Roadha Mihaaru
ރައީސްގެ ޓީމު ޔޫތު މިނިސްޓްރީ އަތުން ބަލިވެއްޖެ

ރަމަޟާން ކްރިކެޓް ކާނިވަލުގައި ރައީސްގެ ޓީމު ޔޫތު މިނިސްޓްރީ އަތުން ބަލިވެއްޖެ

19 އެޕްރީލް 2022

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް މުބާރާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ރައީސް އޮފީހުގެ ޓީމު، ޔޫތު މިނސްޓްރީ އަތުން މިއަދު ބަލިވެއްޖެ އެވެ.

މާފަންނު ސްޓޭޑިއަމްގެ ކުރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ޔޫތު މިނިސްޓްރީގެ ޓީމު މޮޅުވީ 27 ލަނޑުންއެވެ. ޔޫތު މިނިސްޓްރީގެ ޓީމުގެ ކެޕްޓަނަކީ މިނިސްޓަރު އަހްމަދު މަހްލޫފެވެ.

ޔޫތު މިނިސްޓްރީގެ ޓީމު ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. މަހްލޫފް އާއި ސައިފް ވަނީ ކޮންމެ ކުޅުންތެރިޔަކު 31 ލަނޑު ހަދައިފަ އެވެ. ރައީސް އޮފީހުގެ ޓީމު ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 115 ލަނޑެވެ. ރައީސް އޮފީހުގެ ޓީމުން އެންމެ ގިނައިން ސްކޯކުރީ 34 ލަނޑު ހެދި މުންސިދު މުހަންމަދެވެ.

ރަމްޟާން ކްރިކެޓް ކާނިވަލުގައި ރައީސް އޮފީހުގެ ޓީުގައި ރައީސް މިއަދު ކުޅުއްވަނީ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރަމްޟާން ކްރިކެޓް ކާނިވަލުގައި ރައީސް އޮފީހުގެ ޓީުގައި ރައީސް މިއަދު ކުޅުއްވަނީ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިއަދުގެ ފުރަތަމަ މެޗުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ކުޅެ އެމްއެމްއޭ ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. ޖަވާބުގައި އެމްއެމްއޭ ކުޅެން އަރައި އަށް އޯވަރު ހަމަނުވަނީސް 100 ލަނޑު ހެދި އެވެ. އެ ޓީމުން އެ އަދަދަށް ސްކޯކުރީ ހަތް އޯވަރު ފުރިހަމަކޮށްފަ އެވެ.

ރަމަޟާން ކްރިކެޓް ކާނިވާގެ ފުރަތަމަ މުބާރާތަކީ ކުންފުނިތަކުގެ މުބާރާތެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލް އެވެ. މިދިޔަ އަހަރުގެ ކުންފުނިތަކުގެ މުބާރާތް ކުޅުނު ފަހުން ކްރިކެޓް ކާނިވަލް ހުއްޓާލަން ޖެހުނީ ކޮވިޑް-19 ގެ ސަބަބުންނެވެ.