އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސް ފައިސާ ދިނުން ލަސްކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެލައިޑް އިންޝުއަރެންސާ ދެކޮޅަށް ދައުވާ ކުރަން ޔޮޓް ޓުއާސް އިން ނިންމައިފި އެވެ.
20 ޖުލައި 2020
އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސް ފައިސާ ދިނުން ލަސްކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެލައިޑް އިންޝުއަރެންސާ ދެކޮޅަށް ދައުވާ ކުރަން ޔޮޓް ޓުއާސް އިން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގި އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގައި އެ ކުންފުންޏަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމާ ގުޅިގެން ޔޮޓް ޓުއާސް އިން އެސްޓީއޯ އާއި އެ ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ އެލައިޑަށް ފޮނުވި ސިޓީގައިވަނީ އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން ޔޮޓް ޓުއާސް އިން ހުށަހެޅި އިންޝުއަރެންސް ކްލެއިމް ބަލައިނުގަތް މައްސަލާގައި އިންސާފު ހޯދަން ފަސް އަހަރު ހޭދަވި ކަމަށެވެ. އަދި ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކުރަން އެދުމުން ވެސް އެލައިޑުން އެކަމަށް ދެކޮޅު ހަދައި، އެ ކުންފުނީގެ ހައްގު ނުދިނުމުގެ ސަބަބުން ފަސް އަހަރު ވަންދެން އެ ރިސޯޓުން އެއްވެސް އާމްދަނީއެއް ނުލިބުނު ކަމަށް ޖާބިރު ސޮއިކުރައްވާފައިވާ އެ ސިޓީގައިވެ އެވެ.
އެހެންވެ، އެ މުއްދަތުގައި ރިސޯޓް ބަންދުކޮށްގެން ތިބެން ޖެހުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެލައިޑާ ދެކޮޅަށް ދައުވާ ކުރާނެކަން ސިޓީގައި ވަނީ އަންގައިފަ އެވެ.
އެލައިޑުން 22 މިލިއަން ޑޮލަރު ދޭން ނުޖެހޭނެ:ހައިކޯޓް
އެލައިޑުން ފައިސާ ނުދޭތީ ހުކުމް ތަންފީޒުކުރަން އެދެފި
ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދޭން ހުކުމްކޮށްފި
22 މިލިއަން ޑޮލަރުގެ މައްސަލަ ސުޕްރީމް ކޯޓަށް
22 މިލިއަން ޑޮލަރުގެ މައްސަލައިގައި ވަގުތީ އަމުރަކަށް
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް
ޔޮޓް ޓުއާސްއިން 29 މިލިޔަން ޑޮލަރު ދައްކަން ޖެހިއްޖެ
އަލިދޫގެ ކުއްޔާއި ޖޫރިމަނާ ހުއްޓުވަން އަމުރެއް ނުދިން
ޔޮޓް ޓުއާސް 29 މިލިއަން ޑޮލަރުން ސަލާމަތެއް ނުވި
އަލިދޫ ބަންދުކުރި މުއްދަތަށް ކުލި ނެގުން ނުހުއްޓުވޭނެ