ޔޮޓް ޓުއާސް މޯލްޑިވްސް އަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
11 އެޕްރީލް 2022
ޔޮޓް ޓުއާސް މޯލްޑިވްސް އަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އިން ކުރިން ހިންގި ހއ. އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު މޫސުން ގޯސްވެ، ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދަން އެ ކުންފުނިން އެލައިޑްގައި އެދުމުން، އެ ކަމަށް އެ ކުންފުނިން ދެކޮޅު ހެދި އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން 22 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކުރީ 2020 ވަނަ އަހަރު އެވެ.
އެ މައްސަލަ އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކަކީ އިންޝުއަރެންސް ޕޮލިސީގެ ތެރޭގައި ބަޔާންކުރާ ފަދަ ގެއްލުމެއްކަން އެ ކުންފުންޏަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި ގެއްލުމެއް ލިބުމުން އެކަން އެލައިޑަށް އަންގަން ޖެހޭ ގޮތަށް އެއްބަސްވުމުގައި އޮތްއިރު، އެކަން އެ ކުންފުނިން ފުރިހަމަ ކޮށްފައިވާ ކަން ލިޔުންތަކުން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ގެއްލުން ލިބުނު ކަމަށް ޔޮޓް ޓުއާސް އިން ބުނާ ތާރީޚުތަކާއި އެ ކުންފުނިން ހުށަހެޅި ލިޔުންތަކުގެ ތާރީޚުތައް ދިމާނުވާތީ އެ ގެއްލުންތަކާއި މޫސުން ގޯސްވުމާއި ގުޅުވޭނެ ގޮތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި އެ އެ ދުވަސްވަރު އެ ސަރަހައްދުގެ މޫސުން ގޯސް ކަމަށް ޔޮޓް ޓުއާސުން ބުންޏަސް، އެލައިޑުން ކޯޓަށް ހުށަހެޅި މޫސުމާ ބެހޭ ރިޕޯޓް އޮތްގޮތުން އެ ދުވަސްވަރު އެ ސަރަހައްދުގެ ކަނޑު ގަދަ ނޫން ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޔޮޓް ޓުއާސް އިން ހިސާބުތަކެއް ހުށަހެޅިޔަސް، އެއީ މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކުގެ ހިސާބެއް ނޫނެވެ. އަދި އެކަންކަން ސާބިތުކޮށް ނުދެނީސް، ބަދަލުގެ ވަރާ މެދު ގޮތެއް ކަނޑަނޭޅޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
22 މިލިއަން ޑޮލަރުގެ މައްސަލަ ސުޕްރީމް ކޯޓަށް
22 މިލިއަން ޑޮލަރުގެ މައްސަލައިގައި ވަގުތީ އަމުރަކަށް
އެލައިޑުން ފައިސާ ނުދޭތީ ހުކުމް ތަންފީޒުކުރަން އެދެފި
ބަދަލު ހޯދަން ޔޮޓް ޓުއާސްއިން އެލައިޑާ ދެކޮޅަށް ކޯޓަށް
ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދޭން ހުކުމްކޮށްފި
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
އަލިދޫ ބަންދުކުރި މުއްދަތަށް ކުލި ނެގުން ނުހުއްޓުވޭނެ
22 މިލިއަން ޑޮލަރުގެ ހުކުމުގެ ތަންފީޒު ހުއްޓުވައިފި
22 މިލިއަން ޑޮލަރު ދޭން ކުރި ހުކުމް އިސްތިއުނާފަށް