Roadha Mihaaru
ޝެފް ފިލަން މާލެ ދިޔަ، ރިޕޯޓްކުރީ ހޮސްޕިޓަލުން

ހަމަލާ ދީފައި ފިލަން ދިޔައީ މާލެއަށް، ރެސްޓޯރަންޓުން ރިޕޯޓެއް ނުކުރޭ

17 އެޕްރީލް 2022

އިއްޔެ ހަވީރު ރެސްޓޯރަންޓްތަކުގައި ރޯދަ ވީއްލުން ތައްޔާރުކޮށް އެންމެ ހަލަބޮލިވި ވަގުތު ހުޅުމާލޭ ޚާންޖީ ރެސްޓޯރަންޓުގެ މުވައްޒަފުންނަށް އުޅެންޖެހުނީ އެތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝް މުވައްޒަފެއްގެ ފުރާނަ ސަލާމަތްކުރެވޭތޯ އެވެ. ވަޅިއަކުން މެޔަށް ދިން ހަމަލާއަށް ފަހު ރެސްޓޯރަންޓު ތެރެއަށް ވެއްޓިފައި އޮތް މީހާގެ ހޭވެރިކަން ވޭތޯ އޭނާ ތަޅުވައި އަނގައިން އަނގަޔަށް ނޭވާލައިދީ މޫނަށް ފެން ޖަހަމުން ދިޔައިރު، ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ މީހާ އޭރު ވެސް ފިލައިފި އެވެ.

އިއްޔެ ހަވީރު ރެސްޓޯރަންޓްތަކުގައި ރޯދަ ވީއްލުން ތައްޔާރުކޮށް އެންމެ ހަލަބޮލިވި ވަގުތު ހުޅުމާލޭ ޚާންޖީ ރެސްޓޯރަންޓުގެ މުވައްޒަފުންނަށް އުޅެންޖެހުނީ އެތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝް މުވައްޒަފެއްގެ ފުރާނަ ސަލާމަތްކުރެވޭތޯ އެވެ. ވަޅިއަކުން މެޔަށް ދިން ހަމަލާއަށް ފަހު ރެސްޓޯރަންޓު ތެރެއަށް ވެއްޓިފައި އޮތް މީހާގެ ހޭވެރިކަން ވޭތޯ އޭނާ ތަޅުވައި އަނގައިން އަނގަޔަށް ނޭވާލައިދީ މޫނަށް ފެން ޖަހަމުން ދިޔައިރު، ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ މީހާ އޭރު ވެސް ފިލައިފި އެވެ.

ޕާކިސްތާނުގެ ކެއުންތަކަށް ޚާއްސަ ޚާންޖީ ރެސްޓޯރަންޓުގެ ޒުވާން ޝެފް މުހައްމަދު އާބިދު ހަމަލާގެ ފަހުން ރެސްޓޯރަންޓުން ނުފެންނަ ކަމަށް އެތަނުން "މިހާރު"ގެ ނޫސްވެރިންނާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުންޏެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ހުރިހާ ކަމެއް ހިނގައި ދިޔައިރު ވެސް އެކަން ފުލުހުންނަށް ރިޕޯޓެއް ނުކުރެ އެވެ.

ފުލުހުން ބުނީ މަރުގެ މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ ހަވީރު 5:24 ގައި ކަމަށެވެ. އެއީ ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންދިއުމުން، އެތަނުންނެވެ. އޭގެ ކުރިން ރެސްޓޯރަންޓުން މިކަން ފުލުހުންނަކަށް ނާންގަ އެވެ. އެހެންވެ، ހަމަލާ ދިން ކަމަށް ޝައްކުވާ މީހާ ފިލަން އެތައް ވަގުތެއް ލިބުނެވެ.

ހާންޖީ ރެސްޓޯރަންޓް ހުންނަ ސަރަހައްދު ބަންދުކޮށް، ފުލުހުން ރޭ މައްސަލަ ތަހުގީގު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހާންޖީ ރެސްޓޯރަންޓް ހުންނަ ސަރަހައްދު ބަންދުކޮށް، ފުލުހުން ރޭ މައްސަލަ ތަހުގީގު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މަރުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ 5:30 ވާން އުޅެނިކޮށް ކަމަށް ވިޔަސް މާރާމާރީ ހިންގައި ވަޅިހެރީ އޭގެ ދޮޅު ގަޑިއެއްހާއިރު ކުރިން ކަމަށް ބެލެވެ އެވެ. ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ މީހާ ފިލަން އެތައް ވަގުތެއް ލިބުނުއިރު، ފުލުހުން ދިޔައިރު އޮތީ ސީން ވެސް ނައްތާލައިފަ އެވެ. މަރުވި މީހާގެ ގައިން އޮހޮރުނު ލޭތައް ވަނީ ރެސްޓޯރަންޓުގެ ހުރިހާ ތަނަކުން ވެސް ސާފުކޮށްފަ އެވެ. އަދި މަރުވި މީހާގެ ހަށިގަނޑު ވެސް އޮތީ ފެން އަޅައި ދޮވެ ސާފުކޮށްފަ އެވެ.

އުމުރުން 26 އަހަރު ޝެފް ދިން ކަމަށް ބެލެވޭ ހަމަލާގައި މަރުވި ބަންގްލާދޭޝް މީހާ އަށް ސީޕީއާރް ދީ އަނގައިން އަނގަޔަށް ނޭވާލައިދީ މޫނަށް ފެންޖަހައި އެކި ގޮތްގޮތް ހަދަމުން ދިޔައިރު ވެސް ހަށިގަނޑުން ލޭ ބޭރުވާތީ ވެސް ވީޑިއޯއިން ނުފެނެ އެވެ. އެހެންވެ ބެލެވޭ ގޮތުން އެއީ ހަމަލާ އަށް ފަހު އެތައް އިރެއްވެ، ހަށިގަނޑުން ލޭ ހުސްވެ ފުރާނަ ސަލާމަތްނުކުރެވޭ ހާލަތަށް ދިޔަ ފަހުން ކުރި ކަންކަމެވެ.

ފުއްޕާމެޔާ ދިމާލުން ފުންކޮށް ޒަހަމްވެފައި އޮއްވައި ސީޕީއާރް ދިނުމާއި ބަނޑަށް ފިތުން ފަދަ ކަންކަން ކޮށްފައިވަނީ ވެސް އިތުރަށް ނުރައްކާވާ ގޮތަށެވެ.

މަރުވި މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދީފައި ހުރި ކަމަށް ބައެއް މީހުން އިއްޔެ ބުނި ހަށިގަނޑު ފެނުނު މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ވަޅި ހަރާފައި ވަނީ ވާތްފަރާތުން މެޔާ ދިމާލަށް އެކަންޏެވެ. ހަމަލާ އަމާޒުވި ވައަތު ކޯތާފަތްމަތިން ވެސް ތަންކޮޅެއް ޒަހަމްވެފައިވެ އެވެ.

ހަމަލާގެ ތުހުމަތަށް އާބިދު ހޯދަން ރޭ 8:45 ހާއިރު ފުލުހުން އޭނާގެ ފޮޓޯ އާންމުކޮށް އާންމުންގެ އެހީއަށް އެދުނުތާ ހަ ގަޑިއިރު ނުވަނީސް އޭނާ އަތުލައިގެންފައި ވަނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު އޭނާ ހޯދަން ކުރި މަސައްކަތުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ހާންޖީ ރެސްޓޯރަންޓް ކައިރިން ބަންދު ކޮށްގެން ފުލުހުން ރޭ ތަހުގީގު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހާންޖީ ރެސްޓޯރަންޓް ކައިރިން ބަންދު ކޮށްގެން ފުލުހުން ރޭ ތަހުގީގު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އާބިދު ފޭސް 2 އިން ހައްޔަރުކުރި ނަމަވެސް އޭނާ އެންމެ ފުރަތަމަ ދިޔައީ މާލެއަށެވެ. ލިބިފައިވާ މައުލޫމާތުން އެނގެނީ އެއީ ފުލުހުންނަށް ރިޕޯޓްކުރުމުގެ މާކުރިން ކަމެވެ.

އާބިދު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދުނަސް އޭނާ ބޭރުގައި އުޅުނީ މާސްކް އަޅައިގެން ކަމަށް ވާތީ އެއްވެސް މީހަކަށް އޭނާ ފާހަގައެއް ވެސް ނުވި އެވެ. އާބިދު ހޯދީ ފުލުހުންގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް އެނގިފައި ވިޔަސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.

އެނގިފައިވާ ގޮތުގައި އާބިދު މާލެއަށް ދިއުމަށް ފަހު އެނބުރި ހުޅުމާލެއަށް ގޮސް ފިލައިގެން އުޅުނީ ދެ ވަނަ ފޭސް ހުސް ބިންތަކުގަ އެވެ. އޭނާ އުޅޭ ސަރަހައްދު ފުލުހުން ދެނެގަނެ ޓީމުތައް ނުކުމެ ކުރި މަސައްކަތުން އާބިދު ހޯދީ ބީޗު ސަރަހައްދުން، މެންދަމުން އަލިވެ 2 ވެސް ޖެހި ފަހުންނެވެ.

ރާއްޖޭގައި މިދިޔަ ދެތިން އަހަރު ހިންގާފައިވާ މަރުގެ މައްސަލަތަކުގައި ޝައްކުވާ މީހުން ހޯދުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާއިރު ގިނަ ކޭސްތަކުގައި ތަހުގީގު ނުވަތަ ޝަރީއަތުގައި ކުށަށް އިއުތިރާފް ވެސް ވެފައިވެ އެވެ.