Roadha Mihaaru
ވެލެންސިއާގެ ޓިކެޓް ފައިސާ ރީފަންޑް ކުރެވޭނެ ގޮތެއްނެތް

ވެލެންސިއާގެ އެކައުންޓެއް ނެތް، ޓިކެޓް ފައިސާ ރީފަންޑެއްވެސް ނުކުރެވޭ، މިނިސްޓްރީން ހިތްހަމަނުޖެހިއްޖެ

11 އެޕްރީލް 2022

އޭއެފްސީ ކަޕްގެ ކޮލިފައިން މެޗަށް ފުރަން ކުރަންޖެހޭ ހަރަދުުތަކަށް ވެލެންސިއާ އަށް ފައިސާ ދޭން ބެލިއިރު އެކްލަބްގައި ބެންކު އެކައުންޓެއް ވެސް ނެތް ކަމަށާއި އެކްލަބްގެ ޓިކެޓަށް ހަރަދުކުރި ފައިސާ ވެސް ރީފަންޑް ކުރެވޭނެ ގޮތެއް ނެތުމުން ކުރިއަށް އޮތްތަނުގައި ވެލެންސިއާ އަށް ފައސާ ދޭއިރު ފިޔަވަޅު އަޅާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން މެޗަށް ފުރަން ކުރަންޖެހޭ ހަރަދުުތަކަށް ވެލެންސިއާ އަށް ފައިސާ ދޭން ބެލިއިރު އެކްލަބްގައި ބެންކު އެކައުންޓެއް ވެސް ނެތް ކަމަށާއި އެކްލަބްގެ ޓިކެޓަށް ހަރަދުކުރި ފައިސާ ވެސް ރީފަންޑް ކުރެވޭނެ ގޮތެއް ނެތުމުން ކުރިއަށް އޮތްތަނުގައި ވެލެންސިއާ އަށް ފައސާ ދޭއިރު ފިޔަވަޅު އަޅާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އޭއެފްސީ ކަޕަށް ވެލެންސިއާ ދަތުރު ނުކުރި ނަމަވެސް އެކްލަބްގެ 27 މެންބަރުންގެ ޓިކެޓަށް ހަރަދު ކުރި 28،809 ޑޮލަރު (444،234.78 ރުފިޔާ) ރީފަންޑް ކުރެވެން ނެތް ކަމަށް މިނިސްޓްރީން މިއަދު ހަވީރު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އެހެންވެ އަޅާ ފިޔަވަޅެއްގެ ގޮތުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ދޫކުރާ ފައިސާގެ ތެރެއިން ވެލެންސިއާ އަށް ފައިސާ ދޫކުރަނީ އެބައި އުނި ކުރުމަށް ފަހުގައި ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން މާދަމާ ހަމަޖައްސާފައިވާ މެޗަށް ވެލެންސިއާ ބަންގްލަދޭޝް އަށް ދަތުރުނުކުރުމުން، އެކަމާ ގުޅިގެން މިނިސްޓްރީ އަށް ފާޑު ކިއުން އަމާޒުވާތީ މައްސަލަ ސާފުކޮށްދިނުމަށް ކަމަށް ބުނެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބަންގްލަދޭޝް އަށް ދަތުރުކުރުމަށް ޓިކެޓާއި ހޮޓަލް ހަރަދަށް ބޭނުންވާ ފައިސާ ހޯދުމަށް ވެލެންސިއާއިން މިނިސްޓްރީ އަށް ހުށަހެޅީ މިމަހުގެ ހަވަނަ ދުވަހު ކަމަށެވެ.

އެގޮތުން ޓިކެޓަށް 28،809 ޑޮލަރު އަދި ހޮޓަލްގެ ހަރަދުތަކަށް 4731.36 ޑޮލަރާއެކު ޖުމުލަ 33،540.36 ޑޮލަރަށް ވާ ފައިސާ (517،192.35 ރުފިޔާ) ޖަމާ ކުރުމަށް މިނިސްޓްރީން ނިންމިކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"މިފައިސާ 7 އެޕްރީލް 2022 ގައި ކްލަބު ވެލެންސިއާ އަށް ޖަމާކޮށްދިނުމަށް ބެލިއިރު ކުލަބުގެ އެކައުންޓެއް ނެތްކަމަށް މިނިސްޓްރީއަށް ކްލަބުން މައުލޫމާތު ދިނެވެ.،" ޔޫތު މިނިސްޓްރީން މިއަދު ހަވީރު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފަހުން އެފައިސާ އެފްއޭއެމް އެކައުންޓަށް ޖަމާކުރަން ބެލިއރު ދެން އައި ދެ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަސް ކަމުން ފައިސާ ޖަމާނުކުރެވުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެކަމަކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާއިން ފޮނުވި ސިޓީއާ ގުޅިގެން ހަމަ އެރޭ ވަގުތުން ޓިކެޓް ނަގައިދީފައިވާކަން މިނިސްޓްރީން ވަނީ ބުނެފައި ވެއެވެ.

ކްލަބް ވެލެންސިއާ ދިވެހި ޕްރިމއަ ލީގު މެޗަކަށް ނުކުތުމުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިގެން: އެކްލަބްގެ ޓިކެޓަށް މިނިސްޓްރީން ހަރަދުކުރި ފައިސާ ރީފަންޑް ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް މިނިސްޓްރީން ބުނޭ: ފައިލް ފޮޓޯ: އޭފްއޭއެމް

ކްލަބް ވެލެންސިއާ ދިވެހި ޕްރިމއަ ލީގު މެޗަކަށް ނުކުތުމުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިގެން: އެކްލަބްގެ ޓިކެޓަށް މިނިސްޓްރީން ހަރަދުކުރި ފައިސާ ރީފަންޑް ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް މިނިސްޓްރީން ބުނޭ: ފައިލް ފޮޓޯ: އޭފްއޭއެމް

ހޮޓަލްގެ ހަރަދަށްވާ 4731.36 ޑޮލަރު (72،957.57 ރުފިޔާ) މިނިސްޓްރީން ދޭން ބޭނުންވިޔަސް ވަގުތުން ވަގުތަށް ފައިސާ ނެގުމަކީ ދައުލަތުގެ މާލީ ނިޒާމުގެ ތެރެއިން ކުރެވެން އޮތް ކަމެއް ނޫންކަމަށް މިނިސްޓްރިން ފާހަގަކޮށްފައި ވެއެވެ. މުބާރާތްތަކަށް ހިނގާ ހަރަދަށް ކްލަބުން ޒިންމާވެ އެފައިސާ ދެއްކުމުން ފަހުން މިނިސްޓްރީން އެފައިސާ ކްލަބަށް ދިނުމުގެ އިންތިޒާމު މާލީ ނިޒާމުގެ ތެރެއިން ހަމަޖެހިފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ވެލެންސިއާ ބަންގްލަދޭޝް އަށް ފުރަން ޓިކެޓް ނަގާފައި ވަނީ ބަންގަލަދޭޝްގެ އަމިއްލަ އެއާލައިނެއް ކަމަށްވާ "ޔޫއެސް ބަނގަލާ" އިންނެވެ. އިއްޔެ ހަވީރު ފުރަން އޮތްނަމަވެސް ވެލެންސިއާ އަށް ނުފުރުނީ ބިދޭސީ ކުޅުންތެރިންގެ ވިސާ ފީ އާއި ހޮޓަލްގެ ހަރަދުތައް ނުލިބުމުން ކަމަށް އެކްލަބުން ބުނެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި މުބާރާތުގެ ޝެޑިއުލް ކުރިން ލިބިފައިވާއިރު ބިދޭސީ ކުޅުންތެރިންގެ ވިސާގެ ކަންކަން ވެސް ވެލެންސިއާއިން ހަމަޖައްސާފައި ނުވުމަކީ ހިތާމަކުރާ ކަމެކެވެ.

ވެލެންސިއާ މެޗަށް ހާޒިރުނުވުމުން ބަލާނީ މެޗު ދޫކޮށްލި ކަމަށެވެ. އެހެންކަމުން އެޓީމަށް ޖޫރިމަނާއެއް އަންނާނެ އެވެ. އަދި ޑާކާ އަބަހާނީ ޕްލޭއޮފް ބުރުން ޖާގަ ލިބޭނެ އެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުގެ ހަތަރުވަނަ ޖާގަ ލިބޭނީ ޕްލޭއޮފް މެޗު ކާމިޔާބުކުރާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖުން މިހާރު ވެސް ޖާގަ ލިބިފައި ވަނީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ އިތުރުން އިންޑިއާގެ ގޮކުލަމް ކެރަލާ އެފްސީ އެވެ.