12 އެޕްރީލް 2022
ބޮލީވުޑްގެ މަޝްހޫރު ތަރި، ޝާހިދު ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "ޖާޒީ" މި މަހު ސިނަމާގައި އަޅުވަން ނިންމާފައި ވަނިކޮށް، އެ ފިލްމަކީ ކޮޕީއެއް ކަމަށް ބަޔަކު ތުހުމަތު ކުރުމުން ފިލްމު ރިލީޒްކުރުން ފަސްކުރަން ޖެހިއްޖެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި، ޝާހިދު ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "ޖާޒީ" މި މަހު ސިނަމާގައި އަޅުވަން ނިންމާފައި ވަނިކޮށް، އެ ފިލްމަކީ ކޮޕީއެއް ކަމަށް ބަޔަކު ތުހުމަތު ކުރުމުން ފިލްމު ރިލީޒްކުރުން ފަސްކުރަން ޖެހިއްޖެ އެވެ.
ޖާޒީއަކީ ތެލުގޫ ފިލްމު "ޖާޒީ" ގެ ހިންދީ ރިމޭކެކެވެ. މި މަހުގެ 14 ގައި އެ ފިލްމު އެކި ގައުމުތަކުގެ ސިނަމާތަކުގައި އަޅުވާ ގޮތަށް ހަމަޖެއްސުމުގެ ކުރިން ކޮވިޑް-19 އާ ހެދި އެ ފިލްމު ނެރެން އޮތް ތާރީހަށް އެކި ފަހަރު ބަދަލު ގެންނަން ޖެހުނެވެ.
މި ފަހަރު ފިލްމު ހަފްތާއެއްހާ ދުވަހަށް ފަސްކުރީ "ކޭޖީއެފް 2" އަކާ ދިމާވާތީ ކަމަށް ރިޕޯޓްތައް ބުންޏަސް، އެ ފިލްމަކީ ކޮޕީއެއްކަމުގެ ތުހުމަތުކުރީ ލިޔުންތެރިއެއް ކަމަށްވާ ރަޖްނީޝް ޖައިޝްވާލް އެވެ.
އެ ތުހުމަތުކޮށް ބޮމްބޭ ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ ފިލްމާ މެދު ދެން ގޮތެއް ނިންމާނީ ކޯޓުންނެވެ.
ކްރިކެޓް ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދޭ އެ ފިލްމު ޑައިރެކްޓްކުރީ ގޯތަމް ތިންނަނޫރީ އެވެ. "ޖާޒީ" ގެ ތެލުގޫ ފިލްމު ވަރަށް ހިޓުވި އެވެ.
ޝަހިދާ އެކު އެ ފިލްމުގެ ލީޑުން ފެންނާނީ ޓީވީ ތަރި މުރްނާލް ޓާކުރެވެ.
ޝާހިދުގެ އާ ފިލްމުގެ ނަން އިއުލާންކޮށްފި
"ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ވެސް ހަދަނީ
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި
ކޮވިޑްގެ ބިރާ ހެދި ޝާހިދުގެ "ޖާޒީ" ފަސްކޮށްފި
ޑިމްޕަލް އާއި ޕަންކަޖްގެ ވާހަކައެއް
ކެޓްރީނާއާ އެކު ކުޅެން ލިބުނު ފިލްމު ދޫކޮށްލީ ޝާހިދު
ޝާހިދުގެ "ބްލަޑީ ޑެޑީ" ގެ މަސައްކަތް ދުބާއީގައި
ޝާހިދުގެ "ޖާޒީ" ދައްކާލައިފި
ޝާހިދު ދޫކޮށްލި "ޔޯދާ" ސިދާތާ އެކު ފްރެންޗައިޒަކަށް
ޝާހިދުގެ ފިލްމަށް ބޫމީ ބުނީ ނޫނެކޭ