Roadha Mihaaru
އާލިއާގެ ހެދުމެއް ފަހަން 3،000 ގަޑިއިރު ހޭދަވި!

އާލިއާގެ ކައިވެނީގެ ހެދުމެއް ފަހަން 3،000 ގަޑިއިރު ހޭދަވި!

20 އެޕްރީލް 2022

ބޮލީވުޑްގެ ޒުވާން ތަރި، އާލިއާ ބަޓް، އޭނާގެ ކައިވެނީގެ ކުރިން އޮތް މެހެންދީ ހަފުލާގައި ލައިގެން ހުރި ލެހެންގާ ފެހުމަށް 3،000 ގަޑިއިރު ހޭދަވި ކަމަށް، އެ ހެދުން ތައްޔާރުކުރި މަޝްހޫރު ފެޝަން ޑިޒައިނާ، މަނީޝް މަލޯތުރާ ބުނެފި އެވެ.

މަނީޝް އަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބައެއްގެ ފޭވަރިޓެކެވެ. އާލިއާގެ ކައިވެނީގެ ކުރިން އޮތް ބައެއް ހަފުލާތަކުގައި މަނީޝްގެ އެކި ޑިޒައިންތަކުގައި އޭނާ ފެނުނުއިރު، އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެެއް ހެދުމަކީ މެހެންދީގައި ލައިގެން ހުރި ފިޔާތޮށި ކުލައިގެ ލެހެންގާ އެވެ.

އާލިއާ އަށް ހާއްސަކޮށްގެން އޭނާ ތައްޔާރުކުރި ލެހެންގާ އަކީ ގާތްގަނޑަކަށް 180 އެއްހާ އެކި ކަހަލަ ފޮތިތައް ގުޅުވައިގެން ފެހި ހެދުމެއް ކަމަށް މަނީޝް ބުންޏެވެ. އެ ހެދުމަށް 3،000 ގަޑިއިރު ހޭދަވީ، އެ ފެހީ އަތުން ކަމަށް ވާތީ އެވެ. އެއީ 125 އަށް ވުރެ ގިނަ ދުވަހެވެ.

މެހެންދީ ހަފުލާގައި އާލިއާ އާއި އޭނާގެ ފިރިމީހާ ރަންބީރް.

މެހެންދީ ހަފުލާގައި އާލިއާ އާއި އޭނާގެ ފިރިމީހާ ރަންބީރް.

މި މަހު 14 ވަނަ ދުވަހު، އާލިއާ އާއި ރަންބީރް ކައިވެނިކުރީ ރަންބީރްގެ ގޭގެ ބެލްކަނީގަ އެވެ.

ކައިވެނީގެ ހަފުލާގައި އާލިއާ ހުރީ އެންމެ ކާމިޔާބު އެއް ޑިޒައިނަރު، ސަބްޔަސާއްޗީގެ ސާޅީއެއްގަ އެވެ. މަޑުމަޑު ކްރީމް ކުލައެއްގެ އެ ސާޅީގައި، އޭނާ ހުރީ "ނޯ މޭކަޕް" ލުކެއްގަ އެވެ. އިސްތަށިގަނޑު ވެސް އޮތީ ވައްޓާލައިފަ އެވެ.

އާލިއާ ބަޓް ކައިވެނީގެ ހަފުލާގައި ލައިގެން ހުރި ހެދުން.

އާލިއާ ބަޓް ކައިވެނީގެ ހަފުލާގައި ލައިގެން ހުރި ހެދުން.

ކައިވެނީގައި އާލިއާ ފެނުނީ ބޮލީވުޑްގެ އެހެން ތަރިންނާ ހިލާފަށް ވަރަށް އާދައިގެ ގޮތަކަށެވެ. އެކަަމަކު ކިތަންމެ ތަފާތުކޮށް ފެނުނަސް، އާލިއާ އާއި ރަންބީރްގެ ކައިވެނީގެ ފޮޓޯތަކަށް ލޯބި ބަންޑުންވި އެވެ. ގިނަ ބަޔަކަށް އެމީހުންގެ ކައިވެނީގެ ފޮޓޯތައް ކަމުދިޔަ އެވެ.