Roadha Mihaaru
ޔުކްރޭނަށް ވަޑައިގެން ޖޯންސަން ދެއްކެވީ ހިތްވަރު

ހަނގުރާމައިގެ ތެރޭން ޔުކްރޭނަށް ވަޑައިގެން ޖޯންސަން ދެއްކެވީ ހިތްވަރު

10 އެޕްރީލް 2022

ކިޔޭވް (އެޕްރީލް 10) - ރަޝިޔާ އިން ޔުކްރޭނަށް އަރައި ހަނގުރާމަ ކުރަމުން ދަނިކޮށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔުކްރޭނަށް ވަޑައިގެން ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ އެކު މަގުތަކުގައި ހިންގަވައި، ހިތްވަރު ދައްކަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކިޔޭވް (އެޕްރީލް 10) - ރަޝިޔާ އިން ޔުކްރޭނަށް އަރައި ހަނގުރާމަ ކުރަމުން ދަނިކޮށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔުކްރޭނަށް ވަޑައިގެން ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ އެކު މަގުތަކުގައި ހިންގަވައި، ހިތްވަރު ދައްކަވައިފި އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވަނީ ޖޯންސަން ޔުކްރޭނަށް ވަޑައިގެންނެވީ ޒެލެންސްކީއާ ސީދާ ބައްދަލު ކުރައްވައި ޔުކްރޭނުގެ ރައްޔިތުންނާ އެކުގައިވާކަން ދެއްކެވުމަށް ކަމަށެވެ. އަދި ޔޫކޭ އިން ވަނީ 120 އާމަޑް ވެހިކަލާއި އެންޓި-ޝިޕް މިސައިލް ސިސްޓަމްތައް ޔުކްރޭނަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖޯންސަންގެ ކުއްލި ދަތުރުގައި ވަނީ ޔުކްރޭނަށް އިތުރު 500 މިލިއަން ޑޮލަރުގެ އެހީ ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ޔުކްރޭނުގެ އިމްޕޯޓަށް ޔޫކޭ އިން ޓެރިފް ލުއިތައް ދިނުމަށް ވެސް ވަނީ ނިންމަވައިފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ކިޔޭވްގެ މަގުތަކަށް ނުކުމެވަޑައިގެން އާއްމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ކިޔޭވްގެ މަގުތަކަށް ނުކުމެވަޑައިގެން އާއްމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޖޯންސަން ވަނީ ޒެލެންސްކީއާ އެކު ޔުކްރޭނުގެ ކިޔޭވްގެ ފަޅަށް އޮތް މަގުތަކަށް ނުކުމެވަޑައިގެން އާއްމުންގެ ތެރޭން ބައެއް މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. ޖޯންސަން ޔުކްރޭނަށް ވަޑައިގެންނެވީ، ދަތުރުގެ މައުލޫމާތު ކުރިން އިއުލާން ކުރެއްވުމެއް ނެތި އެވެ.

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ޔުކްރޭނަށް ވަޑައިގެން ރައީސް ޒެލެންސްކީއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ޔުކްރޭނަށް ވަޑައިގެން ރައީސް ޒެލެންސްކީއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ޔުކްރޭނަށް ވަޑައިގެން ކިޔޭވްގެ މަގުތަކުގައި ހިންގަވަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ޔުކްރޭނަށް ވަޑައިގެން ކިޔޭވްގެ މަގުތަކުގައި ހިންގަވަނީ. --ފޮޓޯ:އޭއެފްޕީ