތިއުފާ އަނބުރާ ގެންނަވައި މަގާމުގެ މަސްއޫލިއްޔަތާ އަލުން ހަވާލުވެވަޑައިގެންފަ އެވެ.
މަގާމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ އިންޓަވިއުގައި ރޮއިޓާސްއާ ވާހަކަ ދައްކަވަމުން ސަބްރީ ވިދާޅުވީ އެންމެ އަސާސީ ތަކެތި ކަމަށްވާ ތެލާއި ގޭސް އަދި ބޭހުގެ ދަތިކަން ހައްލުކުރަން ހަ މަސްދުވަސް ތެރޭ ތިން ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. ލަންކާ އިން މިހާރު ދަނީ ބެއިލްއައުޓް ޕެކޭޖެއް ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ މަޝްވަރާ ކުރަމުންނެވެ.
ބާވީސް މިލިއަން މީހުން ހިމެނޭ ގައުމުގައި ކޮންމެ ދުވަހަކު ވެސް އެތައް ގަޑިއިރަކަށް ކަރަންޓް ކަނޑަން ފެށީ ތެޔޮ ގަންނާނެ ބޭރު ފައިސާ ނެތިގެންނެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ނުކުމެ ވަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށައިފަ އެވެ.
މާލީ އިދާރާތަކުން ލަފާކުރާ ގޮތުގައި ލަންކާގެ ބޭރުގެ ދަރަންޏަށް މި އަހަރު ހަތް ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. ކަރަންޓް އެކައުންޓް ޑެފިސިޓް ތިން ބިލިއަން ޑޮލަރަށް އަރަ އެވެ. ސެންޓްރަލް ބޭންކުގެ ޑޭޓާ ދައްކާ ގޮތުން މާޗު މަހުގެ ނިޔަލަށް ފޮރިން ރިޒާވްގެ ގޮތުގައި ހުރީ 1.9 ބިލިއަން ޑޮލަރެވެ.
"ފުރަތަމަ ކަމަކީ ތެލާއި ގޭހާއި ބޭހުގެ ސަޕްލައި ހަމައަކަށް އެޅުވުން،" ސަބްރީ ވިދާޅުވި އެވެ.
އައިއެމްއެފް އިން އިއްޔެ ބުނެފައި ވަނީ ލަންކާ ސަރުކާރާ އެކު ޓެކްނިކަލް ލެވެލްގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ގޯސްތަކެއް ހެދިއްޖެ، ހައްލުހޯދަން އެއްބާރުލުން ބޭނުންވޭ
ގައުމުން ބޭރުގައި އުޅޭ ލަންކާ މީހުން ޑޮލަރު ފޮނުވައިދީ
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ
ލަންކާ އިން ބޭސް ހުސްވާކަމުގެ އިންޒާރު ޑޮކްޓަރުން ދީފި
ލަންކާ އަޑިގަނޑަކަށް ވެއްޓުނީ ކުރީގެ ގަވަރުނަރާ ހެދި
އެއްދުވަސް ނުވަނީސް އާ ފިނޭންސް މިނިސްޓަރު އިސްތިއުފާ
ލަންކާގެ ބާރުގަދަ ރާޖަޕަކްސާ އާއިލާ ހޫނުފެނުގައި
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް