ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އެލައިޑުން ހުށަހަޅައިފި އެވެ.
23 އޯގަސްޓް 2020
ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އެލައިޑުން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ހަ މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން މިދިޔަ މަހު ހުކުމްކުރީ އެ ކުންފުނިން ހިންގި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގަ އެވެ. ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަން ކޮށްފައިވާ އެ ހުކުމުގެ ދަށުން ފުރަތަމަ މަހު ދައްކަން ޖެހޭ ފައިސާ ނުދައްކާތީ، އެ ހުކުމް ތަންފީޒު ކުރަން ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި ވަނީ އެދިފަ އެވެ.
ސިވިލް ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހޭތީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅާފައިވާ ކަން އެލައިޑްގެ ވަކީލަކު ކަށަވަރުކޮށް ދެއްވި އެވެ.
"އިސްތިއުނާފް މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ވާނީ ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.
މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފު ކުރަން ހުށަހަޅައިފި ނަމަ، އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ހުކުމެއް ތަންފީޒު ކުރުން މަޑުޖައްސައިލާނެ އެވެ.
އެލައިޑުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަލިދޫ ރިސޯޓަށް ލިބުނު ކަމަށް ބުނާ ގެއްލުންތަކަކީ ނަގާފައިވާ އިންޝުއަރަންސް ޕޮލިސީން ބަދަލު ލިބޭ ޒާތުގެ ގެއްލުންތަކެއް ނޫންކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެއީ، އިމާރާތް ކުރުމުގެ ފެންވަރު ދަށްވުމާއި ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުންނާއި ތަބީއީ ގޮތުން ލިބިފައިވާ ގެއްލުންތަކެއް ކަމަށް އެލައިޑުން ބުނެ އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިންޝުއަރެންސް ކުންފުނިން ބުނިގޮތުގައި، އަބަދުވެސް ދެމިއޮންނާނީ އެލައިޑުގެ ޕޮލިސީ ހޯލްޑަރުންނާ އެކު އެއްބަސްވެފައިވާ ފަދައިން ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދީ ފަރުދުންނަށާއި ވިޔަފާރިތަކަށާއި މުޖުތަމައަށް އާރޯކަން ގެނެސް ދިނުމުގަ އެވެ. އާންމުންގެ މެދުގައި އެ ކުންފުންޏަށް އޮތް އިތުބާރު ކިލަނބު ކުރަން ބައެއް ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ކުށްވެރި ކުރާ ކަމަށް ވެސް އެލައިޑުގެ ބަޔާނުގައި ވެ އެވެ.
އިންޝުއަރެންސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދިނުން ލަސް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވެސް އެލައިޑާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ޔޮޓް ޓުއާސް އިން ކުރިން ވަނީ ބުނެފަ އެވެ.
22 މިލިއަން ޑޮލަރުގެ ހުކުމުގެ ތަންފީޒު ހުއްޓުވައިފި
22 މިލިއަން ޑޮލަރުގެ މައްސަލަ ސުޕްރީމް ކޯޓަށް
އެލައިޑުން 22 މިލިއަން ޑޮލަރު ދޭން ނުޖެހޭނެ:ހައިކޯޓް
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
22 މިލިއަން ޑޮލަރުގެ މައްސަލައިގައި ވަގުތީ އަމުރަކަށް
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
ޔޮޓް ޓުއާސުން 3.6 މިލިއަން ޑޮލަރު ދޭންޖެހޭ:ހައިކޯޓް
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
އަލިދޫ ބަންދުކުރި މުއްދަތަށް ކުލި ނެގުން ނުހުއްޓުވޭނެ
އަލިދު އަށް 22 މިލިއަންގެ ގެއްލުމެއް ނުވޭ: އެލައިޑް